ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ރަސްމީ ސިފައެއްގައި މިހާތަނަށް ދިވެހި ސަރުކާރުގެ ބަހެއް ލިބިފައި ނުވޭ.

ހަބަރު

"ބޭރު ޤައުމުތަކުގެ ވެރިންނަށް ބަސްބުނުން ބަލައިނުގަނެވޭ، އެއީ ސަރުކާރުން ކުރިކަމެއް ނޫން" - ޙާރިޖީ ވަޒީރު ޒަމީރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 ޖެނުއަރީ 2024 , އަންގާރަ 08:56   867

އިންޑިއާގެ ބޮޑުވަޒީރަށް ބަސްބުނުމާއި ގުޅިގެން މަޝްރަޙް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ބޭރު ޤައުމުތަކުގެ ވެރިންނަށް ބަސްބުނުން ބަލައި ނުގަނެވޭކަމަށާއި، އެއީ ސަރުކާރުން ކުރިކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ރާއްޖޭގެ މާލީ ޙާލަތު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންކަމަށް އެންމެފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް މުޢިއްޒު އާއި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމުގައި ވެސް އަދި ތަރައްޤީގައި ވެސް މުހިއްމު ބައިވެރިއެކެވެ. އިންޑިއާ އަކީ ރާއްޖޭގެ މާލީ ނިޒާމަށް ވެސް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އެހާމެ އަވަށްޓެރި ޤައުމެކެވެ. އަދި ބޭސް ފަރުވާގެ ކަންކަމުގައި ދިވެހިންނަށް އެންމެ ގިނައިން ދެވެނީ އިންޑިއާ އަށެވެ.

ސަރުކާރުގެ ތަރުޖަމާނު ކުއްލިގޮތަކަށް ސަރުކާރުން ވަކި ކުރައްވާފައިވާއިރު، މިހާތަނަށް އިންޑިއާ މައްސަލައިގައި ސަރުކާރުން ރަސްމީ ސިފައެއްގައެއްގައި ބަހެއް ބުނެފައި ނުވެއެވެ. އަދި މިކަމަށް ސީދާގޮތެއްގައި މަޢާފަށް އެދިފައި ވެސް ނުވެއެވެ.

ނަމަވެސް، ޚާރިޖީ ވުޒާރާއިން ޢާއްމުކުރައްވާފައިވާ ބަޔާނާއިއެކު ޚާރިޖީ ވަޒީރު ވިދާޅުވީ ހުރިހާ ބައިވެރިންނާއި އެކު ވެސް ވާހަކަތައް ބޭއްވުމަށް ބޭނުންފުޅުވާކަމަށާއި ވަކިން ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކަށް އޮންނަ ވިސްނުމާއި އިޙްތިރާމް ދަމަހައްޓަވާނެކަމަށެވެ.

އިންޑިއާ އާއި އޮތް ގުޅުމަށް ހުރަސް އެޅެންފެށީ ކުއްލިގޮތަކަށް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި، ޗައިނާ އާއިއެކު ދިވެހި ސަރުކާރުން ގުޅުން ބާއްވަން އިސްކަން ދޭން ފެށުމުންނެވެ.

އަދި އެހެންމެ މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ވަނީ ސޯޝަލްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ޓެގްކޮށް ހުތުރުބަހުން މުޢާމަލާތުކޮށްފައެވެ. މިކަމާއި ނުރުހުން ފާޅުކޮށް އިންޑިއާގެ ޚަބަރުފަތުރާ ވަޞީލަތްކާއި ބޮލީވުޑް ތަރިން އަންނަނީ ރާއްޖެއާއި ދެކޮޅު ކެމްޕޭނެއް ހިންގަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި މައްސަލަ، ކުށްވެރިކޮށް މެމްބަރަކު ވަނީ ޤަރާރަކާއިއެކު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ވައްދާފައެވެ. އަދި މިމައްސަލައިގައި ޚާރިޖީ ވަޒީރު މޫސާ ރަމީޒު އާއި ޢަމަލު ހިންގި ފަރާތްތައް މަޖިލީހަަށް ޙާޒިރުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިންޑިއާ ސަރުކާރަށް ފުރައްސާރަކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރެކެވެ. އެއީ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފުގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު އެވެ. ސަރުކާރުން ވަނީ މިހާރު ވަނީ މިފަރާތްތައް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް، ގިނަ ފަރާތްތަކުން ދެކެނީ، ސަސްޕެންޑްކުރުން ނުފުދޭކަމަށާއި އެފަދަ ނާގާބިލް ފަރާތްތައް ޒިންމާދާރު ކަންކަމުން ވަކި ކުރަންޖެހޭކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޚާރިޖީ ވަޒީރާއި އިތުރު ފަސް ކެބިނެޓް މިނިސްޓަރަކާއި އެކު ވަޑައިގެންވީ ޗައިނާގައެވެ. މިހާތަނަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއިއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވާފައިނުވެއެވެ.

މިލިޔުމާއި ގުޅޭ:

އަމީތާބް ބައްޗަންވެސް ލަކްޝަދީޕް ޕްރޮމޯޝަނަށް

ހަ ވަޒީރަކާއިއެކު ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި، އިންޑިއާ ނުރުހިފައި

ޓެގްސް: ޚާރިޖީ ސިޔާސަތުތައް ފޮރިން މިނިސްޓްރީ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.