ސެމްސަންގްގެ ވެރިޔާ ލީ ޖޭ-ޔޮންގް

ވިޔަފާރި

ދެކުނު ކޮރެއާ، ސެމްސަންގްގެ ވެރިޔާ ލީ ޖޭ ޔޮންގްގެ މައްޗަށް އޮޅުވާލައި މާލީ ފައިދާ ނެގި ކަމުގެކުށް ސާބިތެއް ނުވި

ދާނިޝް - ދެކުނު އޭޝިޔާ | 8 ފެބުރުއަރީ 2024 , ބުރާސްފަތި 07:12   80

ސައުތު ކޮރެއާގެ ކޯޓަކުން ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއާމަން ލީ ޖޭ ޔޮންގް 2015 ވަނަ އަހަރު އެއްކޮށްލުމާ ގުޅޭ މާލީ ކުށްތަކުން ބަރީއަވެއްޖެ އެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ ލީގެ މައްޗަށް ހިއްސާގެ އަގު އޮޅުވާލުމާއި އެކައުންޓިން އޮޅުވާލުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ 2015 ވަނަ އަހަރު ސެމްސަންގްއާ ގުޅިފައިވާ ދެ ކުންފުނި ކަމަށްވާ ސެމްސަންގް ސީޓީ އާއި ޗެއިލް އިންޑަސްޓްރީޒް އެއްކޮށްލުމުގެ ޝަރުތުތައް ފަރުމާކޮށްފައި ވަނީ ލީ އަށް އެ ކުންފުނީގެ ބާރު ގަދަކުރެވޭނެ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، އެ އެއްކޮށްލުމަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ކަމެއް ކަން ޕްރޮސެކިއުޝަނުން ސާބިތުކޮށްދީފައި ނުވަނީ ވާރުތަވުމުގެ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައި ކަމަށް ކޯޓުން ބުންޏެވެ.

ޕްރޮސެކިއުޓަރުން ވަނީ މި މައްސަލާގައި ލީގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފަ އެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމެއް އަދި ބުނެފައެއް ނުވެ އެވެ.

ލީ ވަނީ އެކަން ދޮގުކުރައްވައި، އެއްކޮށްލުމަކީ "އާދައިގެ ވިޔަފާރީގެ ހަރަކާތެއް" ގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ޚިޔާނާތަކީ ދެކުނު ކޮރެއާގެ މުޖުތަމައުގައި އެތައް އަހަރެއް ވަންދެން ހަލަބޮލިވަމުން އަންނަ ޚިޔާނާތެކެވެ. 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް 2020 ވަނަ އަހަރު މަރުވި އޭނާގެ ބައްޕަ ލީ ކުން-ހީގެ ކިބައިން ސެމްސަންގް އެމްޕަޔަރުގެ ވާރުތައަށް ލުޔެއް ދިނުމުގެ ގޮތުން ރައީސަށް ރިޝްވަތު ދިން ކަމުގެ ކުށް ލީގެ މައްޗަށް ސާބިތުވީ 2017 ވަނަ އަހަރު އެވެ.

އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ކުރީގެ ރައީސް ޕާކް ގިއުން ހައި އާއި އެކަމަނާގެ އަރިސް ބޭފުޅަކަށް ސަރުކާރުގެ ތާއީދު ހޯއްދެވުމަށް 8.6 ބިލިއަން ވޮން (6.4 މިލިއަން ޑޮލަރު) ގެ ރިޝްވަތު ހުށަހެޅުއްވި ކަމުގެ ކުށުގަ އެވެ. ނަމަވެސް ފަހުން ވަނީ އެ ހުކުމް 30 މަހަށް ކުޑަކޮށް، 2021 ވަނަ އަހަރުގެ މެދުތެރޭގައި އޭނާ ދޫކޮށްލިއެވެ.

ޓެގްސް: ސެމްސުންގ ދެކުނު ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.