ކަޅު މޭބިސްކަދުރާއި އާއި ފެހި ފެހި މޭބިސްކަދުރުގެ ތެރެއިން ސިއްހަތަށް އެންމެ ރަނގަޅީ ކޮބައިކަން ގިނަ ބަޔަކަށް ޔަގީން ނުވެ

ދުނިޔެ

ސިއްޙަތު: އެންމެ ފައިދާހުރީ ފެހި ނުވަތަ ކަޅު މޭބިސްކަދުރުންބާ؟

ހުސެން ހަމްދާން - ދުނިޔެ | 28 ޑިސެންބަރު 2023 , ބުރާސްފަތި 09:59   529

މޭބިސްކަދުރަކީ ދުނިޔޭގެ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާ މަގްބޫލު މޭވާއެކެވެ. މިއީ ވިޓަމިންސް، މިނަރަލްސް، އަދި އެންޓިއޮކްސިޑެންޓްސް ފަދަ މުހިއްމު ނިއުޓްރިއެންޓްސް އިން ފުރިފައިވާ މޭވާއެކެވެ. ނަމަވެސް ކަޅު މޭބިސްކަދުރާއި އާއި ފެހި ފެހި މޭބިސްކަދުރުގެ ތެރެއިން ސިއްހަތަށް އެންމެ ރަނގަޅު މޭބިސްކަދުރަކީ ކޮބައިކަން ގިނަ ބަޔަކަށް ޔަގީން ނުވެ އެވެ. މި ލިޔުމުގައި އަޅުގަނޑުމެން އަޅާކިޔާނީ މިދެބާވަތުގެ މޭބިސްކަދުރުގެ ސިއްހީ ފައިދާތަކެވެ.

ކަޅު މޭބިސްކަދުރު

ކޮންކޯޑް ގްރޭޕްސްގެ ނަމުން ވެސް ނަންދެވިފައިވާ، މިމޭބިސްކަދުރަކީ ގަދަ ދަނބުކުލަ ނުވަތަ ކަޅާއި ގާތްކުރާ ކުލައެއްގައި ހުންނަ ފޮނި ރަހައެއް ލިބިފައިވާ އެއްޗެކެވެ. އާންމުކޮށް ބޭނުންކުރަނީ ޖޫހާއި ޖޭމް އަދި ވައިން ތައްޔާރުކުރުމަށެވެ. ކަޅު މޭބިސްކަދުރަކީ އެންޓިއޮކްސިޑެންޓްސް ގިނައިން ހުންނަ އެއްޗަކަށްވާއިރު އެންޓި-އިންފްލެމެޓަރީ އަދި އެންޓި ކެންސަރ ޕްރޮޕަޓީސްގެ ގޮތުގައި މަޝްހޫރު ރެސްވެރެޓްރޯލް މީގައި ހިމެނެއެވެ. އަދި ރެސްވެރެޓްރޯލްގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ހިތުގެ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކުރާ ކަމަށް ބެލެވެ އެވެ.

ކަޅު މޭބިސްކަދުރަކީ ފައިބަރ، ވިޓަމިން ސީ، އަދި ވިޓަމިން ކޭ އާގައި އެކުލެވޭ މޭވާއަކަށް ވާއިރު، ކެލޮރީ މަދުވުމުން، ބަރުދަންލުއި ކުރަން މަސައްކަތްކުރާ މީހުންނަށް މިއީ ރަނގަޅު އެއްޗަކަށްވެއެވެ. މީގެ އިތުރުން ކަޅު މޭބިސްކަދުރުގައި ފްރަކްޓޯޒް ކިޔާ ގުދުރަތީ ހަކުރުގެ ވައްތަރެއް ހިމެނޭއިރު، މިއީ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ނުގޮސް ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ.

ފެހި މޭބިސްކަދުރު

މި މޭބިސްކަދުރަކީ ފެހި ކުލައެއް ހުންނަ މޭބިސްކަދުރުގެ ވައްތަރެކެވެ. ހުތް ކަމަށް މަޝްހޫރު މިމޭބިސްކަދުރު އާންމުކޮށް ބޭނުންކުރަނީ ވައިން، ގްރޭޕް ޖޫސް، އަދި ރެއިސިން ތައްޔާރުކުރުމަށެވެ. ފެހި މޭބިސްކަދުރުގައި ވިޓަމިން ސީ އަދި ކޭގެ އިތުރުން ޕޮޓޭސިއަމް އާއި ފައިބަރު ވެސް ގިނަ އެވެ. އަދި އެންޓިއޮކްސިޑެންޓްތަކުގެ ތެރޭގައި ހިމެނޭ ފްލެވަނޮއިޑްސް އަކީ އެންޓި އިންފްލެމެޓަރީ އަދި އެންޓި ކެންސަރ ޕްރޮޕަޓީސްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ.

ފެހި މޭބިސްކަދުރަކީ ކެލޮރީ މަދު އަދި ގުދުރަތީ ހަކުރު ހިމެނޭ ގްލޫކޯޒް އާއި ފްރަކްޓޯޒް އެކުލެވޭ، އޭގެން ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. އަދި ކެޓެޗިން ކިޔާ ކޮމްޕައުންޑެއް މީގައި އެކުލެވިގެންވާއިރު، މިއީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ހިތުގެ ސިއްހަތަށް ހެޔޮ އަސަރުކުރާ އެއްޗެއް ކަމަށް ބެލެވެއެވެ.

ދެބާވަތުންކުރެ ބޭނުންކުރަން އެންމެ ރަގަޅީ ކޮން ބާވަތެއް؟

ކަޅު މޭބިސްކަދުރު އާއި ފެހި މޭބިސްކަދުރަކީ ވެސް ސިއްހަތަށް ފައިދާހުރި އަދި ހަށިގަނޑަށް ބޭނުންވާ މާއްދާތައް ގިނަ މޭވާތަކެއް ކަމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބެ އެވެ. މި ދެ ބާވަތުގެ ތެރެއިން ބާވަތެއް އިޚްތިޔާރު ކުރުންއޮތީ އެމީހެއްގެ އަމިއްލަ ސިއްޚީ ލަނޑުދަނޑިތަކުގެ މައްޗަށެވެ. ފޮނި މޭވާތަކަށް އިސްކަންދޭނަމަ ކަޅު މޭބިސްކަދުރަކީ ތިބާއަށް ރަނގަޅު އެއްޗެއް ކަމަށް ވެދާނެ އެވެ. ހުތް މޭވާތަކަށް އިސްކަންދޭނަމަ ނުވަތަ ކެލޮރީ މަދުކުރުމަށް އިސްކަން ދޭނަމަ ފެހި މޭބިސްކަދުރު ރަނގަޅު ކަމަށް ވެދާނެ އެވެ. އާޚިރުގައި ކަޅު މޭބިސްކަދުރު އާއި ފެހި މޭބިސްކަދުރު ވެސް ހިމެނޭ ގޮތަށް ތަފާތު މޭވާތައް ކެއުމުގައި ހިމެނުމަކީ އެންމެ ރަނގަޅު ސިއްހަތެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެންކަމުން މި ދެ މޭބިސްކަދުރަކީ ވެސް މީރު އަދި ސިއްހަތަށް ފައިދާހުރި މޭވާތަކެއް ކަމުން މިދެބާވަތްވެސް ކެއުމުގައި ހިމެނުން އެދެވިގެން ވެއެވެ. ކަޅު މޭބިސްކަދުރުގެ ފޮނި ރަހަ ނުވަތަ ފެހި މޭބިސްކަދުރުގެ ހުތްކަމަށް ބެލި ނަމަވެސް، މި ދެ ބާވަތުން ވެސް ސިއްހަތާއި ދުޅަހެޔޮކަމަށް ފައިދާހުރި މުހިއްމު ނިއުޓްރިއެންޓްތަކާއި އެންޓިއޮކްސިޑެންޓްތަކުގެ ރޭންޖެއް ލިބިދެއެވެ.

ޓެގްސް: ސިއްޙަތު ޑައެޓް އަދި ނިއުޓްރިޝަން ކާނާ މޭވާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.