ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ޚާންގެ އިތުރުން އޭނާގެ އަނބިކަނބަލުންނަށް ވެސް ވަނީ ޖަލު ޙުކުމެއް އައިސްފައި

ދުނިޔެ

ޕާކިސްތާން، ކުރީގެ ބޮޑުވަޒީރަށް ވަގު ކައިވެންޏެއްގެ ތުހުމަތުގައި އިތުރު ޙުކުމެއްކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 4 ފެބުރުއަރީ 2024 , އާދީއްތަ 07:45   369

ޖަލުގައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަންހެނުން ބުޝްރާ ބީބީ 2018 ވަނަ އަހަރު ކުރި ކައިވެންޏަކީ ގާނޫނާ ހިލާފު ކައިވެންޏެއްކަމަށް ޑިސްޓްރިކްޓް ކޯޓަކުން ނިންމުމުން ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މި ހަފްތާގައި އިއްވި މި ޙުކުމާއިއެކު ޚާންއަށް ވަނީ ތިން ޙުކުމެއް އިއްވާފައެވެ. އަދި އަނބިކަނބަލުންގެ ދެވަނަ ޙުކުމެވެ.

ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައި ވަނީ "ހަލާލު ކައިވެންޏެއް ނުކޮށް އޮޅުވާލައިގެން ކުރިއަށް ގެންދިޔަ ކައިވެނީގެ ރަސްމިއްޔާތެއް" ކަމަށެވެ.

ބީބީގެ ކުރީގެ ފިރިމީހާ ޚަވާރު ފަރީދު މަނޭކާ ވަނީ ވަރިވިތާ ގާތްގަނޑަކަށް ހަ އަހަރު ފަހުން ޚާން އާއި ބީބީއާ ދެކޮޅަށް މައްސަލަ ހުށަހަޅައި، ވަރިއަށް ފަހު އިސްލާމްދީނުގައި މަޖުބޫރު އިންތިޒާރުގެ މުއްދަތެއް ކަމަށްވާ އިދާތު ފުރިހަމަ ނުކޮށް ކައިވެނިކޮށް ޒިނޭ ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

މި ހުކުމް އިއްވީ ރަވަލްޕިންޑީ ސިޓީގެ އަޑިއާލާ ޖަލުގެ ޑިސްޓްރިކްޓް ކޯޓަކުން ކަމަށާއި އެ ކޯޓުގައި އިމްރާން ޚާން – އެކި ދައުވާތަކުގައި އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުރެ އަންނަނީ ޙާޒިރުވަމުންނެވެ.. ޖަލުގައި ޝަރީއަތް ހިންގީ ސަލާމަތީ ސަބަބުތަކާ ހުރެކަމަށް ބުނެފައިވެއެވެ.

ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) އިން ނެރުނު ބަޔާނެއްގައި ވަނީ އެއީ "ގާނޫނަށް ކުރި މަލާމާތެއް" ކަމަށް ބުނެ އެ ހުކުމް ކުށްވެރިކޮށްފަ އެވެ.

މި އެންމެ ފަހުގެ ހުކުމަކީ ފަހަކަށް އައިސް ޚާންއަށް ކުރިމަތިވި ގާނޫނީ އެތައް ދަތިތަކެއް އިތުރުކޮށްދޭ ކަމެކެވެ.

މި ހުކުމްތައް އިއްވާފައި މިވަނީ ބުރާސްފަތި ދުވަހު ބާއްވާ ޕާކިސްތާނުގެ އާންމު އިންތިހާބުގެ ކުރިންނެވެ.

ޚާން އަށް ވާދަކުރުން މަނާވެފައިވާ ކަމަށާއި ދިހަ އަހަރު ދުވަސްވަންދެން ވާދަނުކުރެވޭނެކަމަށް ޕީޓީއައި އިން ބުނެ އެވެ.

ކުރީގެ ސްޓާ ކްރިކެޓަރަކަށް ބަދަލުވި ސިޔާސީ ބޭފުޅާ ސިޔާސީ މައްސަލަތަކެއްގެ ތެރެއަށް ވަދެވަޑައިގަތުމަށް ފަހު 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓަކާއިއެކު މަގާމުން ވަކިކުރި އެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.