ކިމްޖޮން އުންގ ޕުޓިން އާއި ސަލާމްކުރައްވަނީ

ދުނިޔެ

ނ.ކޮރެއާ: ޕުޓިން ރަޙްމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ކިމް އަށް ކާރެއް ހަދިޔާކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 20 ފެބުރުއަރީ 2024 , އަންގާރަ 09:28   437

ރަޝިއާގެ ރައީސް ވްލާޑްމީރް ޕުޓިން އެކުވެރިޔާ ނޯތް ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުން އަށް ހަދިޔާގެ ގޮތުގައި ކާރެއް އަރުވައިފިއެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ނޯތް ކޮރެއާގެ ސްޓޭޓް މީޑިއާ އިން ބުނެފިއެވެ.

ކިމްގެ އަމިއްލަ ބޭނުންތަކަށް ރަޝިޔާއިން އުފައްދާފައިވާ ކާރު އާދީއްތަ ދުވަހު ރަޝިޔާގެ ވަފުދަކުން ގެނެސްދީފައިވާ ކަމަށް ކޮރެއާގެ ދައުލަތުގެ މަރުކަޒީ ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައިވެއެވެ.

ކިމްގެ ކޮއްކޮ – އަދި ޕިއޮންޔަންގްގެ އިސް އޮފިޝަލް – ކިމް ޔޯ ޖޮންގް ވަނީ އޭނާގެ ބޭބެގެ ފަރާތުން ޕޫޓިންއަށް ޝުކުރު އަދާކުރައްވާފައެވެ. ވިދާޅުވީ "މި ހަދިޔާއަކީ (އުތުރު ކޮރެއާ) އާއި ރަޝިޔާގެ މަތީ ލީޑަރުންނާ ދެމެދު އޮންނަ ހާއްސަ ޒާތީ ގުޅުންތައް ސާފުކޮށް ދައްކުވައިދޭ ހަދިޔާއެއް" ކަމަށެވެ .

އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު އާ ގިންތިއަކަށް ސްޓްރެޓެޖިކް ޕާޓްނަޝިޕެއްގެ ގޮތުގައި ފެންނަ ދިގު މުއްދަތުގެ ނަތީޖާތަކާ މެދު އެމެރިކާގެ ޖާސޫސީ އޮފިޝަލުން ކަންބޮޑުވުން އިތުރުވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން ފޯރުކޮށްދޭ ކުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ފާއިތުވި ހަފްތާތަކުގައި ރަޝިޔާއިން ވަނީ ޔޫކްރޭންގެ އަމާޒުވާގޮތަށް ތަކުރާރުކޮށް ބަހައްޓާފައެވެ. މީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ބިރުގަންނަނީ ރަޝިޔާއާ އެކު އޮންނަ ވަރުގަދަ ގުޅުން ބޭނުންކޮށްގެން ޗައިނާގެ ނުފޫޒު ލުއިކޮށް، ޕިއޮންގްޔަންގްގެ ނިއުކްލިއާ ޓެސްޓިން ޕްރޮގްރާމްގެ އިތުރަށް ވަރުގަދަ ކޮށްފާނެތީއެވެ.

މިއީ އ.ދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅާއި ޚިލާފުކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކާރުގެ އަގު 1 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް ވްލާޑްމީރް ޕުޓިން ނޯތް ކޮރެއާ ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.