ގޫގުލް ކުންފުނި، އާއްމު މީހުންގެ މަޢްލޫމާތުތައް އެއްކޮށް ވިއްކުމާއި ދެކޮޅަށް އެމެރިކާ އާޢި ޔޫރަޕުން އަންނަނީ ގިނަ ފިޔަވަޅުތައް އަޅަމުން

ވިޔަފާރި

ގޫގުލް އިން ޕްރައިވެޓް ބްރައުޒިން ގައިވެސް ޓްރެކްކުރާތީ ކުރި ޙުކުމާއި އެއްގޮތަށް 5 ބިލިއަން ޑޮލަރު ދައްކައިފި

އަލީ އަޒްޔަން - ދުނިޔެ | 30 ޑިސެންބަރު 2023 , ހޮނިހިރު 10:10   519

ގޫގުލް އިން ޕްރައިވެޓް ބްރައުޒިން ގައިވެސް ޓްރެކްކުރާތީ ކުރި ޙުކުމާއި އެއްގޮތަށް 5 ބިލިއަން ޑޮލަރު ދައްކައިފިއެވެ.

އެމެރިކާއާއި އެގައުމުން ބޭރުގައި ވެސް ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ހިންގަމުންދާ މިފަދަ އަމަލުތަކާ މެދު ފާރަލުން އިތުރުވެފައިވެ ފިޔަވަޅު އެޅުން އަންނަނީ އިތުރު ވަމުންނެވެ.

ގޫގުލް އާއި އެ ކުންފުނީގެ ޔޫޒަރުން ތަމްސީލުކުރާ ވަކީލުން މީޑިއާތަކުން ބަހެއް ހޯދުމަށް އެދުމުން ވަގުތުން ޖަވާބެއް ދީފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒީ ރޮޖާސް ވަނީ މިއަހަރުގެ ކުރީކޮޅު އެ މައްސަލަ ބާތިލް ކުރުމަށް ގޫގުލް އިން ކުރި ބިޑަށް ދެކޮޅު ހައްދަވައި، ބްރައުޒިން އެކްޓިވިޓީގެ މައުލޫމާތު އެއްކުރުމުގެ ހުއްދަ ގޫގުލް އަށް ރުހުން ދިނުމަށް އެއްބަސް ނުވެވޭނެ ކަމަށް ބުނެފައެވެ.

ސެޓްލްމަންޓްގެ ޝަރުތުތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޯޓުގެ ރުހުން ހޯދުމަށް ވަކީލުން ރަސްމީ ސެޓްލްމަންޓެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ލޯ ފާމް ބޮއިސް ޝިލާ ފްލެކްސްނާ އިން 2020 ވަނަ އަހަރު ހުށަހެޅި ކްލާސް އެކްޝަންގައި ބުނެފައި ވަނީ ގޫގުލް ކްރޯމް ބްރައުޒާ "އިންކޮގްނިޓޯ" މޯޑަށް އަދި އެހެން ބްރައުޒާތައް "ޕްރައިވެޓް މޯޑަށް" ސެޓް ކުރި ނަމަވެސް ގޫގުލް އިން ޔޫޒަރުންގެ ހަރަކާތްތައް ޓްރެކްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިކަމުގެ ސަބަބުން ގޫގުލް ބަދަލުވެފައިވަނީ ޔޫޒަރުންގެ އިސްކަންދޭ ކަންކަމާއި "ލަދުވެތި ކަންތައްތަކެއް" އާ ބެހޭ "ޖަވާބު ނުކުރެވޭ މައުލޫމާތު" އަކަށް ކަމަށެވެ.

އަދި ގޫގުލް އަށް "ކޮމްޕިއުޓަރެއް ނުވަތަ ފޯނެއް ހިފައިގެން ގާތްގަނޑަކަށް ކޮންމެ އެމެރިކާ މީހެއްގެ ސިއްރު އަދި ހުއްދަ ނެތި ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ" ކަމަށް ވެސް ބުނެފައިވެ އެވެ.

ގޫގުލް އިން ބުނީ ގިނަ ޔޫޒަރުން އެހެން ހީކުރިޔަސް ޕްރައިވެޓް މޯޑުގައި ބަލާއިރު އެއްކުރާ ޑޭޓާއާ ބެހޭ ގޮތުން ކުރިން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

ސާޗް އިންޖީނުން ބުނީ ޕްރައިވެޓް ވިއުވިން މޯޑުގައި ވެސް ސަރޗް ހީސްޓްރީ އެއްކުރުމަކީ ސައިޓްތަކުގެ ވެރިންނަށް "އެމީހުންގެ ކޮންޓެންޓާއި ޕްރޮޑަކްޓްތަކާއި މާކެޓިން އަދި އެހެނިހެން ކަންކަމުގެ ޕާފޯމަންސް ރަނގަޅަށް އިވެލުއޭޓް ކުރުމަށް" އެހީތެރިވެދިން ކަމެއް ކަމަށެވެ.

ގޫގުލްގެ ކްރޯމް ބްރައުޒާގެ ތެރޭގައި އިންކޮގްނިޓޯ މޯޑުން އިންޓަނެޓް ހޯދުމުގެ އިޚްތިޔާރު ލިބިގެންދާއިރު، އެމީހުންގެ ހަރަކާތްތައް ބްރައުޒާ ނުވަތަ ޑިވައިސްގައި ސޭވް ނުކޮށް އިންޓަނެޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު ޒިޔާރަތްކުރާ ވެބްސައިޓްތަކަށް ގޫގުލް އެނަލިޓިކްސް ފަދަ ޓޫލްތައް ބޭނުންކޮށްގެން ޔޫސޭޖް ޓްރެކް ކުރެވޭނެ އެވެ.

ގޫގުލްގެ ސަރޗް އަދި ޑިޖިޓަލް އިޝްތިހާރު ކުރުމުގެ އުސޫލުތަކަށް ގޮންޖަހާ އެހެން ދައުވާތަކެއް ވެސް ގޫގުލް އަށް ކުރިމަތިވެފައިވެއެވެ.

ޓެގްސް: ގޫގްލް ޕްރައިވެސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.