އިމަނުއެލް މެކްރޮން

ދުނިޔެ

ޔޫކްރެއިންގައި ރަޝިއާ ބަލިވުމަކީ ޔޫރަޕުގެ ސަލާމަތަށް މުހިންމު ކަމެއް: މެކްރޮން

ދާނިޝް - ޔޫރަޕް | 29 ފެބުރުއަރީ 2024 , ބުރާސްފަތި 09:56   343

ޔޫކްރެއިންގައި ރަޝިއާ ބަލިކުރުމަކީ ޔޫރަޕްގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ޕެރިހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ޔޫކްރެއިންއަށް މެދު އަދި ދުރު ރާސްތާގެ މިސައިލާއި ބޮން ފޯރުކޮށްދިނުމަށް ކޯލިޝަނެއް އުފެއްދުމަށް ޔޫރަޕްގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހުޅަނގުގެ ސިފައިން ޔޫކްރެއިންއަށް ފޮނުވުމާ މެދު "އިއްތިފާގެއް ނެތް" ކަމަށާއި ނަމަވެސް "އެއްވެސް ކަމެއް ބާކީ ކޮށްގެން ނުވާނެ" ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ހަތިޔާރުގެ ދަތިކަން ކުރިމަތިވެފައިވާ ޔޫކްރެއިންގައި ދާދި ފަހުން ރަޝިއާ ސިފައިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކިއެވް އަކީ ހުޅަނގުގެ ބައިވެރިން، ހާއްސަކޮށް އެމެރިކާއިން ފޯރުކޮށްދޭ ޒަމާނީ ހަތިޔާރުގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ.

ނަމަވެސް އެމެރިކާގެ އެހީގެ ޕެކޭޖަކަށް ބޭނުންވާ 95 ބިލިއަން ޑޮލަރު (5 ބިލިއަން ޕައުންޑް) ގެ އެހީޕެކޭޖަކަށް ރުހުން ދިނުމާ މެދު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވަނީ ވަރަށް ބޮޑު ހިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. މިދިޔަ ހަފުތާ ބަންދުގައި ޔޫކްރެއިންގެ ދިފާއީ ވަޒީރު ވިދާޅުވީ ކިއެވްއަށް ހުޅަނގުން ދޭ އެހީގެ ދެބައިކުޅަ އެއްބައި ލަސްވެ، ފުރާނައާއި ސަރަހައްދަށް ގެއްލުންވެފައިވާ ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޔޫކްރެއިންއަށް ފުލް ސްކޭލް ހަމަލާއެއް ދޭން ފެށިތާ މިހާރު ތިން ވަނަ އަހަރު ވެފައިވާއިރު، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި ހިނގަމުންދާ އެންމެ ބޮޑު މި ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ.

ޔޫކްރެއިންއަށް ތާއީދުކޮށް ހޯމަ ދުވަހު ބޭއްވި ކްރައިސިސް ބައްދަލުވުމުގައި ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް ގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ފަދަ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް މެކްރޮން ވިދާޅުވީ ރަޝިއާ ބަލިވުމަކީ ޔޫރަޕްގެ ސަލާމަތާއި ހަމަޖެހުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން ޔަގީންވާ ކަމަށެވެ. ހަމައެހެންމެ ރަޝިޔާއަކީ ހަމައެކަނި ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ރަޝިޔާއަށް މި ހަނގުރާމަ ކާމިޔާބު ވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޓެގްސް: ޔޫކްރެއިން ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.