އެމެރިކާއަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑުއެއް އޮންލައިން ވިޔަފާރި ކުންފުރި އެމެޒޯންގެ އޮފީހެއް

ވިޔަފާރި

ފްރާންސް، މުވައްޒަފުންނަށް ފާރަވެރިވިކަމުގެ މައްސަލައެއްގައި އެމެޒޯން ކުންފުނި 32 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 24 ޖެނުއަރީ 2024 , ބުދަ 07:41   373

ފްރާންސް ގައި މުވައްޒަފުންނަށް ފާރަވެރިކަމުގެ މައްސަލައެއް ސާބިތުވެ، އެމެރިކާގެ އެމެޒޯން ކުންފުނި 32 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ.

ފްރާންސްގެ ޑޭޓާ ޕްރޮޓެކްޝަން އެޖެންސީން އަންގާރަ ދުވަހު ބުނީ އެމެޒޯންގެ ފްރާންސްގެ ގުދަން ޔުނިޓް 32 މިލިއަން ޔޫރޯ (34.9 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައި ވަނީ މުވައްޒަފުންގެ ޕާފޯމަންސް ބެލެހެއްޓުމަށް "މާ ބޮޑަށް ވަދެގަންނަ" ސަވައިލެންސްކޮށް ފާރަލާތީކަމަށެވެ.

އެމެޒޯން ފްރާންސް ލޮޖިސްޓިކް އިން ޚާއްސަކޮށް މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކުރީ ޕެކޭޖުތައް ޕްރޮސެސް ކުރުމަށް މުވައްޒަފުން ބޭނުންކުރާ ސްކޭނަރުންގެ ޑޭޓާ މެދުވެރިކޮށް ކަމަށް ސީއެންއައިއެލް އިން ބުނެއެވެ.

ސީއެންއައިއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކޭނަރުތަކުން މެނޭޖްމަންޓަށް 10 މިނެޓަށް ވުރެ ގިނައިރު ހަރަކާތްތެރި ނުވާކަން ނުވަތަ ޕެކޭޖުތަކާއި ޕާރުސަލްތައް ބެލެހެއްޓުމުގެ އެލާޓް ދީފައިވާ ކަމަށެވެ.

ސީއެންއައިއެލް އިން އަމާޒުކުރި އެއް ސަވައިލެންސް ބާވަތަކީ "ސްޓޯ މެޝިންގަން" ކިޔާ އެއްޗެއް ބޭނުންކޮށްގެން ލިޔުމެއް "މާ އަވަހަށް" ނުވަތަ 1.25 ސިކުންތަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސްކޭން ކުރިކަން ފާހަގަ ކުރުމެވެ.

އެގޮތުން މަސައްކަތްތެރިންނަށް މެދުނުކެނޑި ޕްރެޝަރު ކުރާ ކަމަށާއި ގަވާއިދުން ވަޒީފާއަށް ނުނުކުންނަ ސަބަބު ކިޔާދޭންޖެހޭ ކަމަށް ބުނެފައިވެ އެވެ. މުވައްޒަފުން ގުދަނަށް ވަނުމާއި މަސައްކަތް ފެށުމާ ދެމެދުގެ ވަގުތުވެސް މޮނިޓަރ ކުރެވެއެވެ.

މި ސަވައިލެންސް ބެލެވިފައި ވަނީ އީޔޫގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) އާ ހިލާފު ކަމެއްކަމަށް ބެލެވިފަގެންނެވެ. އެ ގަވާއިދުގައި ކުންފުނިތަކަށް ޒާތީ މައުލޫމާތު ބޭނުންކުރާ ގޮތުގެ ރުހުން ހޯދުމަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.

މި ޖޫރިމަނާއަކީ 2021 ވަނަ އަހަރު 1.1 ބިލިއަން ޔޫރޯއަށް އަރާ އެމެޒޯން ފްރާންސް ލޮޖިސްޓިކްގެ އަހަރީ އާމްދަނީގެ ގާތްގަނޑަކަށް ތިން ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

އެމެޒޯނުން ބުނީ ސީއެންއައިއެލްގެ ހޯދުންތަކަށް ބަލައިގެން "ސްޓޯ މެޝިންގަން" އިން ހެންޑްލިން ސްޕީޑް ސިގްނަލް ދިނުމުގެ ގާބިލްކަން ޑިއެކްޓިވޭޓްކޮށް، "އައިޑަލް ޓައިމް" އިންޒާރުތައް 10 މިނެޓުން 30 މިނެޓަށް އިތުރު ކުރާނެ ކަމަށެވެ.

ޓެގްސް: އެމޭޒަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.