ސޫދާންގެ ރެފިއުޖީން

ދުނިޔެ

ސޫދާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް އދ. އިން ބުނެފި

ދާނިޝް - އެފްރުކާ | 5 މާރޗް 2024 , އަންގާރަ 23:21   211

ސޫދާނުގައި އިންސާނީ އެހީއަށް ހުރަސް އަޅަމުންދާ ކަމަށާއި ޖިންސީ އަނިޔާ އަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވިދާޅުވީ، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސޫދާނުގެ ތެރޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެޖެންސީތަކަށް ރައްކާތެރިކަމާއެކު ވަނުމަށް ހުރަސް އެޅުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ކަމަށެވެ.

"ސޫދާނުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި - 25 މިލިއަން މީހުން - ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ. ގާތްގަނޑަކަށް 80 ޕަސެންޓް ހޮސްޕިޓަލްތައް ވަނީ ހިދުމަތުން ދުރުކޮށްފައި،" ޖެނީވާގައި ހުންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހުކުރު ދުވަހު ހައިކޮމިޝަނަރު ވޮލްކާ ތުރުކް ދެއްވި ބަސްދީގަތުމުގައި އޭނާ ވިދާޅުވިއެވެ.

ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާންގެ އަސްކަރިއްޔާއާ ކުރަމުންދާ ހަނގުރާމާގައި އާންމުންގެ ވެސް އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެ ގައުމުގެ އެތެރޭގައާއި ބޭރުގައި އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލި، ބަނޑުހައިހޫނުކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އާބާދީ ބޮޑު ސަރަހައްދުތަކުގައި ވެސް ބަރު އާޓިލަރީ ބޭނުންކުރާކަން ފާހަގަކުރައްވަމުން ތުރުކް ވިދާޅުވީ ދެ ފަރާތުން ވެސް އެތައް ހާސް ބަޔަކު މަރާލާފައިވާ ކަމަށެވެ.

މި ހަނގުރާމަ ފެށިގެން ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި 14،600 މީހުން މަރުވެ، 26،000 މީހުން ޒަހަމްވެފައިވާ ކަމަށް ހައިކޮމިޝަނަރު ވޮލްކާ ތުރުކް އިތުރަށް ވިދާޅުވިއެވެ.

އަދި އެހީ ނުދިނުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އޭނާ ވަނީ އިތުރު ފުރާނައެއް ގެއްލުމުގެ ކުރިން ލަސްނުކޮށް ހިއުމެނިޓޭރިއަން ކޮރިޑޯތައް ހުޅުވައިގެން ގާނޫނީ ޒިންމާ އަދާކުރުމަށް ހަނގުރާމަވެރި ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ސޫދާނުގައި އެހީގެ ސާމާނު ތައް ފޭރިގަނެ، އިންސާނީ މަސައްކަތްތެރިންނަށް ހަމަލާ ދެމުން އަންނަ އިރު، ބައިނަލްއަގްވާމީ އިދާރާތަކާއި އެންޖީއޯތަކުން ދަނީ އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އަސްކަރިއްޔާގެ ބާރުގެ ދަށުގައި ވާ ޕޯޓް ސޫދާންގެ ތެރެއަށް ވަނުމަށް އޮބްރޯކްރަޓިކް ހުރަސްތަކެއް ހުރި ކަމުގެ ޝަކުވާ ކުރަމުންނެވެ.

މިދިޔަ މަހު އދ އިން ވަނީ ސޫދާންގެ އާންމުންގެ މަތިން ހަނދާން ނައްތާނުލުމަށް ގައުމުތަކަށް ގޮވާލައި، އިންސާނީ ބޭނުންތައް ފުއްދުމަށާއި އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާ 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 4.1 ބިލިއަން ޑޮލަރުގެ އެޕީލްއަކަށް އިލްތިމާސް ކޮށްފައެވެ.

ސޫދާނުގެ އެތެރޭގައާއި އަވަށްޓެރި ގައުމުތަކަށް 8 މިލިއަނަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވާއިރު، މި ކާރިސާގެ ސަބަބުން މުޅި ސަރަޙައްދުގެ ސުލްހަމަސަލަސްކަމާއި ސަލާމަތާއި އިންސާނީ ޙާލަތަށް ވަރަށް ބޮޑަށް ނުރައްކާވަމުންދާކަމަށް ތުރުކް ވިދާޅުވިއެވެ.

ޓެގްސް: އެފްރިކާ ބައްރު ސޫދާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.