ޔޫރަޕް ސަރަޙައްދުގައި ދިރިއުޅޭ 400 މިލިއަން މީހުންނަށް ވިސާއާއި ނުލައި....

ދުނިޔެ

13 އަަހަރުގެ އިންތިޒާރަށްފަހު ބަލްގޭރިއާ އާއި ރޯމޭނިއާ ރައްޔިތުންނަށް ވިސާ އާއި ނުލައި ޔޫރަޕަށް ދަތުރުކުރެވޭ ގޮތްވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 31 މާރޗް 2024 , އާދީއްތަ 13:49   344

ބަލްގޭރިއާ އާއި ރޯމޭނިއާއިން ޔޫރަޕްގެ ސެންޖެން ވިސާގައި ބޯޑަރ ޗެކްކުރުމެއްނެތި އެއްޤަައުމުން އަނެއްޤައުމަށް ދަތުރުކުރެވޭނެކަމުގެ 13 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ.

ނަމަވެސް އޮސްޓްރިއާ އިން ވީޓޯ ކުރުމުން އެއްގަމު މަގުން އޮންނަ މަގުތަކަށް އަދި މި ސްޓޭޓަސް އެޕްލައި ނުވާނެއެވެ.

ޕާޝަލް މެމްބަރެއްގެ ގޮތުގައި އޮތް ނަމަވެސް، ދެގައުމުގެ ވައިގެ އަދި ކަނޑުގެ ބޯޑަރުތަކުގައި ކޮންޓްރޯލްތައް އުވާލުމަކީ މުހިންމު ރަމްޒީ އަގުހުރި ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝެންޖަންއަށް ވަނުމަކީ ބަލްގޭރިއާ އާއި ރޫމިނިއާއަށް "މުހިންމު މައިލްސްޓޯނެއް" ކަމަށާއި، މިއީ "ކަރާމާތުގެ ސުވާލެއް، ޔޫރަޕިއަން ޔޫނިއަންއަށް ނިސްބަތްވުމުގެ ސުވާލެއް" ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން ޕޮލިސީ އެނަލިސްޓް ސްޓެފަން ޕޮޕެސްކޫ ވިދާޅުވެފައިވެއެވެ.

"މިއީ ދެ ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް، އަދި ޝެންގޭން ސަރަހައްދަށް ވެސް ތާރީހީ ވަގުތުކޮޅެއް -- ދުނިޔޭގެ މިނިވަން ދަތުރުފަތުރުގެ އެންމެ ބޮޑު ސަރަހައްދު،" އީޔޫގެ ލީޑަރ އުރުސުލާ ފޮން ޑަރ ލޭއެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

ހުކުރު ދުވަހު ބަލްގޭރިއާ އާއި ރޫމިނިއާ އައުމާއެކު ޝެންގޭން ޒޯނުގައި 29 މެމްބަރުން ހިމެނޭނެ -- ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމުގެ ތެރެއިން 25 ގައުމުގެ އިތުރުން ސްވިޒަލޭންޑް، ނޯވޭ، އައިސްލޭންޑް އަދި ލިޗްޓެންސްޓައިން އެވެ.

ރޫމިނިއާ ސަރުކާރުން ބުނީ ޝެންގޭންގެ ގަވާއިދުތައް ހަތަރު ބަނދަރަކާއި 17 އެއާޕޯޓަކަށް އަމަލުކުރާނެ ކަމަށާއި ޝެންގޭން ދަތުރުތަކުގެ އެންމެ ބޮޑު ހަބަކީ ވެރިރަށް ބުކަރެސްޓް ކައިރީގައި އޮންނަ އެގައުމުގެ އޮޓޮޕެނީ އެއާޕޯޓެވެ.

ބަލްގޭރިއާ އާއި ރޫމިނިއާ އިން ވެސް އުންމީދު ކުރަނީ އަހަރު ނިމޭއިރު ޝެންގޭން އާއި ފުރިހަމައަށް އިންޓަގްރޭޓް ވުމަށެވެ.

ރޫމިނިއާ އާއި ބަލްގޭރިއާ ގެ ކުރިން، އީޔޫއާ ގުޅުނު ކްރޮއޭޝިއާ ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝެންގޭންގެ 27 ވަނަ މެމްބަރުކަން ހޯދައިފަ އެވެ.

1985 ވަނަ އަހަރު އުފެއްދި ޝެންގޭން ސަރަހައްދުގައި 400 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެތެރޭގެ ބޯޑަރު ކޮންޓްރޯލްތަކާ ނުލައި މިނިވަންކަމާއެކު ދަތުރުކުރެވެއެވެ.

ޓެގްސް: ޔޫރަޕް ޔޫރަޕިއަން ޔޫނިއަން ބަލްގޭރިއާ ރޫމޭނިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.