ޕެއަރސްއަކީ ހަކުރުބައްޔާއި، ޕްރީއެކްލެމްޕްސިއާ އަދި ބަނޑުހަރުވުމުން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗެއް

ދުނިޔެ

ސިއްޙަތު: ޕެއަރސް, މާބަނޑު އަންހެނުންނަށް ރަނގަޅު ބާ؟

ހުސެން ހަމްދާން - ދުނިޔެ | 31 ޑިސެންބަރު 2023 , އާދީއްތަ 09:51   539

އާދެ، މާބަނޑު އަންހެނުންގެ ސިއްހަތަށް ފައިދާހުރި އަދި ނިއުޓްރިޝަނަލް ޗޮއިސްއަކަށް ޕެއަރސް ވެދާނެ އެވެ. ޕެއަރސް އަކީ ކޮންމެހެން ބޭނުންވާ ކާނާގެ ރަނގަޅު މަސްދަރެކެވެ. "ޕެއަރސްއަކީ ހަކުރުބައްޔާއި، ޕްރީއެކްލެމްޕްސިއާ އަދި ބަނޑުހަރުވުމުން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗެއް. އަދި އޭގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށްވެސް އެހީތެރި ވެދޭ" ނިއުދިއްލީ އާއި ވްރިންދަވާންގެ މަދަރސް ލެޕް އައިވީއެފް ސެންޓަރުގެ މެޑިކަލް ޑިރެކްޓަރު، ގައިނެކޮލޮޖިސްޓް އަދި އައިވީއެފް ސްޕެޝަލިސްޓް ޑރ ޝޮބާ ގުޕްތާ ވިދާޅުވެފައިވެއެވެ.

ތިރީގައި މިހިމަނާލަނީ ޕެއަރސްއިން ލިބިދޭ ބައެއް ފައިދާތަކެވެ.

ފޮލޭޓް: މިމާއްދާގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ނިއުރަލް ޓިއުބް ދުޅަހެޔޮކޮށް އުފެދުމަށް އެހީތެރިވެއެވެ. އަދި އޭގެ ސަބަބުން ދަރިފުޅު އަށަގަތުމުގައި ދިމާވާ އުނިކަމުން ސަލާމަތްކޮށްދެއެވެ.

ފައިބަރު: ޕެއަރސް އަކީ އޭގައި ގިނައަދަދަކަށް ފައިބަރު އެކުލެވޭ މޭވާއަކަށްވުމުން، ބަނޑުހަރުވުމުން ސަލާމަތް ކޮށްދެއެވެ. ބަނޑު ހަރުވުމަކީ މާބަނޑު ދުވަސްވަރު ވަރަށް ގިނައިން ދިމާވާ ކަމަކަށް ވުމުން ގިނައިން ފައިބަރު ހިމެނޭ ކާތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ވިޓަމިންސް އަދި މިނަރަލްސް: މިމޭވާއިން ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ތަފާތު ބީ ވިޓަމިންސް ފަދަ ވިޓަމިންތައް ލިބެއެވެ. އަދި ހަށިގަނޑުގައި ރަނގަޅަށް "ފްލުއިޑް ބެލެންސް" ހިފެހެއްޓުމަށް ކޮންމެހެން ބޭނުންވާ ޕޮޓޭސިއަމް ފަދަ މައުދަންތައް ވެސް އެކުލެވިގެންވެ އެވެ.

އެންޓިއޮކްސިޑެންޓްސް: ޕެއަރސްގައި އެންޓިއޮކްސިޑެންޓްސް ހިމެނޭއިރު، މިއީ ފްރީ ރެޑިކަލްސްގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހައިޑްރޭޝަން: ޕެއަރސްއަކީ އޭގައި ގިނައަދަދަކަށް ފެންއެކުލެވޭ މޭވާއަކަށްވުމުން ހާއްސަކޮށް މާބަނޑު ދުވަސްވަރު ހަށިގަނޑު 'ހައިޑްރޭޓްކޮށް" އެމްނިއޯޓިކް ފްލުއިޑް އެކަށީގެންވާ މިންވަރަށް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

ކެލޮރީސް: މިމޭވާގައި ކެލޮރީގެ މިންވަރު ނިސްބަތުން މަދު ވުމުގެ ސަބަބުން މާބަނޑުދުވަސްވަރު ފަލަވުމުން ސަލާމަތްވެ، ކެއުމަށް މީރު ސިއްހަތަށް ފައިދާހުރި ލުއިކާނާއަކަށް މިމޭވާ ވެގެންދެއެވެ.

ބަނޑަށް އުނދަގޫނުވުން: ޕެއަރސްއަކީ ހަޖަމުވުމަށް ފަސޭހަވެ ބަނޑަށް އުނދަގޫވުމުން ސަލާމަތްކޮށްދޭ އަދި އޭގެ ސަބަބުން އެލާޖީ ވާކަން ފާހަގަކުރެވިފައި ނުވާ މޭވާއަކަށް ވުމުން މާބަނޑު އަންހެނުން ބޭނުންކުރުމަށް ވަރަށް ރަނގަޅުމޭވާއެއްކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ގުދުރަތީ ފޮނިކަން: ޕެއަރސްގައި ހުންނަ ގުދުރަތީ ފޮނިކަމުގެ ސަބަބުން، މާބަނޑު ދުވަސްވަރު ފޮނިކާތަކެތި ކެއުމަށް އެދޭ އެދުން މިމޭވާއިން ފުއްދާލެވޭތީ، ހަކުރު ބޭނުންކުރުން މެނޭޖްކުރުމަށް އެހީތެރިވެދެއެވެ.

މާބަނޑު ދުވަސްވަރު ކޮންމެ ކާނާއެއް ބޭނުންކުރި ކަމުގައި ވިޔަސް ކަމާބެހޭ މާހިރުން ލަފާ ދެއްވަނީ ހުރިހާ ވައްތަރެއްގެ ނިއުޓްރިއެންޓް އެކުލެވޭނެހެން އެކިބާވަތުގެ ތަރުކާރީއާއި މޭވާ ކެއުމުގައި ހިމެނައި "ބެލެންސްޑް ޑައިޓެއް" ނެގުމަށެވެ. އަދި މާބަނޑު ދުވަސްވަރު ކާނާއަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުމަކީ ބުއްދިވެރި ކަމެއް ކަމުގައި އެބޭފުޅުން ފާހަގަ ކުރައްވައެވެ.

ޓެގްސް: ސިއްޙަތު މާބަނޑުވުން މޭވާ ޑައެޓް އަދި ނިއުޓްރިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.