ޖަޕާނަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ދުނިޔެ

ޖަޕާން : ބިންހެލުމަށްފަހު އެންމެން ވެސް އަވަދިނެތި ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގައި

އަލީ އަޒްޔަން - އޭޝިއާ | 2 ޖެނުއަރީ 2024 , އަންގާރަ 11:19   489

އަންގާރަ ދުވަހު ޖަޕާނުގެ އިޝިކަވާ ސަރަޙައްދަށް އައި ބިންހެލުމަށްފަހު، ސުނާމީގެ އިންޒާރުތައް އަނބުރާ ގެންގޮސްފައިވީ ނަމަވެސް ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގައި ބޮޑެތި ގޮނޖެހުންތަކެއް ހުރިކަމަށް އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖަޕާނަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމުގައި ގިނަ ޢަދަދެއްގެ ގެތަށް ވަނި ބިމާއި ހަމަވެފައެވެ. މީހުންތަށް ސަލާމަތްނުކުރެވި މާގިނައިރު ވެއްޖެނަމަ މަރުވާ މީހުންގެ ޢަދަދުތައް ވަރަށް ބޮޑަށް މަތިވެގެންދާނެއެވެ. މިހާތަނަށް މިބިންހެލުމާއި ގުޅިގެން 30 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބިންހެލުމަށްފަހު އިރުމަތީ ރަޝިއާ އާއި ހަމައިން ވެސް ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް 24 ގައި އިރު ފަހުން އެއިންޒާރުތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އައްސޭރިފަށުގެ މިސަޙައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ހަލާކުވެފައިވެއެވެ. އެހީދޭ ފަރާތްތަކުން ވަނީ ހެލިކޮޕްޓަރުގައި އެސަރަޙައް ތަކެއްޗާއި މީހުން ފޮނުވުމުގައި ޙަރަކާތްތެރިވަމުންނެވެ.

މިކާރިސާ ހިނގިފަހުން އެ ސަރަޙައްދުގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 100 ގެ ގެއެއް އަނދައި ހުލިވެފައިވާކަމަށް ވެސް ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.

ޓެގްސް: ޖަޕާން ބިންހެލުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.