ޣައްޒާގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ މައި މަރުކަޒު ކައިރީގައި އިސްރާއީލު ސިފައިން މަޑުކޮށްލައިގެން

ދުނިޔެ

އިސްރާއީލަށް ތާއީދުކުރާ އޮންލައިން ނުފޫޒުފޯރުވުމުގެ އޮޕަރޭޝަނަކީ ޔޫއެންއާރްޑަބްލިއުއޭއަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް: ރިޕޯޓް

ދާނިޝް - މެދުއިރުމަތި | 21 މާރޗް 2024 , ބުރާސްފަތި 18:07   38

ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްގެން އޮންލައިންކޮށް ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަނެއް އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އަށް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލުގެ ނޫހެއް ކަމަށްވާ ހަރެޓްޒް އިން ބުނެފި އެވެ.

އޮންލައިން ކޮށް ދޮގު މައުލޫމާތު ދިރާސާ ކުރާ އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ ފޭކް ރިޕޯޓާ އަށް ބުނެފައިވާ ގޮތުގައި އެ އެކައުންޓްތަކުގައި އދ.ގެ އެޖެންސީ އާއި ހަމާސްއާ ދެމެދު ގުޅުން އޮތް ކަމަށް ބުނެ އިސްރާއީލު ސަރުކާރުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކޮށް، ސޯޝަލް މީޑިއާވެބްސައިޓްތަކުގައި ކޮމެންޓުތަކުގައި އެ ވާހަކަތައް ފަތުރާފައި ވެއެވެ.

ހާރެޓްޒް ސިފަކުރެއްވި ފަދައިން، ހިބްރޫ ބަހުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އިސްރާއީލަށް ތާއީދުކުރާ ވާހަކަތައް ޕްރޮމޯޓް ކުރުމަށް ނުފޫޒު ފޯރުވުމުގެ ކެމްޕެއިން ބަރޯސާވެފައި ވަނީ ސޯޝަލް މީޑިއާގެ އެތައް ސަތޭކަ އެކައުންޓެއްގެ ނެޓްވޯކަކާއި އަލަށް އުފެއްދި ތިން "ނިއުސް ވެބްސައިޓް" ގެ މައްޗަށެވެ.

ނަމަވެސް ފާއިތުވި ހަފުތާތަކުގައި އިންފްލުއެންސް ކެމްޕޭނުން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީއެއް ކަމަށްވާ ޔޫއެންއާރުޑަބްލިއުއޭ އަށް އަމާޒުކޮށްފަ އެވެ. އެ ރިޕޯޓުން އެނގުނު ގޮތުގައި ފޭކް އެކައުންޓްތަކުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ހުޅަނގުގެ މީޑިއާތަކުން އދ.ގެ އެޖެންސީ އާއި ހަމާސްއާ ގުޅުން އޮތް ކަމަށް ބުނެ ވޯލް ސްޓްރީޓް ޖާނަލްގެ ވާހަކައެއްގެ ސްކްރީންޝޮޓްތައް ޖަހާފައިވާ ޕޯސްޓުތަކަށް ޖަވާބު ދެމުން ދެ އެވެ.

"ކެމްޕެއިންގެ ވައްތަރުތަކުން މިފަދަ ވާހަކަތައް ދެއްކުމުން އެންމެ ބޮޑަށް ޓާގެޓްކުރީ އެމެރިކާގެ ސިޔާސީ ބޭފުޅުން، ހާއްސަކޮށް ޑިމޮކްރެޓިކް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި އިޒްރޭލަށް ތާއީދުކުރާ ކަމަށް ބެލެވޭ އެކައުންޓްތައް،" ހާރެޓްޒްގެ އާޓިކަލްގައި ވެ އެވެ.

"ހަނގުރާމައިގެ މުއްދަތުގައި ކެމްޕެއިންގެ ކޮންޓެންޓް ތައް އެނަލިސިސް ކުރުމުން އެނގޭ ގޮތުގައި ޔޫއެންއާރުޑަބްލިއުއޭ އަކީ އެންމެ މަގުބޫލު މައުޟޫއެވެ." މި ރިޕޯޓުގައި އިތުރަށް ވެއެވެ.

ޔޫއެންއާރްޑަބްލިއުއޭއާ ބެހޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލްއިން ނެރުނު ރިޕޯޓަކީ އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކު ގުޅިގެން ލިޔެފައިވާ ރިޕޯޓެކެވެ.

މީގެ އިތުރުން އޮންލައިން އިންފްލުއެންސް ކެމްޕެއިންތަކުގެ ތަޖުރިބާކާރެއް އަދި ގަތަރުގެ ހަމަދު ބިން ޚަލީފާ ޔުނިވާސިޓީގެ މިޑްލް އީސްޓް ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ މާކް އޮވެން ޖޯންސް ވެސް މިދިޔަ މަހު ވަނީ ފޭކް އެކައުންޓްތަކުގެ ނެޓްވޯކް ފާހަގަކޮށްފަ އެވެ.

"އެކްސް، ތްރެޑްސް، އެފްބީ އިންސްޓަގައި އިޒްރޭލުގެ ޕްރޮޕެގެންޑާ ޕްރޮމޯޓްކުރާ އެތައް ސަތޭކަ ސޮކް ޕަޕެޓްތަކެއް ފެނިއްޖެ. އޭގެ ތެރޭގައި "ފޭކް" ވެބްސައިޓްތައް ވެސް ހިމެނޭ،" ފެބްރުއަރީ 2 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި ޖޯންސް ލިޔެފައިވެ އެވެ.

"ދާދި ފަހުން އެ ޖަމާއަތުން ދަނީ ޔޫއެންއާރްޑަބްލިއުއޭއާ ދެކޮޅު ދޮގު މައުލޫމާތު ތައް ފަތުރަމުން، ފަލަސްތީނުގެ މީހުންނާއި ކަޅު ނަސްލުގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރަމުން." އޭނާ ލިޔުއްވާފާ ވެއެވެ.

މިއަހަރުގެ ކުރީކޮޅު އިސްރާއީލު ސަރުކާރުން ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި އދ.ގެ އެޖެންސީގެ 12 މެމްބަރަކު ބައިވެރިވި ކަމަށާއި އެ ހަމަލާގައި 1030 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ އެ ތުހުމަތުތައް ތަހުގީގު ކުރަން ފަށައިފަ އެވެ. އދ އިން ވަނީ އެ އެޖެންސީ މުރާޖައާ ކުރުމަށް މިނިވަން ޕެނަލެއް ވެސް އެކުލަވާލައިފަ އެވެ. އިސްރާއީލުގެ މި ތުހުމަތުތަކާ ގުޅިގެން، ޣައްޒާއާއި މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް ތައުލީމާއި ސިއްހީ ދާއިރާ ފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ޔޫއެންއާރްޑަބްލިއުއޭއަށް އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ބައެއް ގައުމުތަކުން ދޭ ފައިސާ މެދުކަނޑާލަން ޖެހުނެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ އިންޒާރުދީފައެވެ.

މިދިޔަ މަހު ބައެއް މީޑިއާތަކަށް ފެނުނު ރިޕޯޓެއްގައި ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ އިސްރާއީލު ސިފައިން ޣައްޒާގައި ތިބި އެ ޖަމާއަތުގެ ސަފައިންނަށް ވެސް ވަނީ ހަމާސްއާ ގުޅުން އޮތް ކަމަށް އިއުތިރާފުވުމަށް މަޖުބޫރު ކުރުމުގެ ގޮތުން އެކި އެކި އަނިޔާތައް ދީފައެވެ.

ފާއިތުވި ހަފުތާތަކުގައި ކެނެޑާ އާއި އޮސްޓްރޭލިއާ ފަދަ ގިނަ ގައުމުތަކަކުން ވަނީ އދ.ގެ އެޖެންސީއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. ފަލަސްތީނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޔޫއެންއާރުޑަބްލިއުއޭގެ މުހިންމު ދައުރެއް އޮތްކަން ތަކުރާރުކޮށް ގަބޫލުކުރި ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ގެންދަނީ ޔޫއެންއާރުޑަބްލިއުއޭގެ ފައިސާ ތައް ސަސްޕެންޑް ކުރަމުންނެވެ.

ޔޫއެންއާރްޑަބްލިއުއޭއަށް އެމެރިކާއިން ދޭ ފައިސާ މަނާކުރާ ގޮތަށް ކޮންގްރެސްގައި ވިސްނަމުންދާ ބޭރުގެ ފަންޑިން ބިލަށް ވެސް ވައިޓް ހައުސް އިން ވަނީ ތާއީދުކޮށްފަ އެވެ. ޑިމޮކްރެޓިކް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ އެ އެހީ އަލުން ދިނުމަށް ބައިޑަންއަށް ގޮވާލާފަ އެވެ.

ސެނެޓަރު ކްރިސް ވެން ހޮލެން އާދީއްތަ ދުވަހު ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެނިހެން ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި، ކޮންމެވެސް ގޮތަކުން ޔޫއެންއާރުޑަބްލިއުއޭއަކީ ހަމާސްގެ ޕްރޮކްސީއެއް ކަމަށް ބުނާ ބުނުމަކީ ބޮޑު ދޮގެއް ކަމާއިމެދު ޝައްކެއް ނެތް ކަމަށެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.