"ބައެއް ފަހަރު އަދި އަޅުގަނޑުމެން ބޭނުންވާ ތަންތަނުގައި ވެސް ދެމިއޮންނާނެ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފި

ދުނިޔެ

މެދުއިރުމަތި: އިރާގު، ސީރިއާއަށް އެމެރިކާއިން ދޭ ހަމަލާތައް އީރާނުން ކުށްވެރިކޮށްފި

ދާނިޝް - މެދުއިރުމަތި | 4 ފެބުރުއަރީ 2024 , އާދީއްތަ 08:02   357

އީރާގާއި ސީރިއާގެ ތެރޭގައި އެމެރިކާއިން ދޭ ހަމަލާތަކަކީ "ސްޓްރެޓެޖިކް އޮޅުމެއް" ކަމަށާއި އެކަމުގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަމާއި ހަމަނުޖެހުންތައް އިތުރުކުރުމަށް މަގުފަހި ކުރުވާނެ ކަމެއް ކަމަށް އީރާނުން ބުނެފިއެވެ.

އުރުދުންގައި މިދިޔަ އާދީއްތަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާ ސިފައިން އިރާގާއި ސީރިއާގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް މިވަނީ ދީފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާއިން ދިން ހަމަލާތަކަކީ އިރާގާއި ސޫރިޔާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަދި އދ.ގެ ޗާޓަރާ ވަރަށް ސާފުކޮށް ހިލާފު ހަމަލާތަކެއް ކަމަށެވެ.

"މި ހަމަލާތަކަކީ ހަމައެކަނި ޒަޔަނިސްޓް ސަރުކާރުގެ ލަނޑުދަނޑިތަކަށް ތާއީދުކުރާ ހަމަލާތަކެއް.މިފަދަ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އެމެރިކާ ސަރުކާރު އިތުރުވެ، ޣައްޒާގައި ޒަޔަނިސްޓް ސަރުކާރުން ހިންގާ ޖަރީމާތަކަށް ހިޔަނި އެޅިގެން ދޭ،" އިޒްރޭލަށް އިޝާރާތްކޮށް އެ ބަޔާނުގައި ވެ އެވެ.

އަދި މިފަދަ "އެޑްވެންޗާތައް" ކުރިއަށް ގެންދިއުމަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމަށް އޮތް ނުރައްކަލެއް ކަމަށާއި އދ.ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް މި މައްސަލަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.

އީރާނުގެ ބަޔާނުގައި ބުނެފައި ވަނީ "މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ނުތަނަވަސްކަމުގެ އަސްލަކީ އިސްރާއީލުގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއި އެމެރިކާގެ އަންލިމިޓެޑް ތާއީދާއެކު ފަލަސްތީނު ރައްޔިތުން ގަތުލުކުރުން" ކަމަށެވެ.

އަދި މި ސަރަޙައްދަށް ހަމަޖެހުމާއި އަމާންކަން އެނބުރި އަންނާނެ ކަމަށް ހީވެސް ނުކުރެވޭ ކަމަށާއި، މި މައްސަލަތައް ހައްލުކުރެވޭނީ ކަމުގެ އަސްލަށް ސަމާލުކަން ދީގެން އެކަން ހައްލުކޮށްގެން ކަމަށްވެސް މިބަޔާނުގައި ވެއެވެ.

ޓެގްސް: އިރާގު އެމެރިކާ އީރާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.