އިޒްރޭލަށް ތުހުމަތުކޮށްފައިވަނީ ނަސްލު ނައްތާލުމުގެ ކުށް. އިޒްރޭލުގެ އަނިޔާވެރި ޙަމަލާތަކުގައި ފަލަސްތީނުގެ އެތައްހާސް ރައްޔިތުން މަރުވެ 2.3 މިލިއަން މީހުން ޙާލުގައިޖެހިފައިވޭ

ދުނިޔެ

އިޒްރޭލާއި ދެކޮޅަށް ބައިނަލްޢަޤުމީ ކޯޓުގައި މައްސަލަ ހުށަހަޅައި، ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު

އަލީ އަޒްޔަން - މެދުއިރުމަތި | 11 ޖެނުއަރީ 2024 , ބުރާސްފަތި 09:03   377

އިޒްރޭލާއި ދެކޮޅަށް، އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅައި، ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިިއެވެ. މިއަޑުއެހުންތައް ހުކުރުދުވަހާއި ހަމައަށް ދިގުދެމިގެންދާނެއެވެ.

އިޒްރޭލަށް ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ، މިމައްސަލައިގައި އަމިއްލައަށް ދިފާޢުވާން މަސައްކަތްކުރަން މަޖުބޫރުވެފައިވާއިރު، އިޒްރޭލުގެ މައްސަލަ އަންނަނީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގައި ވެސް ބެލެމުންނެވެ. އިޒްރޭލަށް ތުހުމަތުކޮށްފައިވަނީ، ގަނޑުކޮށް މީހުން މަރާލައި ނަސްލު ނައްތާލުމުގެ (ޖެނެސައިޑް) ގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

މިމައްސަލަތަކާއިއެކު އެޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ވަނީ ބޭރާއި އެތެރެއިން ވެސް ބޮޑެތި ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

މިމަސައްލަ އައިސީޖޭ އަށް ވައްދާފައިވަނީ ދެކުނު އެފްރިކާއިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެޤައުމަކީ ވެސް މީގެކުރިން މިފަދަ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހުނު ޤައުމެކެވެ. އެޤައުމުން މައްސަލަ ހުށަހަޅާފައިވަނީ އިޒްރޭލުން 1948 ވަނަ އަހަރު ޖެނެސައިޑް ހިންގުމާއިދެކޮޅު ކޮންވެންޝަނާއި ޚިލާފުވާތީކަމަށް ބުނެފައިވެއެވެ.

އިޒްރޭލުން ފަލަސްތީނަށް އަނިޔާވެރިގޮތަކަށް ޙަމާލާދޭން ފަށާފައިފައިވަނީ ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިޒޭރޭލަށް މިސައިލް ހަމަލާތަކެއް ދިނުމުން ކަމަށް ބުނެއެވެ.

އިޒްރޭލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ ގަޒާ އާއި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސުންނާފަތިކޮށްލާފައެވެ. އަދި ފަލަސްތީނުގެ އެތައްހާސް މީހުން މާރާލައި 2.3 މިލިއަން މީހުން ކާބޯތަކެތިން މަހުރޫމުކޮށް ޙާލުގައި ޖައްސާފައިވެއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން އައިސީޖޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.