ޝަހްބާޒް ޝަރީފް

ދުނިޔެ

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފި

ދާނިޝް - އޭޝިއާ | 4 މާރޗް 2024 , ހޯމަ 10:32   235

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިދިޔަ މަހު ބޭއްވި އިންތިހާބަށް ފަހު ދެވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އިންތިހާބުކޮށްފިއެވެ.

ޕާކިސްތާނުން މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލީ ބޮޑެތި އޮޅުވާލުންތަކާއި ނަތީޖާ ލަސްވާ ކަމުގެ ތުހުމަތުތައް ފެންމަތިވެގެން ދިޔައެވެ. ނަމަވެސް އާދީއްތަ ދުވަހު މަޖިލީހުގެ ތިރިގެއަށް ވޯޓުގެ ނަތީޖާ ވައްދާ، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ބޮޑުވަޒީރު މިވަނީ އިންތިހާބުކޮށްފައެވެ.

މި އިންތިހާބުގައި ޝަހްބާޒަށް 201 ވޯޓު ލިބިވަޑައިގެންނެވި އިރު، އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓް އުމަރު އައްޔޫބު ޚާންއަށް ލިބިވަޑައިގަތީ 92 ވޯޓެވެ.

މި އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވާ ސިޔާސީ ގުރޫޕުގެ މެމްބަރުން ކަމަށްވާ ސުންނީ އިއްތިހާދު ކައުންސިލް (އެސްއައިސީ) އިން ތާއީދު އޮތީ އަމަރަށް ކަމަށް އެގައުމުގެ މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

މިހާރު ޕީއެމްއެލްއެންގެ ރައީސްގެ މަގާމުގައި ހުންނެވި ޝެހްބާޒަށް 336 މެމްބަރުންގެ މަޖިލީހުގައި ގާތްގަނޑަކަށް 200 މެމްބަރުންގެ ތާއީދު އޮތެވެ.

އުމުރުފުޅުން 72 އަހަރުގެ ޝަރީފް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާއަކީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާ ގުޅިގެން ސަރުކާރު އުފެއްދުމަށް ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީ އުފެއްދެވި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފްގެ ކޮއްކޮ އެވެ.

ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރެއްވީ ވޯޓަށް އެހިތާ ތިން ހަފުތާ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިންތިހާބުގެ ނިޝާން ގެއްލުމުން އަމިއްލަ ގޮތުން ކެންޑިޑޭޓުން ނެރެން މަޖުބޫރުވި ޕީޓީއައި އެންމެ ބޮޑު ގުރޫޕަށެވެ. އެއީ 93 ގޮނޑި އެވެ. މި މައްސަލައިގައި އެ ޕާޓީގެ މެންޑޭޓް "ވަގަށް ނަގާފައިވާ" ކަމަށާއި އޮޅުވާލާފައިވާ ކަމަށް ބުނެ ވަނީ މުޒާހަރާކުރަން ފަށައިފައެވެ.

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ޕީޓީއައިގެ ލީޑަރު އިމްރާން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވީ ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި ކޮރަޕްޝަނާއި "ގާނޫނާ ހިލާފު" ކައިވެންޏެއް ކުރުމުގެ ކުށް ސާބިތުވެ ގިނަ ކުށްތަކަކާ ގުޅިގެންނެވެ.

241 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަށް ސިޔާސީ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާއިރު މިއީ އިގްތިސާދު ހީނަރުވެ، ސަލާމަތީ ހާލަތު ހަލުވިކަމާއެކު ހީނަރުވަމުންދާތީ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެއެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.