ދެކުނު ކޮރެއާ

ދުނިޔެ

ބީޓީއެސް އާއި ޕެރަސައިޓްގެ ކާމިޔާބީއަށް ފަހު ދެކުނު ކޮރެއާއިން ޑިޖިޓަލް ނޯމަޑުންނަށް ހިތްވަރު ދީފި

ދާނިޝް - އޭޝިއާ | 20 މާރޗް 2024 , ބުދަ 19:07   42

އޭޝިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ވެފައިވާ މަޝްހޫރު ސަގާފީ ޖަގަނޯޓް، ދެކުނު ކޮރެއާގެ ގެ ނަޒަރު ހުއްޓިފައި ވަނީ އާ ވައްތަރެއްގެ ޓްރެވަލަރެއް ކަމަށްވާ ޑިޖިޓަލް ނޯމަޑްގެ ބާޒާރު ކޮޅަށް ޖެހުމަށެވެ.

މިދިޔަ ޖެނުއަރީ މަހު ދެކުނު ކޮރެއާ ސަރުކާރުން ވަނީ "ވެކޭޝަން" ވިސާ ތައާރަފުކޮށް، ޓްރާންސިއޭޓް ރިމޯޓް ވޯކަރުންގެ އިތުރުވަމުންދާ ޕޫލަށް ޓެޕްކޮށް އިގްތިސާދީ ކުރިއެރުމެއް ހޯދަން މަސައްކަތްކުރާ ގައުމުތަކުގެ ދުނިޔޭގެ ޓްރެންޑުގައި ބައިވެރިވެފަ އެވެ.

އެފް-1-ޑީ ވަރކޭޝަން ވިސާއަށް ކުރިމަތިލާ ފަރާތްތަކުން އަހަރަކު މަދުވެގެން 84.96 މިލިއަން ވޮން (64،000 ޑޮލަރު) ގެ އާމްދަނީއެއް ލިބޭކަން ސާބިތުކޮށްދޭން ޖެހެއެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަޒީފާގެ ކޮންޓްރެކްޓާއި މެޑިކަލް އިންޝުއަރެންސް ކަވަރޭޖް މަދުވެގެން އެއް ލައްކަ ޑޮލަރުގެ އިތުރުން އެހެނިހެން ޝަރުތުތައް ހުންނަން ޖެހެ އެވެ.

އިނގިރޭސިވިލާތުގެ ފްރީލާންސް ކޮޕީ ރައިޓަރެއް ކަމަށްވާ ޑޭވިޑް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިއީ "ކެލީ ޓެކް ބްރޯ" ވިސާއެއް ހެން ހީވާ ކަމަށާއި އެއީ ނޯމެޑް ވިސާއެއް ނޫން ކަމަށެވެ.

ދެކުނު ކޮރެއާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބުސާންގައި ދިރިއުޅޭ ޑޭވިޑް ބުނީ ދުނިޔޭގެ ގިނަ ކުންފުނިތަކަކަށް މަސައްކަތް ކުރި ނަމަވެސް މުސާރައިގެ ޝަރުތު ހަމަނުވާ ކަމަށެވެ. "ގައުމީ މުސާރައަށް ވުރެ ދެގުނަ ބޮޑުތަން ފެންނަނީ ތަންކޮޅެއް ބޮޑުކޮށް، ސަރުކާރުން ބޭނުންވަނީ އެސްއޯ "ބޭނުން ނުވާ" ގައުމުތަކުގެ މީހުން ކުރިމަތިލުމުން ދުރުކުރަން،"ޑޭވިޑް ވިދާޅުވި އެވެ.

ސޯލް އިން ވަނީ ވިސާ ޕްރޮމޯޓްކޮށްފައި ވަނީ "މަތީ އާމްދަނީ ލިބޭ ބިދޭސީން" ޝައުގުވެރިކުރުވައި އިގްތިސާދީ ހަރަކާތްތައް ހަރުދަނާ ކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ.

އަދި ވިސާގެ ޝަރުތުތަކުގެ ދަށުން 12 މަސް ދުވަހަށް އެގައުމުގައި ތިބެވޭނެ ކަމަށާއި، އެ މީހުންގެ ހުރުމުގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް ލޯކަލް ކޮށް ވަޒީފާ އެއް ނުދެވޭނެ ކަމަށްވެސް މި ވިސާގެ ގަވާއިދުގައި ވެއެވެ.

ހަމައެހެންމެ، 2021 ވަނަ އަހަރު އެންމެ ފުރަތަމަ ވިސާ އިއުލާނު ކުރިއިރު އޮފިޝަލުން ވިދާޅުވީ ވަޒީފާގެ ޝަރުތު ގެނައުމުގެ ބޭނުމަކީ ބެކްޕެކަރުން ތިބުމަށް ބޭނުންވާ ވަރަށް ފައިސާ ނުލިބި ވިސާގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަން ކަށަވަރު ކުރުން ކަމަށެވެ.

ޑިޖިޓަލް ނޯމެޑް ވިސާ ދޭ ގައުމުތަކުގެ ތެރެއިން ދެކުނު ކޮރެއާ އަކީ އާމްދަނީ ލިބެންޖެހޭ މިންވަރު އެންމެ ބޮޑު ގައުމު ތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.

މިގޮތުން، ޗެކް ރިޕަބްލިކަށް މަހަކު ގާތްގަނޑަކަށް 2،700 ޑޮލަރުގެ އާމްދަނީއެއް ބޭނުންވާއިރު، އެއީ އެވްރެޖް ކޮށް އަހަރަކު ލިބޭ މުސާރައިގެ ގާތްގަނޑަކަށް 1.5 ގުނަ ބޮޑު އާމްދަނީއެއް ކަމަށް ވާއިރު، ދުބާއީއިން މަހަކު ގާތްގަނޑަކަށް 3،500 ޑޮލަރުގެ އާމްދަނީއެއް ހޯދަން އެދެ އެވެ. އޭޝިއާގައި މެލޭޝިއާއިން ދާދި ފަހުން ތައާރަފްކުރި ޑިޖިޓަލް ނޯމެޑް ވިސާއަށް މަހަކު ގާތްގަނޑަކަށް 2،000 ޑޮލަރާ އެއްވަރުގެ އާމްދަނީއެއް ލިބެން ޖެހެ އެވެ. ޖަޕާނުގެ އާ ޑިޖިޓަލް ނޯމެޑް ވިސާއަށް މަހަކު ގާތްގަނޑަކަށް 5،530 ޑޮލަރުގެ އާމްދަނީއެއް ހޯދަން ޖެހެ އެވެ.

ދެކުނު ކޮރެއާގެ މި ސްކީމަކީ ނުވަދެވޭ ސްކީމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރި ނަމަވެސް ޑިޖިޓަލް ނޯމަޑްސް ކޮރެއާ ކޮމިއުނިޓީގެ ބާނީ ޖިއޮންގް ހިއުން ޗޯ އަދިވެސް ހުންނެވީ މި ޕްރޮގްރާމްގެ ގާބިލުކަމާ މެދު އުއްމީދުގަ އެވެ.

"ކޮރެއާއަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި ހަލުވި އިންޓަނެޓް ކަނެކްޝަންތަކުގައި ދެބަސްވެވެން ނެތް ބާރެއް އޮތް ގައުމެއް، ރަށްފުށުގެ ސަރަހައްދުތަކުގައި ވެސް،" އަލްޖަޒީރާއަށް ޗޯ ވިދާޅުވި އެވެ.

"މިއީ އެންމެ ގިނައިން އައިޓީ އަދި ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ޑިޖިޓަލް ނޯމަޑުންނަށް ވެސް އެޓްރެކްޝަން ޕޮއިންޓެއް އަދި ބޭނުންތެރި ކަމެއް." ސޯލްގެ ކޯ ލިވިން އެންޑް ވޯކިން ސްޕޭސް ހޮޕިން ހައުސް ހިންގާ ޗޯ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ސްކީމް ފުޅާ ކުރެވިދާނެ ކަމަށެވެ.

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ދެކުނު ކޮރެއާއަށް ޑިޖިޓަލް ނޯމަޑު ވިސާއަށް ރަސްމީކޮށް އެދި ހުށަހަޅާފައިވަނީ އެންމެ 31 އެޕްލިކޭޝަނެވެ.

ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ބުނީ އާމްދަނީގެ ތްރެޝްހޯލްޑް ކަނޑައެޅީ ބޭރުގެ ބެންޗްމާކްތަކާއި އެތެރޭގެ ދިރިއުޅުމުގެ ޚަރަދާއި ޓޫރިޒަމަށް ކުރާ ހަރަދުތަކާއި ގަވައިދާ ހިލާފަށް އޯވަސްޓޭސް ނުވަތަ ވަޒީފާގެ ނުރައްކާ ފަދަ ކަންކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ބެލުމަށް ފަހު ކަމަށެވެ. އަދި ފްރީލާންސަރުންނަކީ ޝަރުތު ހަމަވާ ބައެއް ކަމަށް ނުބެލެވޭ ކަމަށާއި މުސާރައިގެ ތްރެޝްހޯލްޑް ކުޑަކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.