އެމެރިކާގެ ރިޔާސީ ޕްރައިމަރީގައި މިޝިގަންގެ ޑިއާބޯންގައި ހުންނަ މެޕަލްސް ސްކޫލުގެ ބޭރުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބަދަލުގައި ވޮލެންޓިޔަރަކު ވޯޓު ދިނުމަށް އަންގާ ނިޝާނެއް ހިފައިގެން

ދުނިޔެ

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ބައިޑެންއަށް

ދާނިޝް - އެމެރިކާ | 3 މާރޗް 2024 , އާދީއްތަ 10:28   38

އެމެރިކާގެ މިޝިގަން ސްޓޭޓްގައި ބޭއްވި ޑިމޮކްރެޓިކް ރިޔާސީ ޕްރައިމަރީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ކާމިޔާބު ކުރި ނަމަވެސް، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބައިޑަންގެ އޮތް ތާއިދާއި ގުޅިގެން ރައްޔިތުންގެ ނުރުހުން ބައިޑަން އާއި މެދު އޮތް މިންވަރު އިންތިހާބުގެ ފުރަތަމަ ހިސާބުތަކުން ދައްކައިފި އެވެ.

އަރަބި-އެމެރިކާގެ ބޮޑު ދާއިރާއެއް އޮންނަ މިޝިގަންގައި، ބައިޑަންގެ ޣައްޒާ ސިޔާސަތާ ދެކޮޅަށް ޑިމޮކްރެޓިކް ވޯޓާސް އިން އަންގާރަ ދުވަހު ވަނީ ޕްރައިމަރީ ވޯޓު "އަންކޮމިޓެޑް" ގެ ގޮތުގައި ފާހަގަކުރުމަށް އިލްތިމާސްކޮށްފަ އެވެ.

25 އިންސައްތަ ވޯޓު ގުނުމުން ބައިޑަންއަށް 80 އިންސައްތަ ތާއީދު ލިބިފައިވާއިރު ، "އަންކޮމިޓެޑް" އަށް ލިބިފައިވަނީ 14.5 އިންސައްތަ ކަމަށް އެސޯސިއޭޓެޑް ޕްރެސް އެޖެންސީން ބުނެއެވެ. އޭގެ ފަހުން މިހާތަނަށް 33،000 ވޯޓަކީ މުޒާހަރާގެ ވޯޓު އިންތިޒާމުކުރާ ފަރާތްތަކުން ކަނޑައެޅި 10،000 ވޯޓުގެ އަމާޒަށް ވުރެ އިތުރު އަދަދެކެވެ. މިޝިގަން އިން އާންމުކޮށް ހުށަހަޅަނީ ނަން ދީފައިވާ ކެނޑިޑޭޓަކަށް ޕާޓީގެ އަސާސްގެ ތާއީދު އޮތްތޯ ސުވާލު އުފައްދަން "އަންކޮމިޓެޑް" އޮޕްޝަނެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިޝިގަންގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފައި ވާއިރު، ވައިޓް ހައުސްގެ ޓިކެޓުގައި އެ ޕާޓީގެ ތާއީދު ޓްރަމްޕަށް މިވަނީ އިތުރަށް ވަރުގަދަވެފައެވެ. އަދި އާނާ އާއި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓް ނިކީ ހޭލީ އަށް ލިބިވަޑައިގެންނެވީ ދެ ވަނައެވެ. ރިޕަބްލިކަން ޕާޓީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވޯޓުގެ 8 އިންސައްތަ ގުނާފައިވާއިރު، ހެލީގެ 32 އިންސައްތައަށް ޓްރަމްޕަށް 64 އިންސައްތަ ތާއީދު ލިބިފައިވާކަމަށް އެޑިސަން ރިސާޗްއިން ބުނެއެވެ.

ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މިޗިގަންއިން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭއިރު، މިއީ ބައިޑަން އާއި ޓްރަމްޕްގެ މެދުގައި އައު ވާދަވެރިކަމެއް އުފެދިގެންދާނެ އިންތިޚާބެއް ކަމަށް ބެލެވެއެވެ.

2020 ވަނަ އަހަރުގެ އިންތިޚާބުގައި މިޝިގަންގައި ޓްރަމްޕް ގެ މައްޗަށް ބައިޑަން ކުރި ހޯއްދެވީ އެންމެ 2.8 އިންސައްތަ ޕޮއިންޓުންނެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ އުދުވާނާއި ގުޅިގެން 2020 ވަނަ އަހަރު ބައިޑަންއަށް ތާއީދުކުރި މިޝިގަންގެ އަރަބި-އެމެރިކާގެ މުޖުތަމައުގެ ގިނަ ބަޔަކު މިހާރު ވަނީ ޕްރޮގްރެސިވް ބައެއް ޑިމޮކްރެޓުންނާ އެކު ނުރުހުން ފާޅުކޮށްފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އެމެރިކާގެ ރައީސް އެ ހަނގުރާމައަށް ކުރިމަތިލާފައިވާ ގޮތާ ބެހޭގޮތުން މުޖުތަމައުގެ ލީޑަރުންނާ ވާހަކަ ދެއްކުމަށް ވައިޓް ހައުސް އާއި ބައިޑަންގެ ކެމްޕެއިން އޮފިޝަލުން މިޗިގަންއަށް ދަތުރުތަކެއް ކުރައްވާފައިވީ ނަމަވެސް އެ ލީޑަރުންނާއި "އަންކޮމިޓެޑް" މަސައްކަތް އިންތިޒާމުކުރާ ފަރާތްތަކާ އެކު އެ ލީޑަރުން ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

ލިސަން ޓު މިޗިގަން ފަދަ ޖަމާއަތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ އިރު، އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ފަލަސްތީން-އެމެރިކާގެ ފުރަތަމަ އަންހެން ބޭފުޅާ އަދި ކުރީގެ ރެޕްރެޒެންޓޭޓިވް އެންޑީ ލެވިން ފަދަ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވް ރާޝިދާ ތަލައިބް ފަދަ އޮފިޝަލުންގެ ތާއިދުވެސް މި ކެމްޕޭނަށް މިވަނީ ލިބިފައެވެ.

މިޝިގަންގެ ޑިއާބޯން ސިޓީން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޖޯން ހެންޑްރެން ވިދާޅުވީ ވޯޓު ދިނީ ހަމައެކަނި އަރަބި އެމެރިކާ މީހުން ނޫން ކަމަށާއި ޒުވާނުންނަށް ވެސް ވޯޓު ދިން ކަމަށެވެ.

"އާންމުގޮތެއްގައި މިތަނުގެ ޕްރައިމަރީއެއްގައި ގާތްގަނޑަކަށް 20،000 މީހުން ވޯޓްލާނީ ނުނިމި. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައި ވަނީ 20 އިންސައްތައަށްވުރެ ތަންކޮޅެއް ގިނަ ވޯޓު، އަންކޮމިޓެޑްއަށް 30،000 ވޯޓް ލިބިފައި ވޭ،" އޭނާ ވިދާޅުވި އެވެ. "އެމީހުންގެ އަމާޒަކީ މޮޅުވުމެއް ނޫނެވެ. ތަފާތެއް ގެނައުމަށް ޓަކައި މި މިޝިގަންގެ ވޯޓާސް ކުރަން ޖެހޭ ކަމަކީ ބައިޑަން އަށް ކާމިޔާބީގެ ފަރަގު ނުދިނުމެވެ. 2016 ވަނަ އަހަރު ޓްރަމްޕް މި ސްޓޭޓް ކާމިޔާބު ކުރެއްވީ އެންމެ 10،000 ވޯޓުން ކަމަށާއި އޭގެ ހަތަރު އަހަރު ފަހުން ބައިޑަން ވަނީ 154،000 ވޯޓުން އެ ސްޓޭޓް ކާމިޔާބު ކުރައްވައިފަ އެވެ. އަދި މިޝިގަންގެ ގާތްގަނޑަކަށް ތިން ލައްކަ އެއްހާ އަރަބި އެމެރިކާ އަދި މުސްލިމް އެމެރިކާގެ މީހުންގެ ގުރޫޕަކަށް ނިސްބަތްވާ މި ވޯޓާސް ގަބޫލުކުރާ ގޮތުގައި އެ މީހުންގެ އެ ތަފާތެއް އެބަހުރި،" ހެންޑްރެން ވިދާޅުވި އެވެ. .

އޭގެ ތެރެއިން ގިނަ ބަޔަކު ބުނަނީ ޑޮނަލްޑް ޓްރަމްޕަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެ މީހުން ބުނަނީ ޣައްޒާގައި ހިގަމުންދާ ހަނގުރާމަ ނުހުއްޓޭނަމަ ބައިޑަންއަށް ތާއީދު ނުކުރާނެ ކަމަށެވެ.

ޓްރަމްޕަށް ބަލާއިރު އޭނާ މިހާރު ވަނީ ރިޕަބްލިކަން ޕްރައިމަރީ ކަލަންޑަރުގައި ހިމެނޭ ފުރަތަމަ ފަސް ސްޓޭޓް ކާމިޔާބު ކުރައްވައިފަ އެވެ. މިޝިގަންގައި ހެލީގެ މައްޗަށް ކުރީގެ ރައީސް ކާމިޔާބު ކުރައްވާފައި މިވަނީ ހޮނިހިރު ދުވަހު އެކަމަނާގެ އުފަން ސްޓޭޓް ކަމަށްވާ ސައުތު ކެރޮލައިނާގައި ހޭލީ ގެ މައްޗަށް 20 އިންސައްތަ ޕޮއިންޓުން ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ރިޕަބްލިކަން ޕާޓީގެ ވޯޓިން ބޭސްގެ ގިނަ ޖީބުތަކުން ޓްރަމްޕަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފައިވާއިރު އޭގެ ތެރޭގައި އިވެންޖެލިކަލް ވޯޓާސް، ކޮންޒަވޭޓިވް އަދި ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ. ނަމަވެސް ސަބާބަން ވޯޓާސް އާއި ކޮލެޖް ޑިގްރީ ހާސިލްކޮށްފައިވާ މީހުންނާ އެކު އޭނާ ވަނީ ދަށް ނަތީޖާއެއް ނެރެފައި ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެއް ނުވަތަ އެއަށް ވުރެ ގިނަ މައްސަލަތަކުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ގަބޫލުކުރާ އަމިއްލަ ޕާޓީގެ ތެރޭގައި ހިމެނޭ ފެކްޝަނަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޓެގްސް: އެމެރިކާ ޖޯބައިޑެން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.