ޔަމަނުގެ ސަނާގައި ޔުނިވާސިޓީގެ ދަރިވަރުން ތަކެއް

ދުނިޔެ

ޔަމަންގައި ހޫތީން ދިރިއުޅޭ ތަންތަނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބޮން އަޅައިފި

ދާނިޝް - މެދުއިރުމަތި | 26 ފެބުރުއަރީ 2024 , ހޯމަ 08:32   289

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނާއި ދެކޮޅަށް ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތުން ރަތް ކަނޑުގެ އުޅަނދުތަކަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުން ދަނިކޮށް އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގެ ހޫތީންގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔަމަނުގެ އަށް ތަނެއްގައި ތިބި ހޫތީންގެ 18 ސަރަހައްދަކަށް އަމާޒުކޮށް އެ މީހުންގެ އަސްކަރީ ފިޔަވަޅުތަކުގެ ތެރޭގައި ބިމުގެ އަޑީގައި ހުރި ހަތިޔާރާއި މިސައިލް ރައްކާކުރާ ތަންތަނާއި ވައިގެ ދިފާއީ ނިޒާމުތަކާއި ރާޑަރުތަކާއި ހެލިކޮޕްޓަރަކަށް ދިން ހަމަލާތައް ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަނަކީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހޫޘީންނާ ދެކޮޅަށް ގުޅިގެން ޙަމަލާދިން ހަތަރުވަނަ ފަހަރެވެ.

މި ޖޮއިންޓް އެކްޝަންގެ އިތުރުން އެމެރިކާއިން ދަނީ ހޫތީންގެ އަމާޒުތައް ނެގުމަށް ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ރެއިޑްތައް ހިންގަމުންނެވެ. ނަމަވެސް މިހާތަނަށް މި ރެއިޑްތަކުން ހޫތީންގެ ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް ހީނަރުވެ، ޝިޕިން ރޭޓް ތައް ވަނީ އުފުލިފަ އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ އެންމެ ފަހުގެ ހަމަލާތަކަކީ "އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިންގެ ގާބިލުކަން އިތުރަށް ހަލަބޮލިކޮށް، ނިކަމެތިކުރުމަށް" ދިން ހަމަލާތަކެއް ކަމަށެވެ. އަދި މެދުއިރުމަތީގެ އިގްތިސާދުތަކަށް ގެއްލުންލިބި، ތިމާވެއްޓަށް ގެއްލުންލިބި، ޔަމަނާއި އެހެނިހެން ގައުމުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް ގާނޫނާ ހިލާފަށް ދޭ ހަމަލާތައް ހުއްޓާނުލައިފި ނަމަ އޭގެ ނަތީޖާ ހޫތީންނަށް ސާފުކޮށް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާތަކަށް އޮސްޓްރޭލިއާ، ބަހްރެއިން، ކެނެޑާ، ޑެންމާކް، ނެދަލޭންޑްސް އަދި ނިއުޒިލޭންޑުން ވަނީ ތާއީދުކޮށްފަ އެވެ.

ހޫތީ ޖަމާއަތުގެ ތަރުޖަމާނު ޔަހްޔާ ސާރީ މި ހަމަލާތަކާއި ބެހޭގޮތުން ވާހަކަ ދައްވަމުން ވިދާޅުވީ، "ރަތް އަދި އަރަބި ކަނޑުގެ ހުރިހާ ދެކޮޅުވެރި އަމާޒުތަކާ ދެކޮޅަށް މިހާރަށްވުރެ ފެންވަރު ރަނގަޅު އަސްކަރީ އޮޕަރޭޝަންތަކެއް ހިންގައިގެން އެމެރިކާ-އިނގިރޭސި ވިލާތުގެ ހަނގުރާމަވެރިންނާ ކުރިމަތިލާނެ" ކަމަށެވެ.

އަދި ހޫތީން "ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ ދީނީ، އަޚްލާގީ އަދި އިންސާނީ ވާޖިބުތައް ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި، ހަމަލާތައް ހުއްޓާލައި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ވަށާލުން އުވާލައިގެން ނޫނީ އެމީހުންގެ އަސްކަރީ އޮޕަރޭޝަންތައް ނުހުއްޓޭނެ" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހޫތީން ވަނީ މިހާތަނަށް ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑެންގައި، ވިޔަފާރި އަދި އަސްކަރީ އުޅަނދުތަކަށް މަދުވެގެން 57 ހަމަލާއެއް ދީފަ އެވެ.

ޓެގްސް: ޔަމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.