އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ދުނިޔެ

ހިޔާނާތުގެ މައްސަލާގައި ޓްރަމްޕް 175 މިލިއަން ޑޮލަރުގެ ބޮންޑެއް ޕޯސްޓް ކުރައްވައިފި

ދާނިޝް - އެމެރިކާ | 3 އޭޕުރިލް 2024 , ބުދަ 11:17   431

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލް ޓްރަމްޕްގެ މިހާރު ނިއުޔޯކްގައި ހިންގަމުންދާ މަދަނީ ހިޔާނާތުގެ މައްސަލާގައި 175 މިލިއަން ޑޮލަރުގެ ބޮންޑެއް އަޅުއްވައިފި އެވެ.

އަންނަ ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ވާދަކުރައްވަން ހަމަޖެހިފައިވާ ޓްރަމްޕްގެ މައްޗަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ލޯނާއި އިންޝުއަރެންސްގެ ރަނގަޅު ޝަރުތުތައް ހޯދުމަށް ޓަކައި އޭނާގެ މިލްކިއްޔާތު ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށް އޮޅުވާލުމުގެ ޒިންމާ އުފުލަން ޖެހިފައެވެ.

މިދިޔަ ހަފުތާގައި އިސްތިއުނާފް ކޯޓަކުން ޓްރަމްޕާއި އޭނާގެ ބޮޑެތި ދަރިންނާއި ޓްރަމްޕް އޯގަނައިޒޭޝަންގެ ކުރީގެ ދެ އެގްޒެކެޓިވްގެ މައްޗަށް 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށް، އެހެން ފަނޑިޔާރަކު ކަނޑައެޅި 454 މިލިއަން ޑޮލަރުގެ ބޮންޑެއް ނުދެއްކުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ޓްރަމްޕްގެ ވަކީލުން ވަނީ ޓްރަމްޕްގެ ފައިސާ އާއި ރިއަލް އެސްޓޭޓް ހޯލްޑިންގްސް ކޮލެޓަރަލްގެ ގޮތުގައި ބަލައިގަތުމަށް 30 އަށް ވުރެ ގިނަ އިންޝުއަރެންސް ކުންފުނިން ދެކޮޅު ހެދުމުން، ފުރިހަމަ ހުކުމަށް ބޮންޑެއް ހޯދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އިސްތިއުނާފު ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލަކުން އަދިވެސް ޓްރަމްޕްގެ އިސްތިއުނާފުގެ މެރިޓްތަކާ މެދު ގޮތެއް ނުނިންމަ އެވެ. ޓްރަމްޕް ވަނީ ހަގީގަތުގައި ވެސް އޭނާގެ ނަސީބު ކުޑަކޮށް، މާލީ އިދާރާތަކުން އޭނާގެ އަގުފޭސް ވެލިއުއަށް ނުނަގާ ކަމަށް ވިދާޅުވެ، ގޯސްކަމަށް އިންކާރު ކުރައްވައިފަ އެވެ.

މި ބޮންޑުގެ މާނައަކީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާއާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް އަށް ޓްރަމްޕްގެ އިސްތިއުނާފް މަރުހަލާ ނިމެންދެން 454 މިލިއަން ޑޮލަރު ނުނެގޭނެ ކަމެވެ. ބޮންޑު ނެތުމުން ޖޭމްސްއަށް ޓްރަމްޕްގެ މުދާ ހިފެހެއްޓުމަށް ފިޔަވަޅުއެޅުމުގެ އިތުރުން ބޭންކް އެކައުންޓްތައް ފްރީޒްކުރުމާއި އޭނާގެ މުދާ ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ އަތުން ކުލި ނެގުން ހިމެނެއެވެ.

175 މިލިއަން ޑޮލަރުގެ މި ބޮންޑަކީ ކެލިފޯނިއާގެ ނައިޓް ސްޕެޝަލިޓީ އިންޝުއަރެންސް ކުންފުނިން ދިން ބޮންޑެކެވެ.

އެ ބޮންޑުގައި ފައިސާ ޓްރާންސްފާ ކުރުން ނުހިމެނޭ ކަމަށާއި އޭގެ މާނައަކީ ޓްރަމްޕްގެ އިސްތިއުނާފު ނާކާމިޔާބުވެ، ފައިސާ ނުދައްކައިފި ނަމަ ޓްރަމްޕާ ދެކޮޅަށް ހުކުމް ކުރާނެ ކަމަށް އެ ކުންފުނިން ވައުދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިއުޔޯކްގެ ގާނޫނުބުނާ ގޮތުން ހުކުމެއް ތަންފީޒުކުރުން ހުއްޓޭނީ ދައްކަންޖެހޭ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދޭ ބޮންޑެއް ބަހައްޓައިފި ނަމަ އެވެ.

ޓްރަމްޕް އަލުން ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އޭނާއަށް ވަނީގާނޫނީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ތަފާތު ހަތަރު ދާއިރާއެއްގައި ޖިނާއީ ހަތަރު ދައުވާއެއް ހިމެނެ އެވެ.

މީގެ ތެރެއިން ފުރަތަމަ މައްސަލައިގެ ޝަރީއަތް އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ބޮޑެތި ފިލްމީ ތަރި ސްޓޯމީ ޑެނިއަލްސް އަށް ސިއްރުން ފައިސާ ދެއްކުމުން އެކަން ފޮރުވުމަށް އެތެރޭގެ ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލި ކަމަށް ބުނާ މައްސަލައިގަ އެވެ.

ޓެގްސް: މެކްޑޯނަލްޑްސް ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.