ހައްދެއް ކަނޑައެޅުމަކީ ޖަޒުބާތީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ދަސްކުރަންޖެހޭ މުހިންމު ހުނަރެއް

ދުނިޔެ

ސިއްޙަތު: އާ އަހަރެއް، އިމޯޝަނަލް ނުވަތަ ޖަޒުބާތީ ސިއްހަތު ދެމެހެއްޓުމުގެ މުޙިއްމު!

ހުސެން ހަމްދާން - ދުނިޔެ | 1 ޖެނުއަރީ 2024 , ހޯމަ 21:10   80

2024 ވަނަ އަހަރަށް މަރުޙަބާ! ހަމަ ޔަޤީނުންވެސް އާ އަހަރަކާއިއެކު އަޅުގަނޑުމެންގެ ނަފްސުން ކަންތައްތަކެއް ރަނގަޅުކޮށް ކުރިމަގު އުޖާލާކުރަން އެންމެންވެސް ބޭނުންވާނެއެވެ.

މިފަހަރު މިބަލާލަކީ ޖަޒުބާތީ ސިއްޙަތާއި ގުޅޭގޮތުންނެވެ.

އަޅުގަނޑުމެންގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމާއި ޖަޒުބާތީ ސިއްހަތަށް އިސްކަންދިނުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅަންޖެހޭ ހައްދުތަކެއްވެއެވެ. އެފަދަ ބައެއްކަންކަމަށް އަލި އަޅުވާލާނަމެވެ.

ކޮންމެ މީހަކުވެސް، އެމީހެއްގެ ޖަޒުބާތީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ އަމިއްލަ ނަފްސާމެދު ހައްދުތަކެއް ކަނޑައަޅަންޖެހެއެވެ. "ހައްދެއް ކަނޑައެޅުމަކީ ޖަޒުބާތީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ދަސްކުރަންޖެހޭ މުހިންމު ހުނަރެއް. ނޫނެކޭ ބުނުމާއި ދުޅަހެޔޮ މިންގަނޑެއް ހިފެހެއްޓުމަކީ ކޮބައިކަން އެނގުމަކީ މިޒަމާނުގައި ވަރަށް އާދައިގެ އެންމެންވެސް ދަންނަ ކަމެއް،" ތެރަޕިސްޓް ކްލާރާ ކެރްނިގް ލިޔެފައިވެ އެވެ.

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބަލަންޖެހެނީ އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރުމަށް ވަގުތު ކަނޑައަޅައި، އަމިއްލަ ނަފްސަށް ފަރުވާ ދިނުމަށް ތާވަލުތަކެއް ހަދައި ޖަޒުބާތީ ސިއްހަތަށް އިސްކަން ދިނުމަކީ އެމީހެއްގެ މުޅި ހަށިގަނޑުގެ ސިއްހަތަށްވެސް އެއިން ފައިދާ ކުރާނެ ކަމެއްކަން ދެނެގަތުމެވެ.

އަޅުގަނޑުމެންގެ ޖަޒުބާތުތަކާއި އިޙްސާސްތައް ފޮރުވުމުގެ ބަދަލުގައި އެކަންކަމާ ކުރިމަތިލައި އެކަންކަން ދެނެގަނެ އިސްލާހު ކުރަންޖެހޭ ކަމެއްނަމަ އިސްލާހުކުރުމަށްވެސް މަސައްކަތް ކުރަންޖެހެއެވެ. އެހެން ނޫން ނަމަ އެންޒައިޓީ އާއި ޑިޕްރެޝަންއާއި ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ޓެގްސް: ސިއްޙަތު ސިކުނޑީގެ ދުޅަހެޔޮކަން ޖަޒުބާތީ ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.