ޑަޗެސް އޮފް ސަސެކްސް މޭގަން މާރކަލް

ދުނިޔެ

"މާބަނޑު ދުވަސްވަރު "އަނިޔާވެރި" ބުލީކުރުމާއި ގޯނާގެ ޝިކާރައަކަށްވި" :ޑަޗެސް އޮފް ސަސެކްސް މޭގަން

ދާނިޝް - ދުނިޔެ | 30 މާރޗް 2024 , ހޮނިހިރު 12:22   29

އޮންލައިންކޮށް ބުލީ ކުރުމާއި ގޯނާކުރުމުގެ "އަނިޔާވެރި" ތަޖުރިބާ ކުރެވުނު ކަމަށާއި އޭގެ "ބޮޑު ބައެއް" ދިމާވީ މާބަނޑު ދުވަސްވަރު ކަމަށް ޑަޗެސް އޮފް ސަސެކްސް މޭގަން މާރކަލް ވިދާޅުވެއްޖެެއެވެ.

އެމެރިކާގެ ޓެކްސަސްގެ އޮސްޓިންގައި ހުންނަ ސައުތު ބައި ސައުތުވެސްޓް ފެސްޓިވަލް (އެސްއެކްސްއެސްޑަބްލިއު) ގެ އިވެންޓެއްގައި ހުކުރު ދުވަހު ސްޓޭޖުގައި ވާހަކަ ދައްކަވަމުން މޭގަން ވިދާޅުވީ މިވަގުތު (ސޯޝަލް މީޑިއާ) އާ ދުރުކަން ބަހައްޓަނީ އަމިއްލަ ދުޅަހެޔޮކަމަށްޓަކައި ކަމަށެވެ.

"ސޯޝަލް މީޑިއާ އާއި އޮންލައިންކޮށް އަޅުގަނޑަށް ކުރިމަތިވަމުން ދިޔަ ބުލީއާއި ގޯނާގެ ބޮޑު ބަޔަކީ އާޗީ އާއި ލިލީއާ މާބަނޑު ދުވަސްވަރު އަދި އަލަށް އުފަންވި ކުއްޖަކާ އެކު އުޅެން ޖެހުނު ދުވަސްވަރު،" އޭނާ އިތުރަށް ބުންޏެވެ.

އަދި އެކަމާ ވިސްނާ، ހަގީގަތުގައި އެގެން ޖެހޭނީ މީހުން އެހާ ނަފްރަތު ކުރާނީ ކީއްވެތޯ. އެއީ ކެޓީއެއް ނޫން.އެއީ އަނިޔާވެރި ކަމެއް" މޭގަން ބުނެލިއެވެ.

މޭގަން ވިހާފައި ވަނީ ފިރިމީހާ ޕްރިންސް ހެރީއާ އެކު އޭނާގެ ފުރަތަމަ ދަރިފުޅު އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްސާ ވިހާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އެއަށްފަހު އެދެމަފިރިން ވަނީ 4 ޖޫން 2021 ގައި ލިލީބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓަން-ވިންޑްސަރއަށް މަރުހަބާ ކިޔާފައެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން 2019 ވަނަ އަހަރުގެ މާޗް މަހު ސޯޝަލް މީޑިއާގައި އޮންލައިން ޕޯސްޓުތަކާ މުއާމަލާތް ކުރާއިރު "އިހުލާސްތެރިކަމާއި އޯގާތެރިކަމާއި އިހުތިރާމް" ދެއްކުމަށް އަންގަވާފައި ވަނީ ޑަޗެސް އޮފް ކެމްބްރިޖްގެ މޭގަން އާއި ކޭޓަށް އަމާޒުކޮށް އޮންލައިންކޮށް ބަދުއަހުލާގީ އަމަލުތައް ހިންގުމުގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވުމާ ގުޅިގެންނެވެ. ީޑިއާ ކުންފުނިތަކުގެ ކިބައިން އެދުނީ ޖިންސީ އަދި ނަސްލީ ގޮތުން ދައްކާ ވާހަކަތައް ހިމެނޭ ގޮތަށް ގޯނާގެ މައްސަލަ ބޮޑުވުމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

އަދި މޭގަންއަށް އަމާޒުކޮށް ދައްކާ ވާހަކަތައް ފިލްޓަރކޮށް ޑިލީޓްކުރުމަށާއި، ބަދުއަހުލާގީ ޓްވިޓާ އަދި އިންސްޓަގްރާމް އެކައުންޓްތައް ބްލޮކް ކުރުމަށް ވެސް ގަނޑުވަރުގެ މުވައްޒަފުން ވަނީ އިތުރު ވަސީލަތްތައް ހާއްސަކުރަން ފަށައިފަ އެވެ.

"ޑިޖިޓަލް ސްޕޭސްގައި ވެސް އަދި މީޑިއާގެ ބައެއް ދާއިރާތަކުގައި ވެސް އިންސާނިއްޔަތުކަން ހަނދާން ނައްތާލައިފި.އަދި އެކަން ބަދަލުވާން އެބަޖެހޭ. އަޅުގަނޑަށް ވިސްނުނީ ބޮޓަމް ލައިންއެއް އެބައޮތްކަން، އަޅުގަނޑަށް ވިސްނުނީ އެތަނުގައި ވަރަށް ގިނަ ފައިސާ ހޯދަމުންދާކަން. އެކަމަކު ޑޮލަރު ލިބުނަސް އޭގެ މާނައެއް ނެތް" މޭގަން ވިދާޅުވި އެވެ.

ޓެގްސް: ހަނގާކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.