އދ. އިން ބުނެފައިވަނީ ގާޒާ އަކީ މިހާރު މީހުންނަށް 'ދިރިނޫޅެވޭނެތަނެއް' ކަމަށް

ދުނިޔެ

އދ.ގެ އިންޒާރަށް ބެލުމެއްނެތި އިޒްރޭލުން ގާޒާއަށް ބޮންއެޅުން އިތުރުކޮށްފި، 3 މަސްތެރޭ މަރުވި މީހުންގެ ޢަދަދު 22،600 އަށް

އަލީ އަޒްޔަން - މެދުއިރުމަތި | 6 ޖެނުއަރީ 2024 , ހޮނިހިރު 12:25   306

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް އަދިވެސް ވަނީ ވަރުގަދަކޮށް ބޮން އެޅުން އިތުރުކޮށްފައެވެ. އިޒްރޭލުން ބޮން އެޅުން އިތުރުކޮށްފައިވަނީ އ.ދ. އިން ގާޒާ އަކީ މިހާރު އިންސާނުން ދިރިއުޅެން އެކަށީގެން ނުވާތަނެއް ކަމަށް ބުނެފައިވަނިކޮށެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، އެ ސިޓީން އެތައް ލައްކަ ބަޔަކު ވަނީ ހަނގުރާމަން ސަލާވާން ނިކުމެ ހިމާޔަތް ހޯދާފައެވެ.

"ޣައްޒާ ވަނީ ހަމައެކަނި މީހުން ދިރިއުޅެވޭ ގޮތް ނުވެފަ. އެގައުމުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ވެސް އެމީހުންގެ ވުޖޫދަށް ނުރައްކާތައް ފެންނަމުން އެބަދޭ - ދުނިޔެ ބަލަމުންދާއިރު،" އ.ދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ހަމާސް އިސްވެ އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގައި ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 36 ކުޑަކުދިން ހިމެނޭ ގޮތަށް އިސްރާއީލުގެ އާންމުންގެ 695 މީހުން ހިމެނެ އެވެ. އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި 22،600 މީހުން މަރުވެ 57،910 މީހުން ޒަޚަމްވެފައިވާ ކަމަށް ހަމާސް އިން ހިންގާ އެންކްލޭވްގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ޑޭޓާ އެއްކުރަނީ އެ އެންކްލޭވްގެ ހޮސްޕިޓަލްތަކާއި ފަލަސްތީނުގެ ރެޑް ކްރެސެންޓުންނެވެ.

އިސްރާއީލުގެ ވައިގެ ހަމަލާތަކާއި އާޓިލަރީ ބެރޭޖްތަކުން ވިޔަސް ނުވަތަ ފަލަސްތީނުގެ ރޮކެޓް ހަމަލާތަކުން ވިޔަސް ފަލަސްތީނުގެ މީހުން މަރުވި ގޮތެއް ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެގޮތުން ގެއްލުން ލިބުނު ހުރިހާ މީހުންނަކީ “އިސްރާއީލުގެ އަނިޔާވެރިކަމުގެ” ޝިކާރައަކަށް ވެފައިވާ މީހުން ކަމަށް ސިފަކޮށްފައިވެ އެވެ.

އަދި މި މަޢްލޫމާތުތައް އެއްކުރުމުގައި އާންމުންނާއި ހަނގުރާމަވެރިން ތަފާތު ނުކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން އަންނަނީ އަވަށްޓެރި ސީރިއާ އަށް ވެސް ޙަމަލާތައް ފޮނުވަމުންނެވެ. އިޒްރޭލުން ސީރިއާއަށް ޙަމަލާދިނުމަށް ލުބްނާނުގެ ޖައްވީ ސަރަޙައްދު ބޭނުންކޮށްފައިވާ މައްސަލަވެސް އެޤައުމުގެ ސަރުކާރުން ވަނީ އަ.ދ. އަށް ހުށަހަޅާފައެވެ.

ހުޅަނގުގެ ގިނަ ގައުމުތަކުން މިހަނގުރާމައަށް ތާޢީދުކުރާއިރު، އަރަބި އަދި އިސްލާމީ ގިނަ ސަރުކާރުތަކުން އޮތީ ހަނުއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.