ބިންހެލުން އައިސްފައިވާ ސަރަޙައްދު

ދުނިޔެ

ޗައިނާ، ކިރްގިސްތާނުގެ ބޯޑަރު ކައިރިއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އަލީ އަޒްޔަން - އޭޝިއާ | 23 ޖެނުއަރީ 2024 , އަންގާރަ 10:00   360

ޗައިނާގެ ހުޅަނގު ޝިންޖިއާން ސަރަހައްދުގެ ފަރުބަދަމަތީ ދުރު ސަރަހައްދަކަށް އަންގާރަ ދުވަހުގެ ވަގުތެއްގައި 7.1 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެތައް ސަތޭކަ މޭލެއް ދުރުގައި އޮންނަ މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ބޮޑެތި ބިންހެލުންތަކެއް އައިސްފައިވެ އެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޝިންހުއާ އިން ރިޕޯޓްކުރާ ގޮތުގައި ކިރްގިސްތާން ބޯޑަރު ކައިރީގައި އޮންނަ އަކްސޫ ޕްރިފެކްޗާގައި އޮންނަ އުކްޓޫރްޕަން ކައުންޓީގެ ނަމުން ވެސް ނަންދެވިފައިވާ ވޫޝީ ކައުންޓީއަށް ބިންހެލުން އައިސްފައި ވަނީ އެޔަނުގެ ގަޑިން ދަންވަރު 2 ޖެހިއިރު އެވެ.

ޒިންޖިއަންގް ރޭލްވޭ އޮތޯރިޓީން ވަނީ ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުގެ މަގުތައް ވަގުތުން ބަންދުކޮށް، 27 ރޭލުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް ޝިންހުއާ އިން ބުނެ އެވެ.

ބިންހެލުން އައި ސަރަހައްދަށް ގާތްގަނޑަކަށް 200 ސަލާމަތީ މަސައްކަތްތެރިން ފޮނުވާފައިވާއިރު، އިތުރު އެތައް ސަތޭކަ ބަޔަކު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިންހުއާ އިން ބުނެއެވެ.

ދައުލަތުގެ ޗައިނާ ބިންހެލުމުގެ ނެޓްވޯކްސް ސެންޓަރުން ބުނާ ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު 11 އާ ހަމައަށް މެގްނިޓިއުޑް 3 އަށް ވުރެ މަތީގައި 50 އަށް ވުރެ ގިނަ އަފްޓާޝޮކް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ބިންހެލުމާއިއެކު 100 މީހަކު މަރުވެ 200 މީހަކަށް އަނިޔާ ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: ޗައިނާ ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.