ނައިޖީރިއާގެ ރައީސް ބޯލާ ޓިނުބޫ، މިއީ ނައިޖީރިއާގެ އިތުރު މަސައްކަތްތެރިން ވަޒީފާ ތަކަށް ނެގުމަށް ބޭރުގެ ކުންފުނިތަކަށް...

ދުނިޔެ

ނައިޖީރިއާގައި ބިދޭސީ މަސައްކަތްތެރިން ގެންދާ އެޖެންސީތަކުން އަހަރީ ޓެކްސްއެއް ނަގަން އެޤައުމުން ނިންމައިފި

ދާނިޝް - އެފްރުކާ | 29 ފެބުރުއަރީ 2024 , ބުރާސްފަތި 16:37   362

ނައިޖީރިއާއިން ވަނީ ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރާ ޖަމިއްޔާތަކަށް އަހަރަކު ޓެކްސް ނަގަން ނިންމައި ޑިރެކްޓަރަކަށް 15،000 ޑޮލަރު (12،000 ޕައުންޑް) އަދި އެހެނިހެން ކެޓަގަރީތަކަށް 10،000 ޑޮލަރު ދައްކަން މަޖުބޫރުކޮށްފިއެވެ.

މިއީ ނައިޖީރިއާގެ އިތުރު މަސައްކަތްތެރިން ވަޒީފާ ތަކަށް ނެގުމަށް ބޭރުގެ ކުންފުނިތަކަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ނަމަވެސް މި ނިންމުމުގައި، ޑިޕްލޮމެޓިކް މިޝަންތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އޮފިޝަލުން އިސްތިސްނާ ވެއެވެ.

ރައީސް ބޯލާ ޓިނުބޫ ވަނީމި ލެވީ ބޭނުންކޮށްގެން އިންވެސްޓަރުން މާޔޫސް ނުކުރުމަށް އިންޒާރު ދެއްވާފަ އެވެ. ހަމައެހެންމެ މިދިޔަ އަންގާރަ ދުވަހު ބިދޭސީ އެމްޕްލޯއިމަންޓް ލެވީ (އީއެލް) ހޭންޑްބުކް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާމްދަނީ ރަނގަޅުވެ، ނައިޖީރިއާގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ.

އަދި އޭގެ އަމާޒަކީ ނައިޖީރިއާ މީހުންނާއި ބިދޭސީންގެ މެދުގައި ވަޒީފާގެ ފުރުސަތުތައް ބެލެންސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމާޒަކީ ބިދޭސީންނާއި ނައިޖީރިއާގެ ލޭބާ ފޯސްއާ ދެމެދު މުސާރައިގެ ފަރަގު ތައް ނައްތާލައި، އެ ގައުމުގައި ބޭރުގެ ކުންފުނިތަކުގައި ކޮލިފައިޑް ނައިޖީރިއާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން،" އޭނާ ވިދާޅުވި އެވެ.

އަދި އެ ޕްރޮގްރާމްގެ މަގްސަދުތައް ހާސިލްކުރުމަށް ޓަކައި އެ ޕްރޮގްރާމް ތަންފީޒުކުރުން ސާފުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޖީރިއާއިން މިފިޔަވަޅު އަޅާފައި މިވަނީ ނައިޖީރިއާއަށް ޖީލެއްގެ ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި އިޤްތިޞާދީ ކާރިސާގެ ސަބަބުން މިފަހަކަށް އައިސް ބޮޑެތި ދަތިތަކާއި ރުޅިވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިގްތިސާދީ ތަކުލީފުތަކާ ދެކޮޅަށް ލޭބާ ޔޫނިއަންތަކާއި ސަރުކާރުގެ މަސައްކަތްތެރިން އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. ޓިނޫބޫ ވަނީ ނައިޖީރިއާގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް އުނދަގޫ ދުވަސްތަކެއްކަން ޤަބޫލުކުރައްވާފައެވެ. އަދި ގައުމުގެ މާލީ ހާލަތު ރަނގަޅުކޮށް އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލެވީ ތަންފީޒު ވަނީ އަހަރަކު މަދުވެގެން 183 ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

މި ސްކީމްގެ ދަށުން ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތިން ސައްހަ މައުލޫމާތު ނުދިނުމުގެ އިތުރުން އަމަލު ނުކުރާ ފަރާތެއް ނުވަތަ ޖަމިއްޔާއެއް ތިން އަހަރަށް ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ނިންމާފަ އެވެ.

އަދި ލެވީ ތަންފީޒު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ނައިޖީރިއާގެ އިމިގްރޭޝަން ސާވިސް އިންނެވެ.

ޓެގްސް: ނައިޖީރިއާ އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.