ބައެއް ފަހަރު އަރާމުކުރުމަށް އެމީހާގެ ނިޔަތުގައިނުވާނަމަ އަރާމު ކުރުން އެއީ އުނދަގޫ ކަމެއް

ދުނިޔެ

ސިއްޙަތު: އަރާމުކުރުމަކާއި ނުލާ ދުވަސް ނިންމާނުލާ

ހުސެން ހަމްދާން - ދުނިޔެ | 25 ޑިސެންބަރު 2023 , ހޯމަ 10:38   439

ދުވަހުގެ ބިޒީ ތާވަލުން ވަގުތުކޮޅެއް ހުސްކޮށްލާ ބްރޭކެއް ނަގާލުމުން ހަށިގަނޑަށް އަރާމާއި ތާޒާކަން ގެނެސްދީ ޖޯޝާއި ހިދުމަތްތެރިކަމާއެކު އެނބުރި މަސައްކަތަށް ރުޖޫއަވުމަށް އެހީތެރިވެދެއެވެ.

ދުޅަހެޔޮ ސިއްޙަތެގައި ހުރުމަށް ހަށިގަނޑަށް އަރާމު ލިއްބައިދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމަކަށް ވާއިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ބިޡި ތާވަލުން ވަޤުތު އެކަމަށް ހުސް ނުކުރެވޭ މީހުންނެވެ.

އެހެންކަމުން، އަރާމުކުރަން އާދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. އާދައަކަށް ހެދުމަށް ދުވަސްކޮޅެއް ނަގާނެއެވެ.

"އަހަންނަކީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށްކޮށް އެންމެން ރުއްސަން މަސައްކަތްކުރާ މީހަކަށް ވުމުން އަރާމުކުރުމަކީ އަބަދުވެސް އަހަރެން ހަނގުރާމަކުރި ކަމެއް. ނަމަވެސް ސައިކޮލޮޖިސްޓެއްގެ މަސައްކަތް އަމިއްލައަށް ކުރަން ފެށިފަހުން އަރާމުކުރުމުގެ މުހިންމުކަން ދެނެގަނެވި އެއީ އަހަރެންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މުހިންމު ކަމެއްކަންވެސް އެނގުނު،" ސައިކޮލޮޖިސްޓް ބެކް މެކްވިލިއަމް ލިޔުއްވާފައިވެ އެވެ.

ތިރީގައި މިހިމަނާލަނީ އަރާމުކުރުމުގެ އާދަ އަށަގަންނާނެ ގޮތުގެ ދެއްވާފައިވާ ބައެއް އިރުޝާދުތަކެކެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ އަރާމުކުރުމަށް ވަގުތުހޭދަ ކުރުމުން ބައެއްފަހަރު ނުތަވަސްކަން ދިމާވުމަކީވެސް އެކަށީގެންވާ ކަމެއްކަމެވެ. މިކަން މިހެން ހުރެމެ އަރާމުކުރުމަށް އިސްކަންދޭން ދަސްކުރަން ޖެހެއެވެ.

ބައެއް ފަހަރު އަރާމުކުރުމަށް އެމީހާގެ ނިޔަތުގައިނުވާނަމަ އަރާމު ކުރުން އެއީ އުނދަގޫ ކަމަކަށްވެއެވެ. އެހެންކަމުން ދުވަހުގެ ދިރިއުޅުމުގައި އަރާމު ކުރުމަށް ވަގުތު ހުސްކޮށް ޝެޑިއުލް ކުރުން މުހިންމެވެ.

އަމިއްލަ ނަފްސާއި މެދު އިތުރަށް ފަރުވާތެރިވާން ދަސްކޮށް، އެކަމުން އުފާވެރިކަން ލިބިގަތުމަކީ އަރާމުކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަލަބޮލިކަމަށް އިސްކަން ދިނުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަމިއްލަ ބޭނުންތަކަށް އިސްކަން ދިނުމުން އަޅުގަނޑުމެންގެ ސިއްހަތާމެދު ހޭލުންތެރިވުމަށް އެހީތެރިވެދޭނެއެވެ.

އަރާމުކުރުމަކީ ބުރަކަމަކަށްވެއްޖެނަމަ، މަދު މަދުން އެކަމަށް ވަގުތު ހޭދަކޮށް އަރާމުކުރުމުގެ އާދަ އަށަގެންނެވިއްޖެ ކަމުގައިވާނަމަ މިޒަމާނުގައި ގިނަ ޒުވާނުންނަށް ދިމާވާ އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ކަންކަން މެދުވެރިވުމުން ދުރުހެލިވެވޭނެއެވެ.

ޓެގްސް: ސިއްޙަތު ދިރިއުޅުމުގެ ވައްޓަފާޅި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.