ބޮރިސް ނަޑެޒްޑިން

ދުނިޔެ

ބޮރިސް ނަޑެޒްޑިންގެ ބިޑާމެދު ސީއީސީ އިން ޝައްކު އުފައްދައިފި

ދާނިޝް - މެދުއިރުމަތި | 6 ފެބުރުއަރީ 2024 , އަންގާރަ 07:28   62

ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަން (ސީއީސީ) އިން އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕޫޓިންއާ ދެކޮޅަށް ވާދަކުރައްވައި ބޮރިސް ނަޑެޒްއްދީންގެ ބިޑުގައި ބާތިލް ސޮއި ވާކަމުގެ ތުހުމަތު އެ ކޮމިޝަނުން ކޮށްފިއެވެ.

ނަޑެޒްދީން ވިދާޅުވީ، އިންތިޚާބީ ރޭހަށް ވަނުމަށް އޭނާ ހުށަހެޅުއްވި ސޮއިތަކުގެ ތެރެއިން 15 އިންސައްތަ ސޮއި ބާތިލްކަމަށް ސީއީސީއިން ހޯމަ ދުވަހު އެންޓި ވޯރ ކެންޑިޑޭޓަށް އަންގާފައިވާ ކަމަށެވެ. މިއާއި އެކު، އޭނާ އިންތިހާބަށް ނުކުތުމަށް ކުރި މަސައްކަތަށް މިހާރު އެ ކޮމިޝަނަށް ހުރަސް އެޅިދާނެ އެވެ.

ރައީސް ވްލަޑިމިއާ ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މުނިސިޕަލް ކައުންސިލަރު ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކު ރަޝިއާގެ ކުދި އިދިކޮޅު ބާރުތަކުގެ ސަމާލުކަން ހޯދާފަ އެވެ.

ޕުޓިން މަގާމުން ދުރުކުރުމުގެ ފުރުސަތެއް ނެތް ނަމަވެސް، މާޗް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލައްވާނެ ކެނޑިޑޭޓަކަށް ކަމާބެހޭ ފަރާތްތަކުން މަރުހަބާ ނުކިޔާނެ ކަމަށް ބެލެވެ އެވެ.

ކުޑަ ސެންޓަރ ރައިޓް ސިވިކް އިނީޝިއޭޓިވް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ނަޑެއްޒުއްދީން ވަނީ ރަޖިސްޓްރީވުމަށް ބޭނުންވާ އެއްލައްކަ ސޮއި މިދިޔަ ހަފުތާގައި ހުށަހަޅުއްވާފައެވެ.

ނަމަވެސް 5 އިންސައްތައަށްވުރެ ބޮޑު ގޯހެއް ސީއީސީއިން ބަލައެއް ނުގަނެއެވެ.

"ސީއީސީގެ ވޯކިން ގުރޫޕުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އަޅުގަނޑު ހުށަހެޅި ސޮއިތަކުގައި 15 ޕަސެންޓް އުނިކަމެއް ހުރި ކަމަށް ރިޕޯޓްކޮށްފައިވޭ،" ނަޑެޒްއްދީން އޭނާގެ ޓެލެގްރާމް ޗެނަލްގައި ވިދާޅުވި އެވެ.

އެފަދަ ފެންވަރުގެ ބާތިލް ސޮއިތަކެއް ލިބުމަކީ ސީއީސީއަށް އޭނާ ވާދަނުކުރެވޭ ގޮތަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. "ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަނުން އަޅުގަނޑު ރަޖިސްޓްރީ ކުރަން ދެކޮޅު ހަދައިފިނަމަ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަން،" ނަޑެޒްދީން ވިދާޅުވި އެވެ.

ނަޑެއްޒީންގެ ތަރުޖަމާނު ވިދާޅުވީ މި މައްސަލާގައި ސީއީސީގެ އެންމެ ފަހުގެ ނިންމުން އަންނަ ބުދަ ދުވަހު އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވެރިކަން ކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕުޓިން ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށާއި އޭގެ މާނައަކީ ޕުޓިންގެ ކެންޑިޑެސީ އަށް ތާއީދު ކުރުމަށް ތިން ލައްކަ މީހުންގެ ސޮއި ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް 3.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯއްދަވާފައިވާ ކަމަށް އޭނާގެ ސަޕޯޓަރުން ބުނެ އެވެ.

ރަޝިއާގެ ވެރިކަން މަދުވެގެން އިތުރު ހަ އަހަރަށް ދިގުދަންމާލުމަށް ޕޫޓިން އަލުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ގާތްގަނޑަކަށް ޔަގީން ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލުކުރެވެ.

އުމުރުން 60 އަހަރުގެ ނަޑޭޒްދީން މިދިޔަ ހުކުރު ދުވަހު ކުރި ބިޑުގެ ސައްހަކަމާ މެދު އޮފިޝަލުން ވަނީ މީގެ ކުރިން ވެސް ޝައްކު އުފައްދައިފަ އެވެ. "އަޅުގަނޑުމެންނަށް މިހާރު މި ބިމުގައި ނެތް އެތައް ބަޔަކު ފެނި، އެމީހުން ސިގްނޭޗާއެއް އެޅުމުން، އޭގެ ސަބަބުން ބޭނުންކުރަމުންދާ އަޚްލާޤީ މިންގަނޑުތަކާ މެދު ސުވާލު އުފެދޭ ... އޭގެ ތެރޭގައި އެތަކެތި އެއްކުރާ މީހާ ވެސް ހިމެނޭ،" ސީއީސީގެ ޑެޕިއުޓީ ޗެއާމަން ނިކޮލޭ ބުލަޔޭވް ވިދާޅުވި އެވެ.

އެކަމަކު ނަޑޭޒްދީންގެ ކެމްޕޭނުން ރައްޔިތުންގެ ސަމާލުކަން ހޯދާފައިވަނީ ކްރެމްލިން އިން ޔޫކްރޭންގައި ހިންގާ “ޚާއްޞަ އަސްކަރީ އޮޕަރޭޝަން” އަށް އޭނާ ވަރަށް ބޮޑަށް ދެކޮޅު ހެދުމުންނެވެ.

ސޯވިއެޓް ވެރިކަންކުރާ އުޒްބެކިސްތާނަށް އުފަން ނަޑެޒްދީން ވަނީ މިދިޔަ 30 އަހަރު ރަޝިޔާގެ ސިޔާސީ މައިދާނުގައި މޮސްކޯގެ ބޭރުގައި އޮންނަ ޑޮލްގޮޕްރޫޑްނީ ޓައުންގައި ކައުންސިލަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޕޫޓިންގެ 24 އަހަރުގެ ވެރިކަމުގައި ހަގީގީ އިންތިޚާބީ އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީފައިވާއިރު، އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ފަދަ ވާދަވެރިން ޖަލުގައި ތިއްބަވަ އެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.