އާސިފް އަލީ ޒަރްދާރީ ލާރްކާނާގެ ގާހި ޚުދާ ބަޚްޝް ވިލެޖްގައި ބޭއްވި ކެމްޕެއިން އެއްވުމެއްގެ ތެރެއިން

ދުނިޔެ

ޕާކިސްތާނުގެ ރައީސަކަށް ދެވަނަ ފަހަރަށް އާސިފް އަލީ ޒަރްދާރީ އިންތިހާބުކޮށްފި

ދާނިޝް - އޭޝިއާ | 10 މާރޗް 2024 , އާދީއްތަ 10:06   337

ޕާކިސްތާނު ޕީޕަލްސް ޕާޓީގެ ކޯ ޗެއާޕާސަން އާސިފް އަލީ ޒަރްދާރީ ޕާކިސްތާނުގެ ރައީސްކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޒަރްދާރީއަށް 411 ވޯޓު ލިބިފައިވާއިރު، ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން ތާއީދު ކުރާ އޭނާގެ ވާދަވެރިޔާ މަހްމޫދު ޚާން އަޗަކްޒާއީއަށް 181 ވޯޓު ލިބިފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އަވަހާރަކޮށްލާފައިވާ ފުރަތަމަ އަންހެން ލީޑަރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން ޒަރްދާރީ އަށް ވޯޓު ދެއްވީ ޕާކިސްތާނުގެ މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) ޕާޓީއާ އެކު ކޯލިޝަން ހެދި ޕީޕީޕީންނެވެ.

އިންތިޚާބުގެ މި ނަތީޖާ އާއި އެކު އަންނަ އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ޒަރުދާރީ ހުވާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން ކުދި ގިނަ ޕާޓީތަކެއް ވެސް ހިމެނޭ ކޯލިޝަން އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ޕީއެމްއެލްއެންގެ ޝެހްބާޒް ޝަރީފް ވަނީ މި ހަފުތާގެ ކުރީކޮޅު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.

ހަމައެހެންމެ،ކުރީގެ ބޮޑުވަޒީރު އިމްރާން ޖަލަށްލައި އިންތިހާބުގައި ވާދަކުރުން މަނާކޮށްފައިވާއިރު، އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް އަމާޒުކޮށް ހައްޔަރުކޮށް ސެންސަރުޝިޕް ގެނައުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުންނަށް އަމިއްލަ ގޮތުން ވާދަކުރަން މަޖުބޫރުވެގެން ދިޔައެވެ.

ޕީޓީއައި އިން ބުނީ އިންތިހާބާ ދިމާކޮށް މޯބައިލް އިންޓަނެޓް ކަނޑާލުމާއި ނަތީޖާ ލަސްވުމަކީ އެ މީހުންނަށް ލިބުނު ކާމިޔާބީއަށް ހުރަސް އެޅުމުގެ ގޮތުން މުޅި ގައުމުގައި އޮޅުވާލުން ފޮރުވުމަށް ބޭނުންކުރި ކަމެއް ކަމަށެވެ. އަދި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުތައް ވެސް ވަނީ އިންތިހާބަށް އަމާޒު ކުރުވާފައެވެ.

މިދިޔަ މަހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ޕީޓީއައި އަށް ލިބުނު ނަމަވެސް ވެރިކަން ކުރަން ބޭނުންވާ އަޣުލަބިއްޔަތު ނުލިބުމުން ޕީއެމްއެލްއެން އާއި ޕީޕީޕީއާ ދެމެދު އޮތް ކޯލިޝަނަށް މަގު ފަހިވި އެވެ.

ޕީޓީއައިގެ ޗެއާމަން ބެރިސްޓާ ގޯހަރް އަލީ ޚާން ވިދާޅުވީ ޒަރުދާރީ ގެ އިންތިހާބަކީ "ގާނޫނު އަސާސީއާ ހިލާފު" އިންތިހާބެއް ކަމަށެވެ.

އެ ޕާޓީން މިހާރު ދަނީ އެސެމްބްލީގައި އަންހެނުންނާއި މައިނޯރިޓީންނަށް ހާއްސަ ކޮށްފައިވާ ގޮނޑިތައް ކަނޑައެޅުމުގެ މައްސަލަ ބަލަމުންނެވެ.

އުމުރުން 68 އަހަރުގެ ޒަރުދާރީ މީގެ ކުރިން ރިޔާސީ މަގާމާ ހަވާލުވެވަޑައިގަތީ 2008 ވަނަ އަހަރު ބޭނަޒީރު ބުއްޓޫ އަލުން އިންތިހާބުވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ބަޑިއާއި ބޮން ގޮއްވާލުމާ ގުޅިގެން ނެގި ހަމްދަރުދީގެ ވޯޓަކަށް ފަހު އެވެ.

2013 ވަނަ އަހަރާ ހަމައަށް އެމަނިކުފާނު އަދާކުރެއްވި ރިޔާސީ ދައުރުގައި، 2010 ވަނަ އަހަރު އޭނާ ރައީސްކަމުގެ ބާރުތައް އަނބުރާ ގެންދެވިއެވެ.

އޭނާގެ ވެރިކަމުގައި ތާލިބާނުންގެ އިންޒާރުތަކުން ފެށިގެން އަސްކަރިއްޔާއާ ގުޅުން ބަދަހިކުރުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ 2011 ވަނަ އަހަރު އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އަވަހާރަކޮށްލަން ޕާކިސްތާނުގައި އެމެރިކާގެ ސްޕެޝަލް ފޯސްއިން ހިންގި އޮޕަރޭޝަނަށް ފަހު އެވެ.

ޒަރުދާރީގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، 11 އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރެއްވި ނަމަވެސް، އޭނާގެ އެކި އެކި ހިޔާނާތްތަކުން އޭނާ ވަނީ އެނބުރި ވަޑައިގެންފަ އެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.