އާޖެންޓީނާގެ ރައީސް ހާވިއޭ މައިލީ

ދުނިޔެ

އާޖެންޓީނާގެ، ޕާލަމެންޓާއެކު ނުވަތަ ނުލައި ވިޔަސް އިގްތިސާދީ އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރާނަން - ރައީސް މައިލީ

ދާނިޝް - އެމެރިކާ | 11 މާރޗް 2024 , ހޯމަ 01:39   38

ހަރުކަށި އިގްތިސާދީ ލިބަރަލައިޒޭޝަންގެ އެޖެންޑާ ޕާލަމެންޓުގެ ތާއީދާ އެކު ނުވަތަ ނުލައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް އާޖެންޓީނާގެ ލިބަޓޭރިއަން ރައީސް ހާވިއޭ މައިލީ ވައުދުވެވަޑައިގެންފަ އެވެ.

މިދިޔަ ހުކުރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މުހާތަބު ކުރައްވައި މައިލީ ވިދާޅުވީ އިގްތިސާދީ ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް އޭނާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމު ހެޔޮ ގޮތުގައި ބަދަލުކުރާނަން. އެއީ ސިޔާސީ ލީޑަރުންގެ ތާއީދާ އެކު ނުވަތަ ނުލައި ވިޔަސް..، އެގްޒެކެޓިވްގެ ހުރިހާ ގާނޫނީ ވަސީލަތްތަކުގެ އެހީއާއި އެކު، ހަމަނުޖެހުންތަކަށް ބަލާނަމަ ހަމަނުޖެހުން އުފެދޭނެ." މައިލީ ވިދާޅުވި އެވެ.

މައިލީ މި ގޮންޓްލެޓް އާޖެންޓީނާގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ފަރާތްތަކާ އެކު ހަރުކަށި މަޝްވަރާތަކެއް ކޮށް، ހުށަހެޅުއްވި ބަދަލުތަކުގެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަދުކުރި ނަމަވެސް މިދިޔަ މަހު މެމްބަރުން އޭނާގެ އޮމްނިބަސް ރިފޯމް ބިލް ބޭރުކޮށްލުމުންނެވެ.

މީގެ އިތުރުން ލޯކަލް ގަވަރުނަރުންނަށް ދެއްވި އިތުރު ބަސްދީގަތުމެއްގައި މައިލީ ވަނީ ފެޑެރަލް ސަރުކާރާއި ޕްރޮވިންސްތަކުގެ މެދުގައި ޓެކްސް ފައިސާ ބެހުމުގެ އޮނިގަނޑު ގާތް ގަނޑަކަށް 10 ނުކުތާގެ "އިޖުތިމާއީ އެއްބަސްވުމެއް" އެކުލަވާލުމަށް ގޮވާލައްވާފައެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން އިންތިހާބުވެވަޑައިގެންނެވި މައިލީގެ ދައުރު ފެއްޓެވީ ޕެސޯގެ އަގު 50 ޕަސެންޓަށް ވުރެ ދަށްކޮށް، ތެލާއި ދަތުރުފަތުރަށް ދައުލަތުން ދޭ ސަބްސިޑީ ކަނޑާލުމާއި، މިނިސްޓްރީތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، އެތައް ސަތޭކަ ގަވައިދުތަކެއް އުވާލައިގެންނެވެ.

އާރޖެންޓީނާގެ ވެއްޓިފައިވާ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގެ ވަގުތީ ނިޝާންތަކުގެ ކްރެޑިޓް އެމަނިކުފާނުގެ ސަރުކާރުން ހޯއްދަވާފައިވާއިރު، އޭގެ ތެރޭގައި 12 އަހަރުގެ ތެރޭގައި ގައުމުގެ ބަޖެޓް ސާޕްލަސްވެ، ބޭރު ފައިސާގެ ރިޒާވް އިތުރުވުން ހިމެނެއެވެ.

ނަމަވެސް އުފުލެމުންދާ އިންފްލޭޝަނާއި މައިލީގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އާޖެންޓީނާގެ ރައްޔިތުންނަށް ވަރަށް ބޮޑު މާލީ ދަތިކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިކަމާއި ގުޅިގެން އެ ގައުމުގައި ހަޅުތާލުތަކާއި މުޒާހަރާތައް ވަނީ ފަށައިފަ އެވެ.

20 ވަނަ ގަރުނުގެ ކުރީކޮޅު އާޖެންޓީނާގެ "ރަން ޒަމާނުގެ" ހަރުދަނާކަން އަލުން އިއާދަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އެނާކޯ-ކެޕިޓަލިސްޓް، މައިލީ ވެރިކަމާ ހަވާލުވެވަޑައިގަތީ އިގްތިސާދު ރަނގަޅު ކުރުމަށް "ޝޮކް އެޑްޖަސްޓްމަންޓަކަށް" ތައްޔާރުވުމަށް އާޖެންޓީނާގެ ރައްޔިތުންނަށް އިންޒާރު ދެއްވަމުންނެވެ.

"ކެތްތެރިކަމާއި އަމާނާތްތެރިކަމަށް އެދެމެވެ. އިޤްތިޞާދީ ރީއޯގަނައިޒޭޝަންގެ ނަތީޖާ އާއި އަޅުގަނޑުމެން ތަންފީޒުކުރަމުން އަންނަ އިޞްލާޙުތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަން ދުވަސްކޮޅެއް ނަގާނެ،" ހުކުރު ދުވަހު ދެއްވި ޚިޠާބުގައި މައިލީ ވިދާޅުވިއެވެ.

ލެޓިން އެމެރިކާގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ އާޖެންޓީނާއަކީ އިޤްތިޞާދީ ކާރިސާތަކުގެ ތެރޭގައި އެތައް ޒަމާނެއް ވަންދެން ހީނަރުވެފައިވާ ޤައުމެކެވެ.

ޓެގްސް: އާޖެންޓީނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.