އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން

ދުނިޔެ

ޓްރަމްޕަށް 2024 ވަނަ އަހަރުގެ ޕްރައިމަރީ ރޭހުގައި ދެމިހުރެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފި

ދާނިޝް - އެމެރިކާ | 5 މާރޗް 2024 , އަންގާރަ 10:32   52

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ވޯޓުލުމުގައި ޑޮނަލްޑް ޓްރަމްޕްގެ ނަން އުނިކުރުމަށް ކޮލޮރާޑޯއިން ކުރި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.

މިއާއިއެކު، އެމެރިކާގެ ގާނޫނު އަސާސީއަށް 14 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އަސާސީގެ ދަށުން ޓްރަމްޕް ގެ ވޯޓުން ވަކިކުރަން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮލޮރާޑޯގެ އެންމެ މަތީ ކޯޓުން ނިންމި ނިންމުން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު މިވަނީ ބަދަލުކޮށްފަ އެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް އިމާރާތަށް ދިން ހަމަލާއަށް ހިތްވަރުދީ ތާއީދު ކުރެއްވީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޑިމޮކްރެޓިކް ޖޯ ބައިޑަން ކާމިޔާބުކުރައްވައި ޓްރަމްޕް ބަލިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ނޮމިނޭޝަން ރޭހުގައި އެންމެ ކުރީގައި ހުންނެވި ކުރީގެ ރައީސް އަދި އެންމެ ކުރީސަފުގައި ހުންނެވި "ބިގް ވިން ފޯ އެމެރިކާ!!" އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

މި ހުކުމުގެ ސަބަބުން ކޮލޮރާޑޯ، އިލިނޮއިސް، މޭން އަދި އެހެން ހިސާބުތަކުގައި ވެސް ޓްރަމްޕް އިންތިޚާބުން ވަކި ކުރަން ކުރި މަސައްކަތް ނިމުމަކަށް މިވަނީ އައިސްފައެވެ.

މި ގޮތަށް ހުކުމް ކޮށްފައި މިވަނީ އެންމެ ގިނަ ސްޓޭޓްތަކުގެ ރިޔާސީ ޕްރައިމަރީ އާއި ކޮކަސް ބާއްވާ ދުވަހުގެ އެއް ދުވަސް ކުރިން ކަން ވެސް ފާހަގަކުރެވެއެވެ.

14 ވަނަ އިޞްލާޙުގެ ދަށުން، އެމެރިކާގެ ރައީސްކަން ވެސް ހިމެނޭގޮތަށް، ބަޣާވާތެއް ހިންގާ ނުވަތަ އެކަމުގެ އެހީއެއް ފޯރުކޮށްދިން ކޮންމެ ރައްޔިތަކުވެސް ޖަލަށް ލެވޭނެއެވެ.

ނަމަވެސް 6-3 ކޮންޒަވޭޓިވް އަޣުލަބިއްޔަތު އޮންނަ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ބުނެފައި ވަނީ ފެޑެރަލް އޮފިޝަލުންނާއި ކެންޑިޑޭޓުންނާ ދެކޮޅަށް އެ މާއްދާ ތަންފީޒު ކުރެވޭނީ ހަމައެކަނި ކޮންގްރެސް އަށް ކަމަށެވެ.

"އަޅުގަނޑުމެން ނިންމާލަނީ ދައުލަތުގެ މަގާމުގައި ތިއްބެވި ނުވަތަ މަސައްކަތް ކުރާ ފަރާތްތަކުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޓޭޓްތަކުން ކަނޑައެޅިދާނެ ކަމަށް. އެކަމަކު ފެޑެރަލް އޮފީސްތަކާ ގުޅޭ ގޮތުން، ހާއްސަކޮށް ރައީސްކަމާ ގުޅޭ ގޮތުން ތިން ވަނަ މާއްދާ ތަންފީޒު ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ސްޓޭޓްތަކަށް ނޯންނާނެ،" އެމެރިކާގެ އެންމެ މަތީ ކޯޓުން ސޮއި ނުކުރާ މީޑިއާ ތަކުގައި ދައުރުވަމުންދާ ހިޔާލެއްގައި ވެއެވެ.

14 ވަނަ އިސްލާހުގެ މައްޗަށް ބިނާކޮށް މޭއިން އާއި އިލިނޮއިސްގައި ވެސް ޓްރަމްޕް ވޯޓު ލުން ފައްޓަވާފައިވީ ނަމަވެސް ކޮލޮރާޑޯ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަންދެން އެ ނިންމުންތައް ވަނީ މަޑުޖައްސާލައިފަ އެވެ.

ކޮލޮރާޑޯ މައްސަލާގައި ޓްރަމްޕްގެ ޝަރުތު ތައް ކޯޓުގައި އިސްތިއުނާފުކުރީ ހުޅަނގުގެ ސްޓޭޓުގައި ވޯޓުލާ ހަ މީހުންގެ ތެރެއިން ރިޕަބްލިކަން ޕާޓީގެ ހަތަރު މެމްބަރަކާއި އަމިއްލަ ދެ މެމްބަރުންގެ ގްރޫޕަކުން ޓްރަމްޕް އަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ކެޕިޓޮލް ހަމަނުޖެހުންތަކަށް ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރި މީހުންނެވެ. 2021

ވަނަ އަހަރުގެ އެ ހަމަލާގައި އިސްކޮށް އުޅުއްވީ އޭރުގެ ރައީސްގެ ސަޕޯޓަރުން، ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވިކަން ކޮންގްރެސް އިން ކަށަވަރު ކޮށްދިނުން ހުއްޓުވަން މަސައްކަތް ކުރި އެވެ.

ކޮލޮރާޑޯގެ މައްސަލަ ހުށަހެޅި ފަރާތްތަކަށް ތާއީދުކުރީ ލިބަރަލް ވޮޗްޑޮގް ގްރޫޕެއް ކަމަށްވާ ސިޓިޒަންސް ފޯ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންޓަން (ކްރޫ) އިންނެވެ.

ކްރޫގެ ރައީސް ނޯއާ ބުކްބައިންޑަރ ހޯމަދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕަށް ވޯޓަށް އެނބުރި ދިއުމުގެ ފުރުސަތު ދީގެން ސުޕްރީމް ކޯޓުން ހާލަތު ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެ ހުކުމަކީ އެއްވެސް ގޮތަކުން ޓްރަމްޕަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި ޓްރަމްޕް ބަރީއަކުރުމުގެ ފުރުސަތު މި މައްސަލާގައި ސުޕްރީމް ކޯޓަށް ލިބުނު ކަމަށާއި، އެކަން ނުކުރަން އެ މީހުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ މަހުގެ ހަވަނަ ދުވަހަކީ ބަޣާވާތެއް ކަމަށާއި ޑޮނަލްޑް ޓްރަމްޕް އެކަމަށް ހިތްވަރު ދެއްވި ކަމަށް އެ މައްސަލަ ވަރަށް ރަނގަޅަށް ބެލި ކޮންމެ ކޯޓަކުން ވެސް ނުވަތަ ނިންމުންތައް ނިންމާ އިދާރާއަކުން ވެސް ވަނީ ނިންމައިފަ. އެއީ މިއަދުވެސް ހަގީގަތެއް" ބުކްބައިންޑަރ ވިދާޅުވިއެވެ.

ކޮލޮރާޑޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖެނާ ގްރިސްވޯލްޑް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ މެދު މާޔޫސްވާ ކަމަށާއި އެ ހުކުމުގެ ސަބަބުން އެމެރިކާގެ ސްޓޭޓްތަކަށް 14 ވަނަ އިސްލާހުގެ ބަޣާވާތުގެ މާއްދާ ތަންފީޒު ކުރުމުގެ ގާބިލުކަން ގެއްލިފައިވާ ކަމަށެވެ.

2020 ވަނަ އަހަރުގެ ވޯޓުގެ ނަތީޖާ ބާތިލްކުރަން ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅިގެން ވަކިވަކިން ޖިނާއީ ދެ ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލަ ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓުގައި އަދި ޖޯޖިއާގެ ސްޓޭޓް ލެވެލްގައި އަނެއް މައްސަލަ ހިމެނެ އެވެ.

އޭނާ ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ، އަލުން އިންތިހާބުގެ ކެމްޕެއިން ރޫޅާލުމަށް ޕްރޮސެކިއުޓަރުން ސިޔާސީ މަގްސަދެއްގައި "ވިޗް ހަންޓެއް" ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޓެގްސް: އެމެރިކާ ޑޮނަލްޑް ޓްރަމްޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.