ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވެ، ކާބޯތަކެތީގެ އެހީ ހޯދުމަށް ފަލަސްތީނު މީހުން ކިޔޫގައި

ދުނިޔެ

އިސްރާއީލުން އެހީއަށް ހުރަސް އެޅުންތަކާއިއެކު ފަލަސްޠީނުގެ ހާލަތު ގޯހުން ގޯހަށް

ދާނިޝް - މެދުއިރުމަތި | 9 މާރޗް 2024 , ހޮނިހިރު 10:17   34

ޣައްޒާގައި އިސްރާއީލުން އިންސާނީ ހައްގުތަކަށް ހުރަސް އަޅައި، ނިކަމެތިކޮށްލާފައިވާ ކަމަށް އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ ރެފިއުޖީސް އިންޓަނޭޝަނަލްގެ އާ ރިޕޯޓަކުން ބުނެފި އެވެ.

މިޞްރާއި އުރުދުން އަދި އިސްރާއީލުގައި މި ޖަމާއަތުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި ތެލްއަވީވްއިން "ޣައްޒާގެ ތެރޭގައި ހިންގާ އެހީގެ އޮޕަރޭޝަންތަކަށް ހުއްޓުމެއްނެތި ހުރަސް އެޅި ކަމަށާއި، ގާނޫނީ ރިލީފް އޮޕަރޭޝަންތަކަށް ހުރަސް އެޅިކަމަށް އަދި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހަގީގަތުގައި ވެސް އިތުރުވާނެ ފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދެކޮޅު ހެދި" ކަމަށެވެ.

މި ރިޕޯޓަކީ މި ތިން ގައުމުން އޮން ދަ ގްރައުންޑް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ހިއުމެނިޓޭރިއަން ވޯކަރުންނާއި އެންޖީއޯގެ މުވައްޒަފުންގެ އިންޓަވިއުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

"ޣައްޒާގެ އެތެރޭގެ ހާލަތު އެޕޮކަލިޕްޓިކްކަން އަޅުގަނޑުމެންގެ ދިރާސާއިން ވަރަށް ސާފުކޮށް އެނގޭ.ފަސް މަސް ދުވަހުގެ ހަނގުރާމައަށް ފަހު ފަލަސްތީނަށް އެކަށީގެންވާ ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި އަސާސީ ބޭސް ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ.ބަނޑުހައިހޫނުކަމުގެ ފެންވަރުގެ ބަނޑުހައިހޫނުކަން މިހާރުވެސް ވަރަށް ބޮޑަށް ފެތުރި، އިތުރަށް ގޯސްވަމުން އެބަދޭ" ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

ރެފިއުޖީސް އިންޓަނޭޝަނަލް އިން އިތުރަށް ބުނީ ޣައްޒާއަށް އެހީ ގެނައުމަށް މަގުފަހިކުރުމަށާއި އިންސާނީ ތަކުލީފުތައް ކުޑަކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނެރުނު ވަގުތީ ފިޔަވަޅުތަކަށް އިޒްރޭލުން އަމަލު ކުރަމުން އަންނަ ކަމަށެވެ. އައިސީޖޭގެ ދިފާއުގައި އިސްރާއީލުން ބުނެފައި ވަނީ، ޣައްޒާއަށް ވަދެ، އެހީ ބެހުމުގެ ކަންކަން ހަރުދަނާކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން "ބޭކާރު ހުރަސްތަކާއި، ލޮޖިސްޓިކް ޕްރޮސެސްތަކާއި، އަންދާޒާ ނުކުރެވޭ ވަރުގެ ވެޓިން ސިސްޓަމެއް ގާއިމުކޮށް، އިންސްޕެކްޝަން ނިޒާމަށް ބިއުރޯކްރަސީ އާއި އިންސްޕެކްޝަންގެ ލޭޔަރުތަކާއި، މަސައްކަތުގެ ގަޑިތައް މަދުވުމުގެ ސަބަބުން ވަރަށް ބޮޑަށް ބުރަވެފައިވާ" ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އިތުރުކުރި ކަމަށް ބުނާއިރު، ފެބްރުއަރީ މަހު އެވްރެޖްކޮށް ޑެލިވަރީ ކުރި ޓްރަކްތަކުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 50 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ އދ.ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިސްރާއީލުގެ އުތުރުގެ އެރޭޒް އާއި އަލް މުންތާރު ފަދަ ކްރިޓިކަލް ކްރޮސިންތައް ބަންދުވެފައި އޮތުމުގެ ސަބަބުން ޣައްޒާގެ އުތުރަށް ވަނުމަށް ވަނީ ހުރަސް އެޅިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ނޭޝަނަލް ސެކިއުރިޓީ މެމޮރެންޑަމް (އެންއެސްއެމް-20) ގެ ޝަރުތުތަކަށް އިޒްރޭލުން އަމަލުކޮށްފައި ނުވާ ކަމަށާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަލާމަތީ އެހީތެރިކަން ލިބޭ ގައުމުތަކުން އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރަން ޖެހޭ ކަމަށެވެ.

ރެފިއުޖީސް އިންޓަނޭޝަނަލް އަށް އެނގިފައިވާ ގޮތުގައި މިސްރާއި އުރުދުންގެ ތެރޭގައި ދިމާވާ ލޮޖިސްޓިކް މައްސަލަތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ވަނީ މަދުވެފަ އެވެ.

ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ ރަފާހު ކްރޮސިންއަކީ މައިގަނޑު ގޮތެއްގައި ވިޔަފާރީގެ ގޮތުން ޑެލިވަރީ ކުރުމަށް އަމާޒުކޮށްގެން ހަދާފައިވާ ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދަށް ބޭނުންވާ ގިނަ އަދަދެއްގެ އެހީ ޕްރޮސެސް ކުރުމުގެ ގާބިލުކަން ނެތެވެ. މިސްރުގެ އަސްކަރީ ސަރަހައްދެއް ކަމަށްވާ އުތުރު ސިނާއީގައި އިންސާނީ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ވެސް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައި ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

ހަމައެހެންމެ، ފަލަސްތީނުގެ ރެފިއުޖީންނަށް ބޯޑަރު ހުޅުވާލުމަށް އިސްރާއީލުން ކުރަމުންދާ ޕްރެޝަރަށް މިސްރުން އިޖާބަދިނީ އެހީދޭ އެޖެންސީތަކަށް ބޯޑަރު ސަރަހައްދަށް ވަނުމުގެ ކަންކަން ބެލެހެއްޓުމާއި ގަވާއިދު ހަރުދަނާކުރުމަށާއި ޣައްޒާއަށް މީހުން ވަދެ ނިކުމެ އުޅުން މޮނިޓާކޮށްގެން ކަމަށް ރިޕޯޓުގައި ވެ އެވެ.

އުރުދުންގެ ވެރިރަށް އައްމާންއިން ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޗެރިޓީތަކުން ރެފިއުޖީސް އިންޓަނޭޝަނަލްއަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލުގެ އޮފިޝަލުން މީގެ ކުރިން ނެތް "އުނދަގޫ ހުރަސްތަކެއް" އަޅާފައިވާ ކަމަށާއި އަދިވެސް އުރުދުންގެ ކަމާބެހޭ ފަރާތްތަކަށް ސާފު ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އަދި އާ އިންސްޕެކްޝަން ރިކުއާމަންޓްފަދަ އާ ހުރަސްތަކުގެ ސަބަބުން އިޒްރޭލަށް އެތެރެވާ އެލެންބީ ބްރިޖާއި ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ގެ ބޯޑަރު ކްރޮސިންގައި ވެސް އެހީ ހުއްޓިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ރިޕޯޓުގައި ވަނީ ޣައްޒާގައި ހަނގުރާމަކުރަމުންދާ ފަރާތްތަކުން "ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ބަނގުރޫޓުވެފައިވާ އެންމެން ދޫކޮށްލުމަށް އެއްބަސްވުމަށާއި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށް ބޯލެނބުމަށާއި ފަލަސްތީނާއި އިސްރާއީލުގެ އާންމުންގެ ހައްގުތަކާއި ސަލާމަތާއި ކަރާމާތަށް ނުރައްކާވާ ފަދަ އެއްވެސް ފިޔަވަޅަކުން ދުރުހެލިވުމަށް" ގޮވާލާފައެވެ.

މީގެ އިތުރުން ރެފިއުޖީންގެ އިންޓަނޭޝަނަލް އިން ވަނީ އާންމުންނާއި އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތައް ހުއްޓާލައި އދ އާއި އެހީދޭ އެޖެންސީތަކަށް ބޭނުންވާ އާބާދީތަކަށް ވަނުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލައިފަ އެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ރަފާގައި އަސްކަރީ ހަމަލާއެއް ދިނުމާއި ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނުވަތަ އެނޫން ވެސް ގޮތަކުން އިންސާނީ ކާރިސާ އިތުރަށް ގޯސްވެދާނެ ފަދަ އެހެނިހެން އަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށް ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 30،800 މީހުން ޝަހީދުވެ 72،198 މީހުން ވަނީ ޒަޚަމްވެފައެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.