މުބާރާތުގައި ބައިވެރިވާ ސްކޫލެއްގެ ދަރިވަރުންތަކެއް، މިރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަނީ...

ހަބަރު

ހަވާއެރުވުމާއިއެކު އެތުލެޓިކްސް މުބާރާތުގެ ވަނަ ދިނުމާއި ޓްރޮފީއެރުވުން މިރޭ އައްޑޫސިޓީގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 ފެބުރުއަރީ 2024 , ހުކުރު 09:23   1597

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައްޑޫސިޓީގައި ކުރިއަށް ގެންދާ ސްކޫލްތަކުގެ އެތްލެޓިކްސް މުބާރާތުގެ ވަނަ ދިނުމާއި ޓްރޮފީ އެރުވުން މިރޭ ކުލަގަދަ ގޮތަކަށް ފާހަގަ ކުރާނެކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން އައްޑޫސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މިރޭގެ ރަސްމިއްޔާތުގެ ޚާއްޞަކަމެއްގެ ގޮތުގައި ހަވާ އެރުވުން އޮންނާނެކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި މިރޭ 10.45 ގައެވެ.

އޭގެ ކުރިން، އައްޑޫގެ ސްކޫލްތަކުން ހުށަހަޅައިދޭ ފަރި ޙަރަކާތްތަކާއިއެކު، އެތްލީޓުންނަށް ޓްރޮފީ އާއި މެޑަލް، އަދި ސެޓްފިކެސްތައް ޙަވާލުކުރުން އޮންނާނެކަމަށް ވެސް އައްޑޫސިޓީ ކައުންސިލުން މަޢްލޫމާތު ދެއްވައެވެ.

މިރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނަކީ އައްޑޫސިޓީ ހިތަދޫ އަށް ނިސްބަތްވެ ވަޑައިގަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އަސްލަމްގެ އިތުރުން ކަމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް، އެތްލެޓިކްސް އެސޯސިއޭޝަންގެ ނައިބްރައީސް އަހުމަދު ނާޒިލް، ކުޅިވަރާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒު، ތަޢުލީމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު، ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢިލް ރަފީގް، ތިނަދޫ ސިޓީ މޭޔަރ ސައުދު ޢަލީ، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފާތިޙް، އަދި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީންގެ އިތުރުން އިތުރު ބައެއް ވުޒާރާތަކުގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ކައުންސިލްތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖުމްލަ 800 އަށްވުރެ ގިނަ އެތްލީޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މި މުބާރާތާއިއެކު ގިނަ އެތްލީޓުންތަކެއް ވަނީ މީޓް ރެކޯ ހަދާފައިކަމަށް އެލެޓިކްސް އެސޯސިއޭޝަނުން މަޢްލުމާތު ދެއްވައެވެ.

މިލިޔުމާއި ގުޅޭ:

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް: އެހެން ސަރަޙައްދުތަކުން ބައިވެރިވާ ޓީމުތަކަށް އައްޑޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

ކުލަގަދަ ރަސްމިއްޔާތަކާއި އެކު އިންޓަ ސްކޫލް އެތްލެޓިކްސް މީޓް 2024 އައްޑޫސިޓީގައި ފަށައިފި

މުބާރާތުގެ ތީމް ލަވަ

ޓެގްސް: އެތްލެޓިކްސް އެތްލެޓިކްސް އެސޯސިއޭޝަން އައްޑޫ އައްޑޫ ސިޓީ ކައުންސިލް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.