ޢުމުރުން 40 އަހަރުން މަތިވުމުން ދަރިމައިވުމުގެ ފުރުޞަތު 85 ޕަސެންޓުން 44 ޕަސެންޓަށް ތިރިވޭ

ދުނިޔެ

ފްރާންސް: ދަރިމައިނުވުމުގެ މައްސަލަ އާއިއެކު އާބާދީ ދުވަހު ނުދާހާ ދަށަށް،، ކީއްވެގެން ވާކަމެއް؟

އަލީ އަޒްޔަން - ދުނިޔެ | 20 ޖެނުއަރީ 2024 , ހޮނިހިރު 10:24   415

ފްރާންސްގައި ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ދަރިމައިނުވުމުގެ ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ އާންމު ސިއްހަތުގެ ބޮޑު މައްސަލައަކަށް ވެފައިވާކަމަށް އެޤައުމުގެ ރައީސް މެކްރޮން މި ހަފްތާގެ ތެރޭގައި ވިދާޅުވެފައިވެއެވެ.

ދަރިމައިނުވުމުގެ މައްސަލައާއިއެކު އެޤައުމުގެ އާބާދީ ވަނީ މިއިން ޒަމާނަކު ނުދާހާ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު 6.6 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. 2023 ވަނަ އަހަރު އެޤައުމުގައި އުފަންވީ އެންމެ 678،000 ކުދިންނެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވެސް އެންމެ ދަށްކޮށް ރިކޯޑްކުރެވުނު ޢަދަދެވެ.

މީގެ ކުރިން އެޤައުމަކީ މުޅު ޔޫރަޕްގައި ވެސް ދަރިމައިވުމާއި ދަރިން އުފެއްދުމުގައި ނަގައި ކިޔޭ ޤައުމެކެވެ.

ސަރުކާރުން ކޮމިޝަންކޮށްގެން 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން 12 މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ގުދުރަތީ ގޮތުން ބަލިވެ އިނުމަށް މަސައްކަތް ކުރި ކޮންމެ ހަތަރު ދެމަފިރިންގެ ތެރެއިން އެކަކަށް އެކަން ނުކުރެވޭ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިކަން މާނަކުރަނީ ދަރިމައިނުވުން – މިއީ މިހާރު ފްރާންސްގެ 3.3 މިލިއަން މީހުންނަށް ޖެހިފައިވާ ޙާލަތެވެ.

ބައެއް މީހުން މިކަމާއި ކަންބޮޑުވެ ބޯ ހާސްވެ ގިނަބަޔަކަށް ސައިކޮލޮޖިކަލް މައްސަލަތަކާއި ވެސް އަންނަނީ ކުރިމަތި ލަމުންނެވެ.

މިކަން މިހެން ދިމާ މިވަނީ ކީއްވެގެން ހެއްޔެވެ؟

އެތައް ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނެއްގެ އުމުރަކީ ބަލިވެ އިނުމުގެ ގާބިލްކަމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުޅުމާލެ ޖާނަލް އޮފް މެޑިކަލް ސައިންސަސްގައި 2020 ވަނަ އަހަރުގެ މެއި މަހު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 30 އަހަރުން ދަށުގެ އަންހެނަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ބަލިވެ އިނުމުގެ ފުރުސަތު 85 ޕަސެންޓް އޮންނައިރު އުމުރުން 30 އަހަރުގެ އަންހެނަކަށް 75 ޕަސެންޓް ފުރުސަތު ލިބެ އެވެ. އުމުރުން 35 އަހަރުގައި ފުރުސަތުތައް އިތުރަށް ދަށްވެ، 66 ޕަސެންޓަށް، އަދި 40 އާއި 44 ޕަސެންޓަށް ވެއްޓޭކަމަށް އެތައް ދިރާސާތަކުން ކަށަވަރުވެއެވެ.

މީހުން ކައިވެނިނުކޮށް މަޑު ނުކުރާ މައިގަނޑު އެއް ސަބަބަކީ އިޤްތިޞާދީ ފުދުންތެރިކަން ދަށްވުމާއި އިޖްތިމާޢީ ޕްރެޝަރުތަކެވެ. މި ޕްރެޝަރުތަކުން ސަލާމަތްވުމަށް ދަރިން ހޯދުން ފަސްކުރަން މަޖުބޫރުވާކަމަށް ގިނަބަޔަކު ބުނެފައިވެއެވެ.

ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތައްކަކީ ވެސް މިކަމަށް އޮތް ބޮޑު ހުރަހެކެވެ. ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ދަރިމައިވުމުގެ ނިޒާމަށް އަސަރުކޮށް ހަލާކުކޮށްލާކަމަށް ދިރާސާތަކުން ދައްކައެވެ.

މައްސަލަތައް ދިމާވަނީ އަންހެނުންނަށް އެކަންޏެއް ނޫނެވެ. ފިރިހެނުންގެ ދަރިމައިވާ ފަނި އުފެއްދުމަށް އަންނަ ބަދަލުތަކުން ވެސް ދަރިމައިވުމަށް ހުރަސް އެޅިގެންދެއެވެ.

ޓެގްސް: މާބަނޑުވުން ސިއްޙަތު ފްރާންސް ބޯހިމެނުން އަދި އާބާދީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.