އިއްޔެ ހިނގި ޖަޕާންއެއާލައިންގެ ފްލައިޓަކާއި ރެސްކިއު ބޯޓެއް ރަންވޭގައި ޖެހި ހިނގި ޙާދިސާގެތެރެއިން

ދުނިޔެ

ޖަޕާން އެއާރލައިނުން ދަތުރިކުރި 379 ޕަސިންޖަރުން ސަލާމަތްވީ ޙައިރާންކުރަނިވިިގޮތަކަށް

އަލީ އަޒްޔަން - އޭޝިއާ | 3 ޖެނުއަރީ 2024 , ބުދަ 11:06   545

ޖަޕާން އެއާރލައިނުން ދަތުރިކުރި 379 ޕަސިންޖަރުން ސަލާމަތްވީ ޙައިރާންކުރަނިވިިގޮތަކަށް ސަލާމަތްވެއްޖެއެވެ.

އިއްޔެ ހިނގި ޙާދިސާގައި ޖަޕާންއެއާލައިންގެ ފްލައިޓެއް ޖެހިފައިވަނީ، ރަންވޭ މަތީގައި އޮތް ރެސްކިއު ބޯޓެއްގައި ޖެހިއެވެ. ރެސްކިއު ކުޑަ ބޯޓަކީ ޖަޕާނަށް އައިސްފައިވާ ބިންހެލުމުގައި ގެއްލުން ލުބުނު މީހުންނަށް އެހީވުމަށް ޙަރަކާތްތެރިވަމުން ދިޔަ ބޯޓެއްކަމަށް މަޢްލޫމާތު ލިބެއެވެ.

ރެސްކިއު ބޯޓުގައި ތިބި 5 ފަޅުވެރިން ދުނިޔެދޫކޮށްފައި ވާއިރު އެ ބޯޓުގެ ކެޕްޓަން އޮތީ ވަރަށް ސީރިއަސް ޙާލަތެއްގައެވެ.

ނަމަވެސް އެއާބަސް އޭ350 މަރުކާގެ ބޯޓުން ދަތުރުކުރި 379 ޕަސިންޖަރުން އަނިޔާއެއް ނުވެ ސަލާމަތްވުމަކީ 'މުޢުޖިޒާތެއް' ގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

މި މަރުކާގެ ބޯޓެއްގެ ފުޅާމިނުގައި 212 ފޫޓު ހުރެއެވެ.

"އަހަރެން ހީކުރީ އަހަރެން މަރުވަނީކަމަށް" ބޯޓުން ދަތުރުކުރި ޕަސެންޖަރަކު ބުނެފައިވެއެވެ.

ބޯޓުގައި ނަގާފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ޕަސެންޖަރުން ބޯޓު ޖެހުމާއި އެކު އަރައިގަތް ދުންގަނޑުގެ ތެރެއިން ބޯޓުން ބޭރަށް ނުކުންނަން މަސައްކަތްކުރާތަން ފެނެއެވެ. ހަމައެހެންމެ ބޭރަށް ފޭބުމަށް ދޮރު ހުޅުވި ސްލައިޑްތައް ތިރިވެފައިވާތަން ފެނެއެވެ.

ޖަޕާން އެއާރލައިނުން އަންނަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.

ޓެގްސް: މަތިންދާ ބޯޓުގެ ޙާދިސާތައް ޖަޕާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.