ޣައްޒާގެ ދެކުނުގެ ރަފާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވި އަލްފަރުޤު މިސްކިތުގެ ހަލާކުގެ ކުރިމަތީގައި ފަލަސްޠީނުގެ ރައްޔިތުން ހުކުރު މެންދުރު ނަމާދު ކުރަނީ

ދުނިޔެ

އިސްރާއީލުން ދީރް އަލް ބަލާހާއި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 17 މީހުން ޝަހީދުވެއްޖެ

ދާނިޝް - މެދުއިރުމަތި | 6 މާރޗް 2024 , ބުދަ 21:49   47

ހުކުރު ދުވަހުގެ ރޭ ޣައްޒާގެ ދީރް އަލް ބަލާހް ސަރަހައްދާއި ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި މީހުން ދިރިއުޅޭ ތިން އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދިން ހަމަލާއެއްގައި 17 މީހުން ވަނީ ޝަހީދުވެފައިވާ މީޑިއާ ތަކުން ރިޕޯޓްކޮށް ފިއެވެ.

އދ.ގެ ހިއުމެނިޓޭރިއަން އެޖެންސީން މައުލޫމާތު ދޭގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރުން ފެށިގެން ހުކުރު ދުވަހުގެ މެންދުރުގެ ނިޔަލަށް ފަލަސްތީނުގެ 193 މީހުން ޝަހީދުވެ 920 މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކާބޯތަކެތީގެ އެހީ ހޯދުމަށް އިންތިޒާރު ކުރަމުން ދިޔަ ބަޔަކަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި އެކަނިވެސް 115 މީހުން ޝަހޯދުވެފައި ވާއިރު. 760 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އދ.ގެ ޓީމަކުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ 12 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

މިކަން އަލްއަވްދާ ހޮސްޕިޓަލުގެ އެކްޓިން ޑިރެކްޓަރު ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

މި ހަމަލާ ކުއްވެރިކޮށް އެތައް ގައުމަކުން އަޑުއުފުލަމުން ދާއިރު ހަމަލާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

މިގޮތުން ފަރަންސޭސިވިލާތާއި ޖަރުމަނާއި ޔޫރަޕިއަން ޔޫނިއަން އިން ހުކުރު ދުވަހު ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން އެހީ އަށް އެދޭ މީހުންނަށް ހަމަލާދިނީ ކީއްވެކަން "ސާފުކޮށްދޭން ޖެހޭ" ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް އޮފީހުން ބުނީ ޖެނުއަރީ މަހުގެ މެދުތެރެއިން މިފަދަ "މަދުވެގެން 14" ހަމަލާތައް ދީފައިވާ ކަމަށާއި އެކަން ތަހުގީގު ކުރުމަށް ވެސް ގޮވާލާ ކަމަށެވެ. އަދި ޣައްޒާއަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން އެޤައުމުގައި ބަނޑުހައިހޫނުކަން ހަލުވި ދުވެއްޔެއްގައި ފެތުރިދާނެ ކަމުގެ އިންޒާރުވެސް އދ. ވަނީ ދީފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާއަށް 148 ދުވަސް ވެފައިވާއިރު މިހާތަނަށް މި ހަނގުރާމައިގައި 30،320 މީހުން ޝަހީދުވެފައިވާއިރު 71،533 މީހުން ވަނީ ޒަޚަމްވެފައެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.