އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ

ދުނިޔެ

އުރުދުންގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެގެންދިޔަ ޑްރޯން ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތު އީރާނުން ދޮގުކޮށްފި

ދާނިޝް - މެދުއިރުމަތި | 30 ޖެނުއަރީ 2024 , އަންގާރަ 09:54   394

އުރުދުންގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެގެންދިޔަ ޑްރޯން ހަމަލައިގައި އީރާނުގެ ބައިވެރިވުން ނެތް ކަމަށް އީރާނުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ ސީރިއާގެ ބޯޑަރު ކައިރިއަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ބޮލުގައި އަޅުވާފަ އެވެ.

"އަޅުގަނޑުމެން ކުރިންވެސް ވަރަށް ސާފުކޮށް ދެންނެވި ފަދައިން، މި ސަރަޙައްދުގެ ރެސިސްޓެންސް ގްރޫޕްތަކުން ދަނީ ކުޑަކުދިން މެރުމުގެ ޒަޔަނިސްޓް ވެރިކަމުގެ ހަނގުރާމައިގެ ޖަރީމާތަކާއި ޖަރީމާތަކަށް [އިޖާބަދެމުން] އަދި... އެމީހުން ނަކީ އީރާނުގެ އަމުރެއް ނުނަގާ ބައެއް،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީއާ މިއަދު މީޑިއާ ތަކަށް ދިން ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

"މި ޖަމާއަތްތަކުން ނިންމައި އަމަލުކުރަނީ އެމީހުންގެ އަމިއްލަ އުސޫލުތަކާއި އިސްކަންދީގެން. އަދި ގެންގުޅޭ އުސޫލުތަކާއި ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ބަލައިގެން." ކަނާނީ ވިދާޅުވިއެވެ.

ކަނާނީ އިތުރަށް ވިދާޅުވީ އީރާނުގެ ބައިވެރިވުން އޮތް ކަމަށް ބުނާ ވާހަކަތަކަކީ "ސަރަހައްދުގެ ހަގީގަތްތައް އަނބުރާލުމަށް ވަކި ސިޔާސީ ލަނޑުދަނޑިތަކެއް ކަނޑައެޅުމުގެ މަގްސަދުގައި" ދައްކާ ވާހަކަތަކެއް ކަމަށާ، "ކުޑަކުދިން މަރާލާ ޒަޔަނިސްޓް ސަރުކާރު ހިމެނޭ ގޮތަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު އެ މީހުންނަށް ފޯރާފައިވާ" ކަމަށެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަ މިޝަންއިން ވެސް ނެރުނު ބަޔާނުގައި ބުނެފައި ވަނީ އީރާނާއި ތެހެރާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެ ހަމަލާއާއި ވެސް އީރާނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ "މި ސަރަހައްދުގައި އެމެރިކާ ސިފައިންނާއި ރެސިސްޓެންސް ގްރޫޕްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކެއް" ކަމަށެވެ.

އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ރެސިސްޓެންސް އިން އިރާގުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ އެވެ. ލޮޖިސްޓިކް ސަޕޯޓް ބޭސްއެއް ކަމަށްވާ ޓަވަރު 22 އަށް ދިން ޑްރޯން ހަމަލާއަކީ ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ދުޝްމަނުންގެ ބަޑީގެ ހަމަލާތަކުގައި އެމެރިކާގެ ފުރާނަ ގެއްލުނު ފުރަތަމަ ހަމަލައެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް ހާމަކަން ބޮޑު ގޮތެއގައި ތާއިދު ކުރަމުންދާ ބައިޑަން ވަނީ މި ހަމަލާ ކުށްވެރިކޮށް، އެކަމުގައި ޒިންމާވާންޖެހޭ އެންމެން އެއްފަހަރާ އެ ސަރުކާރުން އިޚްތިޔާރުކުރާ ގޮތަކަށް ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނެފައެވެ.

ހަނގުރާމަ ފެށުނީއްސުރެ އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެތައް ހަމަލާތަކެއް ދީފައިވާ ކަމަށް ވޮޝިންޓަނުން ދަނީ ތުހުމަތު ކުރަމުންނެވެ.

ޓެގްސް: އުރުދުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.