ސެނެގާލްގެ ރައީސް، ޗައިނާގެ ރައީސް ޝީ އާއި ސަލާންކުރައްވަމުން ފޮޓޯއަކަށް ހުއްޓިވަޑައިގެން

ދުނިޔެ

ސެނެގާލްގެ ރައީސް އެޕްރިލްމަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެއްޖެ

އަލީ އަޒްޔަން - އެފްރުކާ | 24 ފެބުރުއަރީ 2024 , ހޮނިހިރު 10:01   291

ސެނެގާލްގެ ރައީސް އެޕްރިލްމަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ސެނެގާލްގެ ރައީސް މެކީ ސަލް 2 އޭޕްރީލްގައި އޭނާގެ ދައުރު ނިމޭއިރު މަގާމުން ވަކިވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އިންތިހާބުގެ ތާރީހަކާ ގުޅިގެން ސާފުނުވާކަންކަން އަދިވެސް އެބަހުއްޓެވެ.

ފުރަތަމަ އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ވޯޓު ޑިސެމްބަރު މަހުގެ މެދުތެރެއަށް ލަސްކުރަން އޭނާ ދާދިފަހުން ނިންމެވުމުން ނުރައްކާތެރި މުޒާހަރާތައް ވަނީ ފަށާފައެވެ.

އެޤައުމުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސަލް ވިދާޅުވީ އިންތިޚާބުގެ ތާރީހެއް މިހާރު ނިންމާނީ ހޯމަ ދުވަހު ފެށޭ ސިޔާސީ މަޝްވަރާތަކުގައި ކަމަށެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާގައި ބައިވެރިވާން ދެކޮޅު ހަދާފައެވެ. މިއާއިއެކު ހަލަބޮލިކަން ވަނީ އެޤައުމުގައި ފެތުރިފައެވެ.

ރިޔާސީ އިންތިހާބުގެ 19 އުންމީދީ ބައިވެރިންގެ ތެރެއިން 16 މެންބަރުން ވަނީ ރައީސް ވިދާޅުވި ގޮތުގައި "ގައުމީ މަޝްވަރާ" އަށް ހާޒިރު ނުވާނެ ކަމަށް ބުނެފަ އެވެ. އަދި ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކުން ވެސް ވަނީ މި ތަމްރީނުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

ވޯޓުލުން ލަސްކުރުމަށް އޭނާ ނެރުނު އަމުރަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސަލް ވިދާޅުވީ 2 އޭޕްރީލްގައި މަގާމުން ވަކިވާއިރު އާ ރައީސްއަކަށް ވޯޓު ދިނުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާކަމަށެވެ. ވިދާޅުވީ މިގޮތަށް ވާނަމަ ވާންވީ ގޮތެއް ނިންމާނީ ޑައިލޮގް ފޯރަމްގައި ކަމަށެވެ.

ސެނެގާލްގެ ދުސްތޫރީ މަޖިލީހުން އިންތިހާބު ފަސްކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ނިންމި ފަހުން މިހާރު ވެސް ރައީސްއާ ދެކޮޅު ދިހަވަރަކަށް މީހުން ވަނީ މިނިވަންވެފަ އެވެ.

އެކަމަކު ރައީސް އިންތިހާބުގެ އާ ތާރީހެއް ކަނޑައަޅާފައި ނުވުމުން މިއީ ހަމައެކަނި ކަންކަން ހުއްޓުމަކަށް ގެނައުމުގެ އުކުޅެއް ކަމަށް އޭނާއަށް ފާޑުކިޔާ މީހުންގެ ޝައްކު ކުރެއެވެ.

ރައީސް ސާލް ވަނީ ސެނެގާލްގެ ލީޑަރުގެ މަގާމުގައި ދެ ދައުރެއް އަދާކުރައްވާފައި ކަމަށާއި 2012 ވަނަ އަހަރު ފުރަތަމަ އިންތިހާބު ކުރެއްވިއިރު ވަނީ ގިނަ ދުވަހު ނުހުންނެވުމަށް ވައުދުވެވަޑައިގެންފަ އެވެ.

މިހާތަނަށް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ނަން އަނބުރާ ގެންދަވާނެކަމުގެ އިޝާރާތެއް ލިބިފައި ނުވެއެވެ.

ޓެގްސް: ސެނެގާލް ދެކުނު އެފްރިކާ އެފްރިކާ ބައްރު ޤައުމުތަކުގެ އިސް ވެރިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.