ޑެންމާކްގެ ރަސްގެފާނު ފްރެޑްރިކް އެކްސް، ހުވާކުރެްއވުމާއިއެކު ޖަޒްބާތީވެވަޑައިގެންނެވި

ދުނިޔެ

ޑެންމާކް، ފްރެޑްރިކް ރަސްކަމާއި ޙަވާލުވުން: އެތައް ހާސް މީހުން ނިކުމެ މަރުޙަބާކިޔައިފި

އަލީ އަޒްޔަން - ޔޫރަޕް | 15 ޖެނުއަރީ 2024 , ހޯމަ 09:19   390

ތާރީޚި ރަސްމިއްޔާތަކަށްފަހު، ޑެންމާކް ގައި އަލަށް ރަސްކަމާއި ޙަވާލުވެވަޑައިގެންނެވި ފްރެޑްރިކް އެކްސް (55އ) ރަސްކަމާއި ޙަވާލުވެވަޑައިގަތުމުން އެތައް ހާސް މީހުން ނިކުމެ މަގުތަކަށް ނިކުމެ މަރުޙަބާކިޔައިފިއެވެ.

ޖަރުބާތީ ވެވަޑައިގަނެ، ހިތްވަރުދެމުން ދިޔަ މީހުންނާއި މުޚާތަބްކުރައްވައި ރަސްގެފާނު ފްރެޑްރިކް ވިދާޅުވީ، "ހުރިހާ އެންމެން އެކަތިގަނޑަކަށް ހެދޭނެވަރުގެ ރަސްކަލަކަށް" ވެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ރަސްމިއްޔާތުގައި ފްރެޑްރިކް ވަނީ އޭނާގެ މަންމާފުޅަށް ތަޢްރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މަންމާފުޅު ވަނީ 52 އަހަރު ތަޚްތުގައި ހޭދަކުރައްވާފައެވެ. މަންމާފުޅުގެ ޢުމުރަކީ 88 އަހަރެވެ.

ފްރެޑްރިކްގެ މަންމާފުޅު ވެވަޑައިގެންފައިވަނީ، ޑެންމާކުގެ 800 އަހަރުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އަމިއްލަފުޅަށް ތަޙްތު ދޫކުރެއްވި ބޭފުޅާއަށެވެ.

ފްރެޑްރިކްގެ 4 ދަރިކަލުން ތިއްބަވައެވެ. އެންމެ ދޮށީ ދަރިފުޅު، ކްރިސްޓިއަށް ވަނީ 18 އަހަރު ފުރިފައެވެ.

ޓެގްސް: ޑެންމާކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.