ބަކިންގހަމް ޕެލެސް އިން ބުނެފައިވަނީ ރަސްގެފާނުގެ ޕްރޮސްޓޭޓް މާބޮޮޑަށް ދުލަވެފައިވާކަމަށް، އެކަމަކު...

ދުނިޔެ

އިނގިރޭސިވިލާތް: ރަސްގެފާނު ޗާލްސް ކެންސަރަށް ފަރުވާ ހޯއްދަވަން ފައްޓަވައިފި

އަލީ އަޒްޔަން - ޔޫރަޕް | 6 ފެބުރުއަރީ 2024 , އަންގާރަ 10:39   520

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ހުންނެވި ކުރީގެ ޕްރިންސް ޗާލްސް (75އ) ކެންސަރަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބަކިންގހަމް ޕެލެސް އާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވަނީ ޗާލްސްއަށް ދިމާވެފައިވަނީ ސީދާ ކޮން ވައްތަރެއްގެ ކެންސަރެއްކަން ހާމަކޮށްފައި ނުވިނަމަވެސް، ޕްރޮސްޓޭޓް އާދަޔާއި ޚިލާފަށް ބޮޑުވެ، މައްސަލަތަކެއް ދިމާވެފައިވާކަން ކަށަވަރުކޮށްދިފައިވެއެވެ.

ފަރުވާދޭން ފަށާފައިވަނީ ހޯމަދުވަހުން ފެށިގެންނެވެ. އަދި ފަރުވާގެ މުއްދަތު ނިމެންދެން ޢާއްމުކޮށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވާނެެއެވެ.

ޗާލްސް އަކީ ކުރީގެ މަޝްހޫރު ޕްރިސެސް ޑަޔާނާގެ ފިރިކަލުންނެވެ. ދެ ބޭފުޅުންނަށް ދެ ދަރިކަލުން ލިބިފައިވެއެެވެ.

މަޢްލޫމާތު ލިބޭގޮތުގައި ޗާލްސް އާއި ދެބެއިންގެ މެދުގައި ވެސް ރަނގަޅު ގުޅުމެއް އޮވެއެވެ. އަދި ބަލީގެ މަޢްލޫމާތު ދެއްވާފައިވަނީ ޗާލްސް އަމއިްލަފުޅަށެވެ.

ޗާލްސް ތަޚްތަށް އިސްކުރެވުނީ ކުއީން އެލިޒަބަތް ދުނިޔެ ދޫކުރެއްވުމާއި ގުޅިގެންނެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.