ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައި ކަރަންފޫ ބޭނުންކުރޭ

ދުނިޔެ

ސިއްޙަތު: 2 ކަރަންފޫ އާއިއެކު ހޫނު ފެންތައްޓެއް ބޯލައި އަޖުމަ ބަލާލާ

ހުސެން ހަމްދާން - ދުނިޔެ | 30 ޑިސެންބަރު 2023 , ހޮނިހިރު 09:20   1210

ކަރަންފުލަކީ ކައްކާތަކެތީގެ ރަހަ މީރުކުރުމުގެ އިތުރަށް އޭގެއިން ހަށިގަނޑަށް އެތަކެއް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައިވެސް ކަރަންފޫ ބޭނުންކުރެވެއެވެ. ގަވައިދުން ކަރަންފޫ ބޭނުންކުރާނަމަ ބަނޑުގެ މައްސަލަތަކާއި ކަރުތެރޭގައި ރިއްސުމާއި ދަތުގެ ރިހުންފަދަ ކަންކަމުން ސަލާމަތްވެއެވެ. ކަރަންފޫގައި ވިޓަމިން އޭ، ޑީ، އީ، ސީ، ފޮލޭޓް، ރިބޯފްލަވިން، ތިއަމައިން އާއި އޮމެގާ 3 ފެޓީ އެސިޑްސްގެ އިތުރުން އެންޓި އިންފްލެމޭޓަރީ އަދި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސް ހިމެނެއެވެ.

ކަރަންފޫ ބޭނުން ކުރުމަށް އެންމެ އެދޭވޭގޮތްތައް

ނިދުމުގެ ކުރިން ދެ ކަރަންފޫ ހަފާލުމަށްފަހު ތާފަނާ ފެންތައްޓެއް ބޯލުމުން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާކަމަށް ދިރާސާތައް ދައްކައެވެ.

§ އޭގެތެރެއިން އެއް ކަމަކީ ބަނޑުގެ މައްސަލަތައް ކަމަށްވާ ބަނޑުހަރުވުމާއި، ބޭރަށް ހިންގުމާއި ގޭސްވުން ފަދަ މައްސަލަތަކުން ސަލާމަތްވުމެވެ.

§ ދެވަނަ ކަމަކީ، އޭގައިވާ ސެލިސިލޭޓް ކިޔާ މާއްދާއެއްގެ ސަބަބުން މޫނުގައި ބިހި ނެގުމުން ރައްކާތެރި ކޮށްދެއެވެ.

§ ތިންވަނަ ކަމަކީ ކަރަންފުލާއި ހޫނުފެން ބޭނުން ކުރުމުގެ ސަބަބުން ދަތުގެ ރިހުމުން ސަލާމަތްކޮށްދެއެވެ. ދަތުގައި ރިއްސާނަމަ އެ ރިއްސާ ދިމާލެއްގައި ކަރަންފޫ އެއް ބޭއްވުމުން ރިހުން ފަސޭހަވެގެން ދެއެވެ.

§ ކަރަންފޫ ބޭނުންކުރުމުގެ ސަބަބުން ކަރު ދުޅަވުމާއި ކަރުތެރޭގައި ރިހުމުންވެސް ދުރުކޮށްދެއެވެ.

§ އަތާއި ފައި ތުރުތުރު އަޅާ މީހުން ނިދުމުގެ ކުރިން 1 ނުވަތަ 2 ކަރަންފޫ ހަފާލުމުން މިކަމުން ސަލާމަތްވާކަމުގައި ވެސް ބުނެވެއެވެ.

§ މީގެ އިތުރުން ކަރަންފޫއަކީ ކެއްސުން، އަރިދަފުސް ރޯގާ، ވައިރަލް އިންފެކްޝަން، ބްރޮންކައިޓިސް، ސައިނަސް އަދި ނޭވާ ހިއްލުމުން ދުރުކޮށްދޭ އެއްޗެކެވެ.

§ އަދި ކޮންމެ ދުވަހަކުވެސް ކަރަންފޫ ބޭނުންކުރާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ.

އެހެންނަމަވެސް ކޮންމެ އެއްޗަކީވެސް މާގިނައިން ބޭނުންކޮށްފިނަމަ އެއިން ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެއްޗެކެވެ. ހަމަ އެފަދައިން ބައެއް މީހުންގެ ކިބައިގައި ހުންނަ އެލާޖީތަކުގެ ސަބަބުން ކޮންމެ ކޮންމެ އެއްޗެއް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވުމާއެކު ކޮންމެދުވަހަކު ކަރަންފޫ ބޭނުންކުރާނަމަ އެބޭނުންކުރުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ ބުއްދިވެރި ކަމަކެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.