އެންވީޑިއާ ވެގެންގޮސްފައިވަނީ ދުނިޔޭގެ 5 ވަނައަށް އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައި

ޓެކްނޯލޮޖީ

ޓެކް: އެންވީޑިއާ ކުންފުނީގެ އާ އޭއި ޗިޕާއިއެކު ކުންފުނީގެ އަގު 2 ޓްލިއަން ޑޮލަރަށް އަރައިފި

އަލީ އަޒްޔަން - ދުނިޔެ | 24 ފެބުރުއަރީ 2024 , ހޮނިހިރު 14:10   629

ކޮމްޕިއުޓާރ ޗިޕް އުފައްދާ ކުންފުނި، އެންވީޑިއާ އިން ތަޢާރަފްކޮށްފައިވާ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނޭ ޗިޕާއިއެކު އެ ކުންފުނީގެ އަގު 2 ޓްލިއަން ޑޮލަރަށް އަރައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެންވީޑިއާގެ މާކެޓް ވެލިއު 2 ޓްރިލިއަން ޑޮލަރު (1.58 ޓްރިލިއަން ޕައުންޑް) އަށް އަރާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ އަގުހުރި ކުންފުނިތަކުގެ ރޭންކަށް ޗިޕް އުފައްދާ ކުންފުނި ހަލުވިކަމާއެކު ކުރިއަރާފައިވާ އާ މައިލްސްޓޯނެކެވެ.

ސިލިކަން ވެލީގައި އެކުންފުނީގެ ހިއްސާ %4 އަށް ވުރެ މައްޗަށް ހުކުރުދުވަހު ގޮސްފައިވެއެވެ.

އެ ކުންފުންޏަށް ފައިދާ ލިބެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ލިބިފައިވާ ކުރިއެރުންތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ޗިޕްތަކަށް ޑިމާންޑް ބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ވިޔަފާރި ދެގުނައަށް ވުރެ އިތުރުވެ 60 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބޮސް ޖެންސެން ހޫއަންގް މި ހަފްތާގައި އިންވެސްޓަރުންނަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމާންޑް "އިތުރު" ވަމުންދާކަމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެއް ޓްރިލިއަން ޑޮލަރަށް އެރި މި ކުންފުނި މިހާރު އޮތީ މައިކްރޮސޮފްޓް، އެޕަލް އަދި ސައުދީ އަރަމްކޯގެ ފަހަތުން ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އަގުހުރި ޕަބްލިކް ޓްރޭޑް ކުންފުނީގެ ގޮތުގަ އެވެ. މިހާރު ކުންފުނީގެ އަގު ހުރީ 2 ޓްރިލިއަން ޑޮލަރުގައެވެ.

1993 ވަނަ އަހަރު އުފެދުނު އެންވީޑިއާ ފުރަތަމަ މަޝްހޫރުވެފައިވަނީ ޚާއްސަކޮށް ކޮމްޕިއުޓަރ ގޭމްތަކަށް ގްރެފިކްސް ޕްރޮސެސްކުރާ ކޮމްޕިއުޓަރ ޗިޕްތަކުގެ ބާވަތެވެ.

އޭއައި އިންގިލާބުގެ ވަރަށް ކުރިން އެ ކުންފުނިން ވަނީ މެޝިން ލާނިން އަށް އެހީތެރިވެދޭ ކަމަށް ބުނާ ފީޗާސްތަކެއް ޗިޕްތަކަށް އިތުރު ކުރަން ފަށާފައި ކަމަށާއި އެއީ މާކެޓް ހިއްސާ ހޯދުމަށް އެހީތެރިވެދިން އިންވެސްޓްމަންޓްތަކެއް ކަމަށެވެ.

މިހާރު އެއީ ވިޔަފާރީގެ ދުނިޔޭގައި އެއައި އިން ޕަވަރޑް ޓެކް ފެތުރެމުންދާ މިންވަރު ބަލަންޖެހޭ މުހިއްމު ކުންފުންޏެއްގެ ގޮތުގައި ދެކެވޭ ކުންފުންޏެކެވެ.

މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ހިއްސާގެ އަގު ތިންގުނައަށް ވުރެ އިތުރުވެފައިވާއިރު، ހުކުރު ދުވަހުގެ ކޮންމެ ހިއްސާއެއްގެ އަގު ގާތްގަނޑަކަށް 800 ޑޮލަރަށް އަރާފައިވެ އެވެ.

ޓެގްސް: އޭއައި ސްޓޮކްމާކެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.