ޕަންޖާބު-ހަރްޔާނާ ބޯޑަރު ކައިރިން ނިއު ދިއްލީއަށް ހިނގާފައި ދިޔަ މުޒާހަރާގެ ދަނޑުވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ކަރުނަ ގޭސް ޖެހުމުން ދަނޑުވެރިން ކަވަރުކުރަން ދުވަނީ

ދުނިޔެ

އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަމުން ދިޔަ ދަނޑުވެރިންގެ މުޒާހަރާގައި އިންޑިއާގެ ފުލުހުން ކަރުނަ ގޭސް ޖަހައިފި

ދާނިޝް - އިންޑިއާ | 15 ފެބުރުއަރީ 2024 , ބުރާސްފަތި 07:55   397

ސަރުކާރާ އެކު ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް މުޒާހަރާ ކުރަމުންދާ އެތައް ހާސް ދަނޑުވެރިންނެއް ހުއްޓުވުމުގެ ގޮތުން އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ޖަހައިފި އެވެ.

ޓްރެކްޓަރުތަކާއި ޓްރަކްތަކުގައި އެތައް ހާސް ދަނޑުވެރިންނެއް މުޒާހަރާ ކުރަމުން މިދަނީ އެމީހުންގެ އުފެއްދުންތަކަށް ގެރެންޓީ ދޭ އަގުތަކާއި ދަރަނި މައާފުކުރުން ފަދަ ޑިމާންޑްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ބާރު އެޅުމަށެވެ.

މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ސަމިއުކްތާ ކިސާން މޯރްޗާ (އެސްކޭއެމް) އާއި ކިސާން މަޖްދަރު މޯރްޗާ (ކޭއެމްއެމް) އަދި ކިސާން މަޖްދުރު ސަންގްރާޝް ކޮމިޓީ އެވެ. އިންތިޒާމުކުރާ ފަރާތްތަކުން ބުނީ މާޗް ޓު ދިއްލީއަށް ހިނގާލުމުގައި 200 އަށް ވުރެ ގިނަ ދަނޑުވެރިންގެ ޔޫނިއަނުން ބައިވެރިވާ ކަމަށެވެ.

2020-2021 ވަނަ އަހަރުގެ މުޒާހަރާތަކުގައި ވެސް އެސްކޭއެމުން އިސް ދައުރެއް އަދާކުރި އިރު، ދަނޑުވެރިންގެ ޚަރަދުގައި ކޯޕަރޭޝަންތަކަށް ފައިދާވާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑުވެރިކަމުގެ ތިން ގާނޫނެއް އުވާލަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަޖުބޫރުވި އެވެ. އޭގެ ފަހުން މޯދީގެ ސަރުކާރުން ދަނޑުވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އޭގެ ތެރޭގައި އާމްދަނީ ދެގުނަ އަށް އިތުރުކުރުން ހިމެނޭ ކަމަށް ދަނޑުވެރިން ދަނީ ތުހުމަތު ކުރަމުންނެވެ.

އިންޑިއާގެ ވެރިރަށުގެ އުތުރުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ އަމްބާލާ ކައިރީގައި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތުގައި ގިނަ އަދަދަކަށް ކަރުނަ ގޭސް ބޭނުންކޮށް ފައިވާ ކަމަށް އެ ގަމުއުމުގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެހެންމެ ފުލުހުން ވަނީ ނިއު ދިއްލީއަށް އެތެރެއިވާ ގިނަ ތަންތަން ބަންދުކޮށް، ކަރަންޓު އަދި ބާރބްޑް ވައިރު ތަކާއި ސްޕައިކް އަދި ސިމެންތި ބްލޮކްތަކުގެ ހުރަސްތައް އަޅައިފައެވެ. އަދި އަވަށްޓެރި ހަރްޔާނާ ސްޓޭޓުގެ ބައެއް ޑިސްޓްރިކްޓްތަކުގައި ވެރިރަށުގައި ގިނަ ބަޔަކު އެއްވެ އުޅުން މަނާކޮށް އިންޓަނެޓްގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

"އެއްވެސް ބެރިކޭޑެއް ފަޅާލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރަން. އެކަމަކު އެމީހުން [ސަރުކާރުން] އެއްވެސް ކަމެއް ނުކުރާނަމަ އަޅުގަނޑުމެން ކުރާނީ ކީއްހެއްޔެވެ؟ " މުޒާހަރާގައި ބައިވެރިވި ދަނޑުވެރިންގެ އެއް ޖަމާއަތުގެ ލީޑަރު ސަރްވާން ސިންގް ޕަންދަރް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޔޫނިއަންގެ ލީޑަރުންނާއި ސަރުކާރުގެ ވަޒީރުންގެ މެދުގައި ހޯމަ ދުވަހު ކުރެވުނު މަޝްވަރާތަކުގައި ދަނޑުވެރިންގެ މައިގަނޑު ޑިމާންޑްތަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، އޭގެ ތެރޭގައި ބޮޑު ތާއީދާއި، އެމީހުންގެ އުފެއްދުންތަކަށް ގެރެންޓީ ދީފައިވާ އަގުތަކާއި، ލޯނުތަކަށް މައާފް ދިނުމާއި، އެހެނިހެން ލުއިތަކެއް ދިނުން ހިމެނެއެވެ.

ޕަންދަރް ވިދާޅުވީ މީގެ ތިން އަހަރު ކުރިން ދަނޑުވެރިންގެ އާމްދަނީ ދެގުނަ ކުރާނެ ކަމަށް ވައުދުވި ސަރުކާރުން ޑިމާންޑްތަކާ މެދު ގޮތެއް ނިންމަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އިންޑިޔާގެ ދަނޑުވެރިންގެ ޢަދަދު ބޮޑުކަމުން އެޤައުމުގެ ދަނޑުވެރިންގެ ސިޔާސީ ހަލަބޮލިކަން ބޮޑެވެ. އަދި މި މުޒާހަރާތަކުގެ އަސަރު އަންނަ އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބަށް ކުރާނެ ކަމަށް ލަފައަ ކުރެވެއެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.