އިންޑިއާގެ ބޮޑުވަޒީރު މޮދީ ޤަޠަރުގެ އަމީރު އާއިއެކު | އެމީހުންނަށް މަރުގެ ޙުކުމް އިއްވީ އިޒްރޭލަށް ޖާސޫސްކޮށްދިންކަމުގެ ތުހުމަތުގައި

ދުނިޔެ

ޤަޠަރު: ކުރިން މަރުގެ ޙުކުމް އިއްވި 8 އިންޑިއާ މީހުން މިނިވަންކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 12 ފެބުރުއަރީ 2024 , ހޯމަ 09:31   347

އިސްރާއީލަށް ޖާސޫސު ކުރުމުގެ ކުށުގައި މިދިޔަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ އިންޑިއާގެ ކުރީގެ ނޭވަލް އޮފިސަރުންތަކެއް، ގަތަރުން ދޫކޮށްލާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ނަރެންދުރަ މޯދީގެ ސަރުކާރުން ބުނީ އެ 8 މީހުން ދޫކޮށްލުމުން މަރުހަބާ ކިޔާ ކަމަށާއި އެ 8 މީހުންގެ ތެރެއިން ހަތް މީހަކު މިހާރު އެނބުރި އިންޑިއާ އަށް އައިސްފައިވާ ކަމަށެވެ.

"މި ރައްޔިތުން ދޫކޮށްލުމާއި ގެއަށް އައުމަށް މަގުފަހިކޮށްދިނުމަށް ގަތަރުގެ އަމީރު ނިންމި ނިންމުން އަޅުގަނޑުމެން ފާހަގަކުރަން،" އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރުނު ބަޔާނެއްގައިވެ އެވެ.

ދޯހާގައި ހުންނަ ޑިފެންސް ސާވިސަސް ކުންފުންޏެއް ކަމަށްވާ ދަހްރާ ގްލޯބަލްގައި މަސައްކަތް ކުރަމުން އައި މި މީހުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކޮށް އެކަހެރިކޮށް ބަހައްޓާފައިވެ އެވެ. އެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެމީހުން ދޫކޮށްލީ އިންޑިއާގެ އޮފިޝަލުންނާއި އެމީހުންގެ ގަތަރުގެ ގައުމުތަކާ ދެމެދު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅިގެންނެވެ. ޑިސެމްބަރު މަހު ގަތަރުން މަރުގެ ހުކުމްތައް ބާތިލް ކުރި ނަމަވެސް އެ މީހުން ވަނީ ބަންދުގައި ބަހައްޓާފަ އެވެ.

ގަތަރުން ވެސް އިންޑިއާ އިން ވެސް އެމީހުންގެ މައްޗަށް ސާބިތުވި ދައުވާގެ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް އެ މައްސަލައާ ބެހޭ މައުލޫމާތު ދިން މީހަކު ވަނީ އޮކްޓޯބަރު މަހު އެކަމާއި ބެހޭގޮތުން މީޑިއާތަކުގައި ވާހަކަދައްކާފައެވެ.

ގަތަރުން މަރުގެ އަދަބު ތަންފީޒު ކުރަނީ މަދުންނެވެ. ގަލްފް ސްޓޭޓްގައި އެންމެ ފަހުން މަރުގެ އަދަބު ދީފައިވަނީ 2020 ވަނަ އަހަރު އެވެ.

ޓެގްސް: އިޒްރޭލް ޤަތަރު މަރުގެ ޙުކުމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.