މަސްމަޜުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި މަސްތަކެއް، މަސްވެރިންނަށް ދޭންޖެހޭ ދަރަނި 300 މިލިއަނަށްވުރެ ކުރީގައި

ހަބަރު

މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު 25ރ. އިން 20ރ. އަށް ތިރިކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ފެބުރުއަރީ 2024 , ހޯމަ 09:03   595

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު 25ރ. އިން 20ރ. އަށް ތިރިކޮށްފިއެވެ.

މިކަން ފިޝަރީސް މިނިސްޓްރީގެ އިތުރުން މިފްކޯއިން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

25ރ. އަށް މަސް ކިލޯއެއްގެ އަގު ހަދާފައިވަނީ ނިމިދިޔަ ރިޔާސީ ކެމްޕޭންގެ ދުވަސްވަރު އޭރުގެ ސަރުކާރުންނެވެ. އޭރު ސަރުކާރުން ބުނީ ޔޫރަޕުން މަހަށް ނަގާ ޑިއުޓީ ކުޑަވުމާއި ގުޅިގެން މަހުގެ އަގު ރަނގަޅުކުރުމުގެ ޖާގަ އެބައޮތްކަމަށެވެ.

މިހާރުގެ ސަރުކާރުން ވެސް ބުނެފައިވަނީ އެފަދަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

ނަމަވެސް، ފިޝަރީސް މިނިސްޓްރީ އިން ބުނީ ކުރީ ސަރުކާރުން އެބުނި ގޮތަށް ޑިއުޓީގެ އަގަށް ބަދަލު އައިސްފައި ނުވާކަމަށެވެ.

"ފައިސާ ނުދެވިގެން އުޅެނީ މިކަމާއިހެދި. މަސްވެރިން އެބަ ބޭނުންވޭ ފައިސާކޮޅު. މަހުގެ އަގު ދަށްކުރުން ނޫންގޮތެއް ނެތް. އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާ އެބަ ގެއްލުންވޭ ކުންފުންޏަށް." މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނި މިފްކޯއިން 300 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޭންޖެހޭ ދަރަނީގެ ގޮތުގައި އެބައޮތެވެ. ކިރާ މަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކުރީ ސަރުކާރުގައި ވެސް އޮތެވެ. އޭރު ދަރަނީގެ ގޮތުގައި އޮތީ 150 މިލިއަނެއްހާ ރުފިޔާއެވެ.

މިލިޔުމާއި ގުޅޭ:

ކިރާ މަސްކޮޅަށް ލާރި ނުލިބޭ މައްސަލަ ބޮޑުވެއްޖެ، މަސްވެރިނަށް ލިބެންޖެހޭ ފައިސާ 300 މިލިއަނާއި ގާތަށް

މަސްވެރިންގެ ދުވަސް، މަހުގެ އަގު 20ރ އަށްވުރެ ދަށްނުކުރާނެކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް މިފްކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.