އިންތިޚާބުގައި 64 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤުލިބިގެންވޭ

ދުނިޔެ

ތުރުކީގެ ލޯކަލްކައުންސިލް އިންތިޚާބުގައި ރައީސް ޢުރުދުޢާންއަށް ބޮޑު ނާކާމިޔާބެއް

އަލީ އަޒްޔަން - ދުނިޔެ | 1 އޭޕުރިލް 2024 , ހޯމަ 07:20   314

ތުރުކީގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ތައްޔިބް ޢުރުދުޢާންއަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ވޯޓުގައި ތުރުކީގެ ބޮޑެތި ސިޓީތައްކަމުގައިވާ އިސްތަންބޫލް އާއި ވެރިރަށް އަންކާރާގެ ގޮނޑިތައް ވެރިކަންކުރާ ޕާޓީއަށް ގެއްލިފައިވާއިރު، އިދިކޮޅުން ވަނީ ނަތީޖާގެ ބޮޑުބަޔަކާއިއެކު އިންތިޚާބުން ކާމިޔާބީ ހޯދާފައިވާކަން އިޢްލާންކޮށްފައެވެ.

މީގެ ކުރިން އަންކާރާގެ މޭޔަރކަން ވެސް ކުރައްވާފައިވާ ޢުރުދުޢާންގެ ސަރުކާރުން ވަނީ ހުރިހާ އާރަކާއި ބާރަކާއިއެކު އިންތިޚާބު ކާމިޔާބުކުރުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށްފައެވެ

ޢުރުދުޢާންގެ ސަރުކާރަށް ފަހަކަށް އައިސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވެއެވެ. އޭގެތެރޭގައި ތަކެތީގެ އަގުބޮޑުވެ އިގްތިޞާދީ ޙާލަތު ދަށަށް ގޮސްފައިވާއިރު، ވަޒީފާތައް މަދުވެ، މީހުންގެ ދިރިއުޅުމުގެ ފެންވަރު ވަރަށްބޮޑުތަން ދަށަށް ގޮސްފައިވެއެވެ.

މި އިންތިޚާބުގައި 61 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤުލިބިފައިވެއެވެ.

ޢުރުދުޢާންގެ ވެރިކަމުގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުއެވެ.

ޓެގްސް: ތުރުކީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.