އެމެރިކާ އާއި އިނގިރޭސިން ވަނީ ވައިގެ މަގުން ޔަމަން އާއި ސީރިއާގެ 85 ސަރަޙައްދަކަށް ޙަމަލާދީފައި

ދުނިޔެ

ޔަމަން، އެމެރިކާ އާއި އިނގިރޭސިންގެ ޙަމަލާތަކަށް ރައްދު ދޭނެކަމަށް އީރާނަށް ތާޢީދުކުރާ ޖަމާޢަތްތަކުން ބުނެފި

އަލީ އަޒްޔަން - މެދުއިރުމަތި | 5 ފެބުރުއަރީ 2024 , ހޯމަ 08:22   80

ޔަމަނަށް އެމެރިކާ އާއި އިނގިރޭސިންގެ ވައިގެ ފައުޖުތައް ގުޅިގެން ދީފައިވާ ޙަމަލާތަކަށް ރައްދު ދޭނެކަމަށް އީރާނަށް ތާޢީދުކުރާ އެޤައުމުގެ ޖަމާޢަތްތަކުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ޖޯޑަންގެ ޑްރޯން ހަމަލާގައި ތިން އެމެރިކާ ސިފައިންގެ މީހަކު މަރުވި ކަމަށް އެމެރިކާއިން ބުނެފައިވާއިރު މިހާރު ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތާ ގުޅިގެން ޔަމަނުގައި ތިބި ހޫތީ ޖަމާޢަތަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން އެމެރިކާއިން އަންނަނީ ސީރިއާ އާއި އިރާގުގައި އީރާނުގެ ތާއީދު އޮންނަ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ މީޑިއާއާ ވާހަކަ ދައްކަމުން ސުލިވާން ބުނީ "ހުކުރު ދުވަހު ހިނގި ކަންކަމަކީ އަހަރެމެންގެ ރައްދުގެ ފެށުމެއް ނޫން، ނިމުމެއް ނޫން، އަދި އިތުރު ފިޔަވަޅުތަކެއް އަންނާނެ - ނުފެނުނު ނަމަވެސް ކަންކަން އެބަ ހިނގާ" ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހޫތީ ޖަމާއަތުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް "އަޚްލާގީ، ދީނީ އަދި އިންސާނީ އިމުން" އެމީހުން ފަސްނުޖެހޭނެ ކަމަށް ބުނެ ރައްދު ދިނުމަށް ވައުދުވެފަ އެވެ.

އިސްރާއީލާއި ޣައްޒާގެ ހަނގުރާމައިގެ ރައްދު ދިނުމުގެ ގޮތުން ރަތް ކަނޑުގެ ބޯޓުފަހަރަށް ހޫތީން އަންނަނީ ހަމަލާދީ ދުނިޔޭގެ ވިޔަފާރިއަށް ފުޅާދާއިރާއެއްގައި ބުރޫ އަރުވަމުންނެވެ.

ވޮޝިންޓަން އާއި ލަންޑަނުން ބުނާ ގޮތުގައި މިހާރު ދެމުންދާ ޙަމަލާތަކާއިއެކު އަމާޒަކީ ހޫތީން ފަސްކޮށް، އެމީހުންގެ ގާބިލްކަން ދަށްކުރުންކަމަށެވެ.

ޓެގްސް: އީރާން ސީރިއާ ޔަމަން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.