އޮސްޓްރޭލިއާގެ ލޭޓަމް އެއަރގެ މަތިންދާބޯޓު

ދުނިޔެ

އޮސްޓްރޭލިއާއިން ނިއުޒިލޭންޑަށް ދަތުރުކުރި ފްލައިޓެއް ވައިގެ ތެރޭގައި ކުއްލިއަކަށް ވައިގެތެރޭގައި ވެއްޓި ގިނަބަޔަކު ޒަޚަމްވެއްޖެ

އަލީ އަޒްޔަން - އޮސްޓުރޭލިއާ | 12 މާރޗް 2024 , އަންގާރަ 10:32   615

އޮސްޓެރޭލިއާ އިން ފުރައިގެން ނިއުޒިލޭންޑަށް ދަތުރުކުރަމުންދިޔަ ލޭޓަމް އެއަރގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއިއެކު، ވައިގެ ތެރޭގައި ބޯޓު ވެއްޓި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

ވައިގެ ތެރޭގައި ކުއްލިއަކަށް ބޯޓް ވެއްޓިގެން ދިޔައިރު، ޕަސެންޖަރުން ތިބީ ކެބިންތެރޭގައި އުދުހިފައިކަހަލަ ގޮތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކެބިން ތެރޭގައި ގިނަ ޢަދަދަކަށް ލޭ ވެސް ހުއްޓެވެ.

މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބި ފަރުވާދޭން ޖެހުނެވެ. 12 މީހަކު ހޮސްޕިޓަލަށް ފޮނުވާލެވުނުއިރު އޭގެ ތެރެއިން އެކެއްގެ ޙާު ވަރަށް ގޯހެވެ.

މި ޙާދިސާ އާއިގުޅިގެން އެއަރލައިނުން ބަޔާނެއް ނެރެ މާފަށް އެެދިފައިވާއިރު، މައްސަލަ ދިމާވި ސަބަބު މިހާތަނަށް ހޯދިފައިނުވެއެވެ.

ނިއުޒިލޭންޑްގެ ކަމާއިބެހޭ އިދާރާތަކުން އަންނަނީ މި ޙާދިސާ ހިނގައިދިޔަގޮތް ތަޙްޤީގްކުރަމުންނެވެ.

ޓެގްސް: އޮސްޓްރޭލިއާ ނިއުޒިލޭންޑް ވައިގެ ދަތުރުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.