ޙަމަލާތަކުގައި މަރާލާފައިވާ ހިޒްބުއްﷲގެ މީހެއްގެ ޖަނާޒާކުރިއަށް ދަނީ

ދުނިޔެ

އެމެރިކާއިން އިރާގުގައި ތިބި އިރާންނަށް ތާޢީދުކުރާ ހަނގުރާމަވެރިންނަށް ޙަމަލާތައް ދޭންފަށައިފި

އަލީ އަޒްޔަން - މެދުއިރުމަތި | 27 ޑިސެންބަރު 2023 , ބުދަ 07:51   391

އެމެރިކާގެ އަސްކަރިއްޔާއިން އިރާގުގައި އީރާނުގެ އެހީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަމަލާދީފައިވަނީ އެތަނުގެ އެމެރިކާގެ އެއާބޭސްއަކަށް ޑްރޯން ހަމަލާއެއްގައި އެމެރިކާގެ ސިފައިންނަށް އަނިޔާވިތާ ގަޑިއެއްހާއިރު ފަހުންކަމަށް ބީބީސީއިން ބުނެފައިވެއެވެ.

އެމެރިކާގެ ޑިފެންސް ޗީފް ވިދާޅުވީ އިރާގާއި ސީރިއާގައި އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކަށް ރައްދުދީ ޚަތީބު ހިޒްބުالله އާއި އެހެނިހެން ޖަމާއަތްތަކުން ބޭނުންކުރާ ތިން ސަރަޙައްދަކަށް ހަމަލާދީފައިވާނެ ކަމަށެވެ.

އެމެރިކާގެ ހަމަލާތައް އިރާގުން ވަނީ "ސާފު ޢަދާވާތްތެރި އަމަލެއް" ކަމަށް ބުނެ ކުށްވެރިކޮށްފަ އެވެ.

އެމެރިކާއިން ފާއިތުވި އަހަރުތަކުގައި ތަކުރާރުކޮށް އިރާގާއި ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ހުރި ސައިޓްތަކަށް އަމާޒުކޮށްފައިވެ އެވެ.

އެމެރިކާގެ ހަމަލާތަކުގައި އެކަކު މަރުވެ، އާންމުން ހިމެނޭ ގޮތަށް 18 މީހަކު ޒަޚަމްވެފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ "ކޮންމެހެން ބޭނުންތެރި އަދި ނިސްބަތުން" ދިން ހަމަލާތަކަކީ ރައީސް ޖޯ ބައިޑަން ހުއްދަ ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

އިރާގުގެ ކުރުދީސްތާން ސަރަހައްދުގެ އިރްބިލްގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ޑްރޯން ހަމަލާގައި އެމެރިކާގެ އަސްކަރީ ތިން މީހަކަށް އަނިޔާވެފައިވާއިރު އެކަކު ސީރިއަސް ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވެއްޖެ އެވެ.

ކަޓައިބް ހިޒްބުالله އާއި ގުޅުން ހުރި އިސްލާމިކް ރެސިސްޓެންސް އިން އިރާގުގެ މިލިޝިއާ ކަލެކްޓިވް އިން ބުނީ އެ ހަމަލާގެ ފަހަތުގައި އޮތީ އެއީ ކަމަށެވެ.

އިރުބިލް އެއާބޭސްއަށް މީގެ ކުރިން ވަނީ އީރާނާ ގުޅުން ހުރި މިލިޝިއާތަކުން ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. އިރާގުން ފައިނޭންސްކޮށް ހަތިޔާރު އެޅި އީރާނުން ހިންގާ ކަޓައިބު ހިޒްބުالله އަކީ އިރާގުގައި އެމެރިކާގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޖަމާއަތެވެ. އެއީ އިރާގުގެ ހަތިޔާރު އެޅި ސިފައިންނާ ގުޅިފައިވާ މިލިޝިއާގެ ޗުއްޓީ ގްރޫޕެއް ކަމަށްވާ ހަޝްދުލް ޝާބީ (ޕޮޕިއުލަރ މޮބިލައިޒޭޝަން) ގެ ބައެކެވެ.

އިރާގަކީ އެމެރިކާއާއި އީރާނުގެ ވެސް އެކުވެރިއެއް ކަމަށާއި އެއީ އެކަކު އަނެކެއްގެ ބޮޑެތި ދުޝްމަނުން ކަމަށެވެ. އެމެރިކާއިން އިރާގުގައި ގާތްގަނޑަކަށް 2500 ސިފައިން ތިބެނީ އިރާގު ސަރުކާރުގެ ދައުވަތަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތް އެތަނުގައި އަލުން އުފެދުން ހުއްޓުވުމަށްޓަކައެވެ. ސީރިއާގެ އިރުއުތުރުގައި ވެސް ގާތްގަނޑަކަށް 900 އެމެރިކާ އަސްކަރިއްޔާ ތިބިއިރު، އެމީހުން ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސީރިއާ ސަރުކާރުން ދެކޭ ނަމަވެސް އައިއެސް ހުއްޓުވުމަށް ވެސް އެމެރިކާގެ އަސްކަރީ މުވައްޒަފުން ތިބެ އެވެ.

މީގެ އިތުރުން ރަތް ކަނޑުގައި ތިބި އެމެރިކާ ސިފައިން ބުނީ އާދީއްތަ ދުވަހު ޔަމަނުން ހޫތީ ބާޣީން ފޮނުވާލި 12 އެޓޭކް ޑްރޯން އާއި ތިން އެންޓި ޝިޕް މިސައިލް އަދި ދެ ކްރޫޒް މިސައިލް ވައްޓާލާފައިވާ ކަމަށެވެ.

އައިސަންހަވާ ކެރިއާ ސްޓްރައިކް ގްރޫޕްގެ ފަޔަރ ޖެޓްތަކާއި ކަނޑުގެ އުޅަނދުތަކުން 10 ގަޑިއިރުގެ ތެރޭގައި ޕްރޮޖެކްޓައިލްތައް ވައްޓާލި ކަމަށް އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ. އަދި އެ ސަރަހައްދުގެ ބޯޓުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަނިޔާއެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލުން އިތުރަށް ވިދާޅުވި އެވެ.

ޓެގްސް: އެމެރިކާ އީރާން އިރާގު ޓެރަރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.