އިންސާނީ އެހީތައް ހިފައިގެން ދިޔަ ޓްރަކެއް ޣައްޒާގެ ދެކުނުން އޮންނަ ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޮމް) ބޯޑަރު ހުރަސްކުރުމަށް މަޑުކޮށްގެން

ދުނިޔެ

އިސްރާއީލުން ޣައްޒާގެ އެހީ އަށް ހުރަސް އަޅަން މަސައްކަތް ކުރަނީ

ދާނިޝް - މެދުއިރުމަތި | 31 ޖެނުއަރީ 2024 , ބުދަ 08:20   52

ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުންގެ ގާތް ތިމާގެ މީހުން ހިމެނޭ ގޮތަށް އިސްރާއީލުގެ މުޒާހަރާގެ ބައިވެރިން ޣައްޒާގައި ތިބި ފަލަސްތީނަށް ފޯރުކޮށްދޭ އެހީ އަށް ޖެހިޖެހިގެން ހަތް ވަނަ ދުވަހަށް ހުރަސް އެޅުމުގެ ގޮތުން އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ބޯޑަރު ކްރޮސިންއަކަށް ވަދެއްޖެ އެވެ.

އިޒްރޭލުގެ ކެރެމް ޝަލޯމް ނަމަކަށް ކިޔާ ކަރެމް އަބޫ ސަލީމް ކްރޮސިންއާ ދިމާލަށް އިޒްރޭލުގެ ދިދަތަކާއި ބެނާތައް ހިފައިގެން ރިސާވިސްޓުންގެ ޓްޒަވް 9 ޖަމިއްޔާއިން އިންތިޒާމްކުރި މުޒާހަރާގެ ބައިވެރިން ދަތުރުކުރި ކަމަށް ސޯޝަލް މީޑިއާ ޕޯސްޓުތަކާއި އިޒްރޭލުގެ މީޑިއާތަކުން ބުނެ އެވެ.

"ޓްރަކްތައް ސީދާ ހަމާސްގެ ޓެރަރިސްޓުންގެ އަތްދަށަށް ވަނުމުގައި އެއްވެސް ލޮޖިކެއް ނެތް،" "ހަމާސްއަށް ސަޕްލައި ކުރުން ހުއްޓާލުމަށް ގޮވާލާ އެތައް ހާސް ސަޕޯޓަރުންނާއެކު މި އުނދަގޫ ދަނޑިވަޅަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް."

ޓައިމްސް އޮފް އިޒްރޭލުން ނެރުނު ބަޔާނެއްގައި ޓްޒަވް 9 އިން ބުނެފައިވެ އެވެ.

މި އުދުވާނުގައި ޣައްޒާ ސިޓީގެ ސަބްރާ އާއި ތުއްފާ އަވަށްތަކުގައި ދިރިއުޅޭ ގެތަކަށް އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ވަފާ ނޫސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ ތެރޭގައި މެޑިކަލް ސްޓާފުންނާއި އާންމުންގެ ހެދުން އަޅައިގެން ތިބެގެން އިސްރާއީލު ސިފައިން،ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ސަރަހައްދަށް ހަމަލަދީ އިބްން ސިނާ ހޮސްޕިޓަލުގައި ތިން މީހަކު ބަޑިޖަހައި ޝަހީދުކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 26،637 މީހުން މަރުވެ 65،387 މީހުން ޒަޚަމްވެފައިވާއިރު، އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރަ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.