އެލް ނީނޯ، މޫސުމަށް އަންނަ ބަދަލުތަކުން ކޮކޯ އުފެއްދުމަށް ގޮންޖެހުމާއި ވަނީ ކުރިމަތިލާންޖެހިފައި

ވިޔަފާރި

ދުނިޔޭގެ ބާޒާރުގެ ޗޮކްލެޓްގެ އަގު ރިކޯޑް މިންވަރަކަށް އުފުލިއްޖެ

އަލީ އަޒްޔަން - ދުނިޔެ | 12 ފެބުރުއަރީ 2024 , ހޯމަ 09:59   630

ހުޅަނގު އެފްރިކާގެ ހިކި މޫސުމުގެ ސަބަބުން ދަނޑުވެރިކަމުގެ ބާވަތްތަކަށް އަސަރުކޮށް، ދުނިޔޭގެ ބާޒާރުގައި ކޮކޯގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.

ނިއުޔޯކުގެ ތަކެތީގެ ބާޒާރުގައި ކޮކޯގެ އަގު ބުރާސްފަތި ދުވަހު ވަނީ ޓަނެއްގެ އަގު 5،874 ޑޮލަރު (4،655 ޕައުންޑް) އަށް އަރާފަ އެވެ.

ޗޮކްލެޓް އުފެއްދުމުގެ މުހިއްމު މާއްދާއެއް ކަމަށްވާ ކޮކޯ ގެ އަގު މިހާރު ވަނީ މިދިޔަ އަހަރު ފެށުނު ފަހުން ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފަ އެވެ.

ކޮކޯގެ އަގު އުފުލިގެން ދިއުމުން މިހާރުވެސް ބޮޑެތި ޗޮކްލެޓް އުފައްދާ ކުންފުނިތައް ވަނީ ފިތިފައެވެ.

ބުރާސްފަތި ދުވަހު ދުނިޔޭގެ އެންމެ ބޮޑު އެއް ޗޮކްލެޓް އުފައްދާ ކުންފުނި ހަރޝީ އިން އިންޒާރު ދިނީ "ކޮކޯގެ އަގުތަކުގެ ތާރީޚި މިންވަރަކަށް އުފުލި ގިނަ ކަންކަމަށް އަސަރުކުރާނެކަމަށް."

މިދިޔަ މަހު ކެޑްބަރީ ބްރޭންޑްގެ ފަހަތުގައި އޮންނަ ކުންފުނި މޮންޑެލެޒް އިން ވަނީ ކުރިއަށް އޮތް އަހަރު ކުރިމަތިވާނެ އިތުރު އެއް ގޮންޖެހުން ފާހަގަކޮށްފައިވެ އެވެ.

ޗީފް ފައިނޭންޝަލް އޮފިސަރު ލޫކާ ޒަރަމެލާ ވިދާޅުވީ އެ ފަރުމާއަށް "ކޮކޯ އާއި ހަކުރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ" ކަމަށެވެ.

ޑިސެމްބަރު މަހު އިނގިރޭސިވިލާތުގެ ކޮންސިއުމަރ ގްރޫޕް ވިޗް ބުނީ ބައެއް ފޭސްޓިވް ޗޮކްލެޓް ފޮށިތަކުގެ އަގު އަހަރެއްހާ ދުވަހުގެ ތެރޭގައި މަދުވެގެން %50 މައްޗަށް ގޮސްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސުޕަމާކެޓްތަކުގެ ކާބޯތަކެއްޗާއި ބުއިންތަކުގެ ޖުމްލަ އިންފްލޭޝަން ނޮވެމްބަރު މަހު %8.3 އަށް ދަށްވިއިރު، ޗޮކްލެޓްގެ އަގު ބޮޑުވެފައިވަނީ %15.3 އަށެވެ.

ކޮކޯގެ އަގު އުފުލިފައިވަނީ ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް އުފައްދާ ހުޅަނގު އެފްރިކާގައި ދަނޑުވެރިކަން ދަށްވުމުންނެވެ.

އެލް ނީނޯގެ މޫސުމުގެ ހާދިސާގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ކޮކޯ ބިސް އުފައްދާ ދެ ގައުމު ކަމަށްވާ ގާނާ އާއި އައިވަރީ ކޯސްޓުގެ މޫސުން މާ ބޮޑަށް ޑްރައިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނުމިން މަތިވުމާތި، ވާރޭވެހުމުގެ މިންގަނޑުތައް ބަދަލުވުމަކީ ވެސް ދަނޑުވެރިކަމުގެ ބާވަތްތަކަށް އަސަރުކުރާނެ ކަމެކެވެ.

ޓެގްސް: ދުނިޔެ ހޫނުވުން ޗޮކްލެޓް ދުނިޔޭގެ ބާޒާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.